ސްޓެލްކޯ ހިންގާ އިމާރާތް. (ދައުރު ފައިލް ފޮޓޯ
މާލޭގައި މިހާތަނަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މި މަހުގެ 11ގައި
މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ކަމަށް ރެކޯޑު ކުރެވިފައިވަނީ މި މަހުގެ 11 ވީ އަންގާރަ ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޭޕްރީލް އަދި މެއި މަހަކީ މި އަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފަ އެވެ. އެހެންކަމުން، މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ ވަރު އިތުރު ވާނެ ކަމަށް ލަފާކޮށް، ކަރަންޓު އިގްތިސޯދު ކުރުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ތަފްސީލް - ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި މަހުގެ 11 ވަނަ ދުވަހު މާލެ ސަރަހައްދުގައި 92.5 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާ ކަމަށެވެ.
"ކުރިއަށް އޮތް ދެ ހަފްތާގައި އަދިވެސް [ކަރަންޓު ބޭނުންކުރާ ވަރު] އިތުރުވުމުގެ ފުރުސަތު ބޮޑު. ސްޓެލްކޯގައި 120 މެގަވޮޓް[ގެ ކަރަންޓު] އުފެއްދުމުގެ ގާބިލްކަން ހުރި ނަމަވެސް ކަރަންޓު އިގްތިސޯދު ކުރައްވާ،" ޝަރީފް ވިދާޅުވި އެވެ.
April 11 vana dhuvahakee mihaathah emme ginain karrant male area ga beynun kuri dhuvas 92,5MW ah vure mahchah dhiya, kuriah oi 2 hafthaaga adhi ves ithuru vumuge furusath bodu, @STELCOMALDIVES ga 120MW ufendhumuge gabilu kan huri namaves karrent igthisaadhu kurahvaa pic.twitter.com/J07CS7mqb2
— Ahmed Shareef (@ShareefRangondi) April 22, 2023
-
މި ދުވަސްތައް ރޯދަމަހާ ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައި
-
ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އެހެން ދުވަސްތަކާ ހިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ވެސް ކަރަންޓު އުފައްދަން ޖެހޭ މިންވަރު އިތުރުވެފައިވޭ
ގުޅުން ހުރި ކަމެއް - މި މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ މަސް ކަމަށާއި ބައެއް ވަގުތުތަކުގައި ހޫނުކަން އިހުސާސްކުރެވޭ ވަރު 40 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދު ލަފާކޮށްފަ އެވެ.