ފުލުހުންގެ މައި މަރުކަޒު ހުންނަ ޝަހީދު ހުސެން އާދަމް ބިލްޑިން. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ފުލުހުން

ހުކުމް އިއްވުމުން ކޯޓުން ފިލި މީހާ އަދިވެސް ނުހޯދޭ

މިދިޔަ އަންގާރަ ދުވަހު ކޯޓުން ފިލި މީހާ ހޯދައި ކަރެކްޝަންސްއާ ހަވާލުކުރަން ފުލުހުންނަށް ކޯޓުން ވަނީ އަންގާފައި
14 އޮކްޓޯބަރު 2021

ވައްކަމުގެ މައްސަލައެއް ސާބިތުވާ ކަމަށް ކަނޑައަޅައި ދެ އަހަރަށް ޖަލަށް ލާން ހައި ކޯޓުން ހުކުމް ކުރުމުން ކޯޓުން ފިލި މީހާ އަދިވެސް ނުހޯދޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަންގާރަ ދުވަހު ކޯޓުން ފިލީ މއ. ވިއަވަތި، ޝިނާހް އާމިރު އެވެ. އޭނާ ކޯޓުން ފިލީ، ޖަލަށް ހުކުމްކޮށް ކަރެކްޝަންސް އިން އޭނާ ބަލާ އަންނަދެން ހައި ކޯޓުގެ ލޮބީގައި ބައިންދާފައި އިންދަ އެވެ.

އޭނާ ހޯދައި ކަރެކްޝަންސް އާ ހަވާލުކުރަން ކޯޓުން ވަނީ ފުލުހުންނަށް އަންގައިފަ އެވެ.

ބުނީ ކީކޭ؟ - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ޝިނާހް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި އޭނާ ނުހޯދޭ ކަމަށެވެ.

ތަފްސީލް - ޝިނާހްގެ މައްޗަށް ދައުލަތުން އުފުލީ:

  • ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ތަނަކުން 10،000ރ.އަށް ވުރެ މަތީ އަދަދަކުން ވައްކަންކުރުމުގެ ކުށުގެ ދައުވާ 

  • އެއީ ޑިސެމްބަރު 2013ގައި ހ. ފަތަނގުމާގޭގެ ހަ ވަނަ ފަންގިފިލާއަށް ވަދެ އެ ތަނުގައި ހުރި ކަބަޑެއްގައި ހުރި 10،000 ތައި ބާތު (ގާތްގަނޑަކަށް 4،600ރ.) އަދި 170،000ރ. އާއި މޭޒެއްގެ މަތީގައި އޮތް ސޮނީ ކެމެރާއެއް ވަގަށް ނެގި މައްސަލައިގައި

ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.

އެ ކުށުގެ އުގޫބާތެއްގެ ގޮތުން ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހައި ކޯޓުން ހުކުމް ކުރި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް