ރައީސް ސޯލިހާއި ކުރީގެ ރައީސް މައުމޫން މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ފައިލް ފޮޓޯ/ ރައީސް އޮފީސް)

މީގެ ކުރިން ވެސް ވެރިކަން ބަދަލުވީ އޮމާންކަމާ އެކު: މައުމޫން

ރައީސް މައުމޫން މިހެން ވިދާޅުވީ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމަކަށް ރާއްޖެ ބަދަލުވި ފަހުން، އޮމާންކަމާ އެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގާ މިއީ ފުރަތަމަ ފަހަރު ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވަނިކޮށް

މީގެ ކުރިން ވެސް ރާއްޖޭގައި ވެރިކަން ބަދަލުވުމުގެ ކަންތައް ކުރިއަށް ދިޔައީ އޮމާންކަމާ އެކު ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު މިއަދު ދެއްވި ހިތޯބުގައި ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމަކަށް ރާއްޖެ ބަދަލުވި ފަހުން، އޮމާންކަމާ އެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގާ މިއީ ފުރަތަމަ ފަހަރު ކަމަށް ވިދާޅުވި އެވެ.

ތަފްސީލް - ރައީސް ސޯލިހުގެ ވާހަކަފުޅާ ގުޅުވާ، ރައީސް މައުމޫނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1968ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކު ވެސް ބަދަލުވަމުން ދިޔައީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި އެއީ ހަމައެކަނި މިފަހަރު ހިނގާ ކަމެއް ނޫން ކަމަށެވެ.

"ނުހަނު އިހުތިރާމާ އެކު ދަންނަވަން. 1968ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކު ވެސް ބަދަލުވަމުން އައިސްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު. މިފަހަރު އެކަންޏެއް ނޫން،" 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވި އެވެ.

އެނގުން މުހިންމު - އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން:

  • 2008ގައި އޭރުގެ ރައީސް މައުމޫން އަަބްދުލްގައްޔޫމަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވުމުން، އެ އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތީ އަމާން އަދި އޮމާންކޮށް 

  • ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012ގައި ކުއްލި ގޮތަކަށް ނިމުނީ، މުޒާހަރާތަކާއި ސިފައިންނާއި ފުލުހުންގެ ދެކޮޅު ހެދުންތަކެއްގެ ތެރެއިން އެ މަނިކުފާނު އިސްތިއުފާ ދެއްވުމުން

  • ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެ މަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަން ކުރައްވަމުން ގޮސް، 2013ގެ ރިޔާސީ އިންތިހާބު ދެ ފަހަރަށް ސުޕްރީމް ކޯޓުން ބާތިލުކުރުމުން، 11 ނޮވެމްބަރު 2013ގައި އާ ރައީސަކަށް ވެރިކަމުގެ ހުވާނުކުރެއްވުނު؛ އެ ކަމުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގި

  • 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ރައީސް ސޯލިހަށް، އޭރުގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ބާރުތައް ހަވާލުކުރެއްވިޔަސް، އެ ފަހަރު ވެސް އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ވެސް ހުށަހެޅި؛ ކޯޓުން ނިންމީ މައްސަލައެއް ނެތް ކަމަށް

ކޮމެންޓް (1)

ދިނޮންޑިމޮކްރަޓްސް

12 ނޮވެމްބަރު 2023
ހަގީގަތުގައި މައު ޖޭ ވަނީ. ކުރިންވެސް ޓްރާންސިޝަން ކުރިއަށްދިޔަ. އެކަމަކު ޓްރާންސިޝަން ކޮމިޓީތަކުގެ މަސަައްކަތަށް ނުހަނު ހުރަސްއެޅި. ޚާއްސަކޮށް ޔާމީންގެ ދައުރުނިމުނުއިރު. މިފަހަރު ފިރުޒުލްގެ ނޫސްކޮންފަރެންސްތައް އަޑުއަހާލީމާއެގޭ ކިހާ އޮމާންކޮށް ކުރިއަށްދާކަން. ހަގީގީ އޮމާންކަން ފެނުނީ މިފަހަރު.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް