ގދ. މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި މީހާ (ހުދު ކުލައިގެ ޓީޝާޓެއް ލައިގެން.

ކުށްކުރުން

މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އެ އަންހެން މީހާއަށް އަނިޔާކުރި ތަނުގައި ތިބި ބައެއް މީހުން އެކަން ނުހުއްޓުވައި ވީޑީއޯ ކުރުމުން އާންމުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައި

ގދ. މަޑަވެލީގެ މަގެއްގެ މަތިން އަންހެނެއްގެ ގައިގައި ތަޅައި އަނިޔާކުރަމުން އޭނާ ބިންމަތީގައި ދަމާކޫއްތާފައި ގެންދިޔަ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މަޑަވެލީގައި ރަށުން ބޭރު އަންހެނަކަށް އަނިޔާ ކުރި މައްސަލައިގައި އިއްޔެ ހައްޔަރުކުރީ އުމުރުން 33 އަހަރުގެ މަޑަވެއްޔަށް ނިސްބަތްވާ ފިރިހެނެކެވެ.

ތަފްސީލު - ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަޑަވެލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އެ މީހާ، އަންހެން މީހާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ އާންމުވެފަ އެވެ. އެގޮތުން:

  • އަންހެން މީހާ މަގުމައްޗަށް ވައްޓާލައި އެއް އަތުގައި ހިފައި ބިންމަތީގައި ދަމަމުން، ގޮށްމުށުން ތަޅަމުންދާ މަންޒަރު އެ ވީޑިއޯއިން ފެނޭ

  • އޭރު ފަހަތުން ދިޔަ ބައެއް އާއްމުން އެ ކަމަށް ހުރަސްއަޅަން އުޅޭ

  • އެންމެ ފަހުން އެކަން ހުއްޓުވީ އެ ތަނުގައި ހުރި އެހެން ފިރިހެނަކު އޭނާގެ ގައިގައި ހިފަހައްޓައިގެން

އެ އަންހެން މީހާއަށް އަނިޔާކުރި ތަނުގައި ތިބި ބައެއް މީހުން އެކަން ނުހުއްޓުވައި ވީޑީއޯ ކުރުމުން އާންމުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.

އެނގިފައިވާ ގޮތުގައި، އަނިޔާކުރީ މަޑަވެއްޔަށް ގޮސް އުޅުނު ރ. އަތޮޅުގެ އަންހެނަކަށެވެ. އުމުރުން 30 އަހަރުގެ އެ އަންހެންް މީހާގެ ހަތަރު ކުދިން ތިބޭއިރު، އެ ހުރިހާ ކުދިން ވެސް ތިބީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ. އަންހެން މީހާ މަޑަވެއްޔަށް ގޮސް އުޅުނީ، އެ އަނިޔާކުރި މީހާއާ ކައިވެނިކުރަން ކަމަށްވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް