ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ބޭއްވި ގްރީން ފައިނޭންސް ވޯކްޝޮޕުގެ ތެރެއިން. (ފޮޓޯ/އެމްއެންޔޫ)
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ތިމާވެއްޓާ ބެހޭ ވޯކްޝޮޕެއް ބާއްވައިފި
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް މޫދަށް އެޅޭ ކުނި މަދުކުރާނެ ގޮތްތަކާ ގުޅޭ ވޯކްޝޮޕެއް، ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން އިއްޔެ ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - ޕްރިވެންޝަން އޮފް މެރިން ލިޓާ އިންދަ ލަކްޝަޑްވީޕް ސީ (ޕްރޮމިސް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕް އަކީ މޫދަށް އެޅޭ ކުނި މަދުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފައްދާ ކުނި ރަނގަޅަށް މެނޭޖު ކުރުމަށް އެހީތެރިވެދޭން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.
ތަފްސީލު - އެ ވޯކްޝޮޕް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރަގަނޅު ގޮތުގައި ކުނި މެނޭޖް ނުކުރެވުމުގެ ސަބަބުން މޫދަށް އެޅޭ ކުނި ގިނަވެ، އޭގެ ސަބަބުން ކަނޑުގެ ދިރުމަށް ގެއްލުން ލިބި، މޫދު ތަގައްޔަރުވުމުގެ ސަބަބުން ތިމާވެއްޓަށް އަސަރު ކުރާ ކަމަށެވެ.
ރާއްޖެ އާއި ދުނިޔޭގައި އިތުރުވަމުންދާ ޕްލާސްޓިކް ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުން މަދުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި މިނިސްޓަރު ވަނީ، އެއް ފަހަރު ބޭނުންކުރުމަށް ފަހު އުކާލައި ޕްލާސްޓިކް މަދުކޮށް، މަނާކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރައްވައިފަ އެވެ.
-
'އެސްއެމްއީ ގްރީން ފައިނޭންސް ވޯކްޝޮޕް'ގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބައިވެރިވި
-
މާލީ އިދާރާތަކުގެ ގޮތުގައި، ބޭންކް އޮފް މޯލްޑިވްސް، އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން އަދި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީން ބައިވެރިވެ، އެ ފަރާތްތަކުގެ ފައިނޭންސިން ސްކީމްއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިން
-
ޓެކްނޮލަޖީ ޕްރޮވައިޑާސްގެ ގޮތުގައި ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ސްޓެލްކޯއިން ފަންނީ ބޭފުޅުން ބައިވެރިވަޑައިގެން، މައުލޫމާތު ހިއްސާކުރެއްވި
ޕްރޮމިސް އަކީ ކޮބާ؟
މިއީ، ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި އުފައްދައި ބޭނުންކުރުން ޕްރޮމޯޓުކުރުމަށް، އީޔޫގެ މާލީ އެހީއާ އެކު ރާއްޖެ އާއި ސްރީ ލަންކާ އަދި އިންޑިއާގައި މޫދަށް އެޅޭ ކުނި މަދުކޮށް ރައްކާތެރިކަމާ އެކު އެ ތަކެތި މެނޭޖުކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
ޓެކްނޮލޮޖީގެ އެހީތެރިކަމާ އެކު ކުނިބުނި ތިމާވެއްޓާ ރައްޓެހި ގޮތުގައި މެނޭޖްކޮށް، ނައްތާލުމާއި ފެން އިގުތިސޯދު ކުރުމާއި އިއާދަކުރުވަނިވި ހަކަތަ އުފެއްދުމަށް އެހީތެރިވުމަކީ ވެސް އެ މަޝްރޫއުގެ އަމާޒެކެވެ.