ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން (ދައުރު ފައިލް ފޮޓޯ/ ހުސެން ސުނޭން)
ވޯޓު ކަރުދާސްތަކެއް އިތުރަށް ދެވިގެން ޑިމޮކްރެޓްސްގެ ބައެއް ނަތީޖާތައް ބާތިލުކޮށްފި
ބައެއް ރަށްރަށުގައި ޒުވާނުންގެ މަގާމުތަކަށް ވޯޓު ކަރުދާސް، އެ ކެޓަގަރީއަށް ނުފެތޭ މީހުންނަށް ދެވިގެން، ބައެއް ނަތީޖާތައް ބާތިލުކޮށްފައިވާ ކަމަށް ޑިމޮކްރެޓްސްއިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ޕާޓިގެ ފުރަތަމަ އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު ވަނީ އިއުލާންކޮށްފަ އެވެ.
އެ ނަތިޖާ އިއުލާނު ކުރުމަށް އިންތިހާބާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުމުގައި އެ ކޮމިޓީގެ ވެރިޔާ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހާމަ ކުރެއްވި ގޮތުގައި ޒުވާނުންގެ މަގާމުތަކެއްގެ ގޮތުގައި ހިމެނޭ ޔަންގް ޑިމޮކްރެޓްސްގެ ނަތީޖާ ހުށަހަޅިފައިވާ ޝަކުވާތަކަަށް ބެލުމަށް ފަހު، ބާތިލުކޮށްފައިވާ ކަމަށެވެ.
ތަފްސީލު - އެގޮތަށް ނިންމި ސަބަބެއް ގޮތުގައި އާޒިމް ވިދާޅުވީ:
-
ބައެއް ރަށްރަށުގެ ވޯޓް ފޮށިތަކުގައި ޒުވާނުން ތިބި އަދަދަށް ވުރެ ގިނަ އަދަދަށް ވޯޓު ކަރުދާސްތައް ދޫކުރެވެފައިވާތީވެ
-
އެހެންވެ އެ ފޮށިތައް މިހާރު ޝަކުވާތަކަށް ބަލައި ވަނީ، ބާތިލުކޮށްފައި
"އެއީ، އަޅުގަނޑުމެންގެ ހެދުނު ގޯހަކުން ވީ ކަމެއް،" އަލީ އާޒިމް ވިދާޅުވި އެވެ.
ބާތިލު ކުރި ފޮށިތަކުގެ ތެރޭގައި ހިމެނެނީ، 13 ރަށެއްގެ ފޮއްޓެވެ. އެއީ:
-
1-
ހއ. ހޯރަފުށި
-
2-
ހދ. ނޭކުރެންދޫ
-
3-
ހދ. ނޮޅިވަރަމް
-
4-
ށ. މާއެނބޫދޫ
-
5-
ނ. މިލަދޫ
-
6-
ނ. މާފަރު
-
7-
ރ. އަލިފުށި
-
8-
ތ. ކިނބިދޫ
-
9-
ބ. ދަރަވަންދޫ
-
10-
ބ. ފެހެންދޫ
-
11-
ބ. ގޮއިދޫ
-
12-
ބ. ކުޑަރިކިލު
-
13-
ގދ. ގައްދޫ
އެ ފޮށިތަކުގެ ވޯޓް އެމަގާމުތަކަށް އަލުން ބާއްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އޭނާ ވިދާާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޔަންގް ޑިމޮކްރެޓްސްގައި ހިމެނެނީ، ލީޑަރާއި ނައިބު ލީޑަރެވެ. މިހާރު ވެބްސައިޓުގައި ފެންނަން ހުރި ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އެ ދެ މަގާމަށް ވާދަ ކުރެއްވި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުތަކަކީ:
-
ލީޑަރުގެ މަގާމަށް: 1. މުހައްމަދު މާސިހު (420 ވޯޓު)؛2. ޔޫސުފް ޝާހް (417 ވޯޓު)
-
ނައިބު ލީޑަރުގެ މަގާމަށް: 1. ފިތުރާ މުހައްމަދު (481 ވޯޓު)؛2. މުހައްމަދު އަޒްވަރު (415 ވޯޓު)
ޑިމޮކްރެޓްސްގެ ވަގުތީ ނަތީޖާ އިއުލާން ކުރުމުން އެޕާޓިގެ މެންބަރުން ވަނީ މީގެ ކުރިން ކަންބޮޑުވުންފާލުކޮށްފަ އެވެ. އާޒިމް މިއަދު ވިދާޅުވީ އެ ކޮމިޓީން ދެކޭ ގޮތުގައި އިންސާފުވެރި، ޑިމޮކްރެޓިކް އިންތިހާބަކަށް ވަނީ ނަތީޖާ އެންމެ އަވަހަަށް އިއުލާންކޮށްގެން ނޫނެވެ. ހުށަހެޅިފައިވާ ހުރިހާ މައްސަލަތަކެއް ބެލުމަށް ފަހު، ނަތީޖާ އިއުލާން ކުރުމުން ކަމަށެވެ.
-
އިތުރަށް ކިޔާލަން: ނަތީޖާއާ މެދު އަމްރުގެ ޖަވާބެއް ނެތް؛ 'ޕާޓީގައި ދެމިހުންނާނަން'
އެނގުން މުހިންމު- މިއަދު އިއުލާން ކުރި އެހެން މަގާމުތަކަށް ހޮވުނު ފަރާތްތަކަށް ބަދަލު އައިސްފައި ނުވެ އެވެ.
އެ ޕާޓިގެ މަގާމުތަކަށް ހޮވުނު އެހެން ބޭފުޅުން:
-
ރައީސް ކަމަށް: ހަސަން ލަތީފް
-
ޕާޓީގެ ނައިބު ރައީސް ކަމަށް: މުހައްމަދު ޝިފާޒު (އާންމުންގެ ފަރާތުން)، ހުސައިން ފިރުޝާން (ޒުވާނުންގެ ފަރާތުން)، އައިޝަތު އަލައިކާ (އަންހެނުންގެ ފަރާތުން)
-
އަންހެން ލީޑަރު: ފާތުމަތު ހަމްދާ
ކޮމެންޓް (1)
ތެފައާސާ.