ކޭ-ޕާކު މައްސަލައިގައި ސަސްޕެންޑުކުރި އާބަންކޯގެ މުވައްޒަފު އަބްދުލް ނާފިއު މުހައްމަދު.
ކޭޕާކު މަމްދޫހާ އެކު ކުންފުނި ހެދި އާބަންކޯގެ މުވައްޒަފު ސަސްޕެންޑުކޮށްފި
ހުޅުމާލޭގައި ހަންބޯ ކޮމްޕެނީން ހަދަމުން އަންނަ މަތީ ފަންތީގެ ކޭ-ޕާކް ރެސިޑެންސް ފްލެޓްތައް ވިއްކުމުގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، މަމްދޫހުއާ އެކު ކުންފުންޏެއް ހެދި އާބަންކޯގެ މުވައްޒަފު މިއަދު ސަސްޕެންޑްކޮށްފި އެވެ.
ވީ ކިހިނެއް؟ - މަމްދޫހު ކޭ-ޕާކު ފްލެޓުތައް ނުއަގުގައި އަދި އެއް އެއާޕޯޓްމަންޓް ދެ ފަހަރަށް ވިއްކާފައިވާ ކަމަށް ބުނެ، ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ވަނީ މަމްދޫހަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.
'ދައުރު'ން އިއްޔެ ޝާއިއުކުރި ރިޕޯޓެއްގައި، މައި ހިއްސާދާރަށް އޮޅުވާލައިގެން މަމްދޫހު އެޕާޓްމަންޓް ވިއްކަން ބޭނުންކުރި އެއް ކުންފުންޏެއްގައި އާބަންކޯގެ ރިއަލް އެސްޓޭޓް މެނޭޖްމަންޓް އަދި ޕްރޮޕަޓީ މެނޭޖްމަންޓް ބައިގެ ޖެނެރަލް މެނޭޖަރު އަބްދުލް ނާފިއު މުހައްމަދުގެ ހިއްސާ ވެސް އޮންނަކަން ވަނީ ހާމަކޮށްފަ އެވެ.
-
އިތުރަށް ކިޔާލަން - އަގުބޮޑު ދިރިއުޅުމާއި ފައިސާ ތަޅައި ބުރުވާލުން ދެން ހިޔާނާތް
ތަފްސީލު - އާބަންކޯ އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ނާފިއުއަށް ފިޔަވަޅު އެޅީ އެ ކުންފުނީގެ 'ޕްރޮގްރެސިވް ޑިސިޕްލިނަރީ އެކްޝަން ޕޮލިސީ'ގެ ދަށުން ކަމަށެވެ.
ކޭ-ޕާކު މައްސަލައިގެ ތަހުގީގު ކުރިއަށްދާ މުއްދަތުގައި، ނާފިއުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުންނާއި އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން ތަހުގީގުކޮށް ނިމުމުން އިތުރު ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އަޅާނެ ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.
އެނގުން މުހިއްމު - ކޭ-ޕާކް ފްލެޓް އެޅުމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ އެޕާޓްމަންޓުތައް ވިއްކުމުގައި މަކަރާއި ހީލަތް ހިމެނޭ މައްސަލައެއް އާބަންކޯ އާއި ފުލުހުން ވެސް އަންނަނީ ކުރަމުންނެެވެ.
އެ މައްސަލައާ ގުޅިގެން ތިން މީހެއްގެ ޕާސްޕޯޓު މިހާތަނަށް ވަނީ ހިފަހައްޓައިފަ އެވެ.
-
އިތުރަށް ކިޔާލަން - ކޭޕާކު މައްސަލައިގައި އިތުރު ދިވެއްސަކާއި ބިދޭސީއެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ކޮމެންޓް (2)
އިބިލީސް
ހދހދ