ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓޫރިސްޓުންތަކެއް ލަގެޖް ހޯދުމުގެ އިންތިޒާރުގައި: ޑްރަގު ހުރި ދެ ލަގެޖެއް ގެއްލުނު މައްސަލައެއް ދަނީ ބަލަމުން. (ދައުރު ފޮޓޯ)

ޑްރަގު ހުރި 2 ފޮށި ގެއްލިގެން ބެލިއިރު އެއާޕޯޓުގެ މުހިންމު ތަންތަނުގައި ކެމެރާއެއް ނެތް

ޑްރަގު އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕާކިސްތާނު މީހާ ހެކި ނެތިގެން ވަނީ ދޫކޮށްލާފައި

ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ދެ ފޮށި ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) އިން ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ ބެލުމުގެ ތެރޭގައި، ރާއްޖޭގެ މައި އެއާޕޯޓުގެ ބައެއް މުހިންމު ތަންތަނުގައި ކެމެރާ ނެތްކަން ހާމަވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ވައިގެ މަގުން ރާއްޖެ އެތެރެކުރި މި މަސްތުވާތަކެތީގެ މައްސަލައިގައި ފުރަތަމަ ލަގެޖް ގެއްލުނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އަދި އެ މައްސަލަ ބަލަމުން ދަނިކޮށް، އެހެން ފޮއްޓެއް އިއްޔެ ގެއްލިފައިވާކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.

ތަފްސީލު - މިހާތަނަށް ފުލުހުން ރަސްމީކޮށް ހާމަކޮށްފައި ވަނީ، ފުރަތަމަ ފޮށި ގެއްލުނު މައްސަލައިގެ މައުލޫމާތެވެ. އެގޮތުން، ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ:

  • ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތެކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ 

  • ކަސްޓަމްސްއިން އެ މީހާ ފުލުހުންނާ ހަވާލުކުރި ނަމަވެސް، ލަގެޖް ހަވާލުކޮށްފައެއް ނުވޭ

  • ހެކި ނެތުމުން އެ މީހާ މިހާރު ވަނީ ދޫކޮށްލާފައި

"އޭނާ ރާއްޖެ އައި އިރު، 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި އެ ލަގެޖް ގެންދިޔަ މީހަކު ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުންގެ މެސެޖުގައި ބުންޏެވެ.

"މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފޫޓޭޖްތަކުން އެ ލަގެޖް އަދި ދެނެގަނެވިފައެއް ނުވޭ. އެއާޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތްކަން ފާހަގަކުރެވޭ."

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޕާކިސްތާނު މީހާ ދޫކޮށްލި ނަމަވެސް، މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ވީއައިއޭ ހިންގާ އެމްއޭސީއެލްގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް (2)

ކަޅު ފޮށި

17 ޖެނުއަރީ 2023
ހަމަ އަސްލައްވެސް ކެމެރާ ނެތީތޯ ނޫނީ ހަބަރު ކިޔާ މީހުން ގިނަ ކޮއްލަން ކެމަރާ ނެތީއޭ ބުނީބާ. ފުލުންނަށް އަދި ކިރިޔާތޯ އެކަންވެސް އެނގުނީ. އާނދޮގެ، ޓައި އެޅި އެމީހުންވެސް އެތާގަ ކޮފީބޯލައިގެން ފޫހިފިލުވާލާތީތާ ތިހެން ބުނާނީ ދޯ.
1 0

ޖުނައިދް

17 ޖެނުއަރީ 2023
މިވަރުން ކިހިނެތް ޓެރަރިސްޓް ހަމަލާއަކުން ރައްކާތެރިވާނީވެސް. ރައްޔިތުން އަތުން ބޮޑެތި ޓެކުސް ނަގާފަ މީވާވަރަކީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް