ސްޕޯޓްސް ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ޕީޕީއެމްގެ އެސްޖީ މުހައްމަދު ތޮލާލު(ފޮޓޯ/ރައީސް އޮފީސް)
ތޮލާލް ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ ހަވާލުވީ ޕީޕީއެމްއިން ވަކިވުމަށް ފަހު
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންނެވި މުހައްމަދު ތޮލާލް އެ މަގާމާ ހަވާލުވެވަޑައިގަތީ ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ފަހު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - ސްޕޯޓްސް ކޮމިޝަަނަރުކަމުގެ މަގާމު އަދާކުރައްވާ ބޭފުޅަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެ ކަމަށާއި ސިޔާސީ ޕާޓީގެ މަގާމެއް އަދާކުރާ މީހެއް ކަމުގައި ހުރެގެން ނުވާނެ ކަމަށް ވެސް ގާނޫނު ބުނެ އެވެ.
ވީ ކިހިނެއް؟ - އާ ސަރުކާރުގެ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް، ރައީސް މުހައްމަދު މުއިއްޒު ތޮލާލް އައްޔަންކުރެއްވީ އިއްޔެ އެވެ.
ތަފްސީލް - ތޮލާލް ރޭ ވަނީ، އޭނާ ޕީޕީއެމް އިން ވަކިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ގެންދަވަނީ އެތުލެޓިކްސް އެސޯސިއޭޝަންގެ އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމާއި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްކަމުގެ މަގާމު ވެސް އަދާކުރައްވަމުންނެވެ.
އެނގުން މުހިންމު - ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބައްދަލުވުން ކުރިއަށް ގެންދެވުމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅާ ކަމަށްވާ އައްބާސް އާދިލް ރިޒާ ވަނީ، ޕީޕީއެމްގެ އެސްޖީގެ މަގާމުގައި ހުންނެވި ތޮލާލު ދުވަހުން ދުވަހަށް ކުރަން ޖެހޭ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަން އުޒުރުވެރިވެވަޑައިގަންނަވާކަން، ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، ރޭ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް އާއި އައްބާސް އިސްވެ ތިއްބަވައިގެން ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމަކީ ޕީޕީއެމް ބަދުނާމުކޮށް، ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް ކަމަށް ބުނެ، މަލީހު ވަނީ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑުކޮށްފަ އެވެ.
ކޮމެންޓް (1)
ނާނާ