މިދިޔަ މޭ މަހު ހއ. ހޯރަފުށީ އެއާޕޯޓަށް އުދައަރާފައި (ފޮޓޯ/ ޓުވިޓާ/ އޭވިއޭޓާޒް މޯލްޑިވްސް)

މޫސުން

މޫސުން ރަނގަޅުވާކަށް ނެތް، މިރޭ އުދަ އަރާފާނެ

ރާޅުގެ އުސްމިން 6-8 ފޫޓަށް؛ ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
16 އޮކްޓޯބަރު 2021

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މާދަމާއާ ހަމައަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްރަށަށް މިރޭ އުދަ އަރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފަކާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ވަނީ ގޯސްވެފަ އެވެ. އަދި މެޓުން ވަނީ މުޅި ރާއްޖެއަށް ރީނދޫ އެލާޓު ނެރެފަ އެވެ. ބާރަށް ވައި ޖެހި، ކަނޑުގަދަވެ، ކަނޑުމަތީގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.

އެނގުން މުހިންމު - މިއަދު ހަވީރު ހިނގި ހާދިސާއެއްގައި، ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކުން ތިން މީހަކު ކަނޑަށް ވެއްޓި އަންހެނަކު ވަނީ މަރުވެފަ އެވެ. އަދި އެ ހާދިސާގައި އޭނާގެ 4 އަހަރުގެ ދަރިފުޅު ގެއްލިގެން ދަނީ ހޯދަމުންނެވެ.

މެޓުގެ އިންޒާރު

 މެޓުން ނެރުނު ސަމާލުގައި ބުނިގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާ އެކު ގުގުރުން އެކަށީގެންވެ އެވެ. އަދި ބައެއް ރަށްތަކަށް ގަދަ ވަޔާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. ދެކުނުގެ އެކި ހިސާބަށް ވެސް ކެރީގެ އަސަރު ފޯރާނެ އެވެ.

މޫސުން ކުރިއަށް ލަފާކުރާ ގޮތް:

  • މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ

  • ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ

  • ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ

  • ކަނޑުތައް ގަދަވާނެ

  • ރާޅުގެ އުސްމިން ހުންނާނީ 6 ފޫޓާއި 8 ފޫޓާ ދެމެދު

އިތުރަށް ކިޔާލަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް