14 ސެޕޓެމްބަރ 2021ގައި ދިވެހި ރާއްޖޭގެ ހައިކޯޓު.

ހައި ކޯޓު

ޖަލު ހުކުމެއް އިއްވި މީހަކު، ކަރެކްޝަންސް އިން ހަވާލުވުމުގެ ކުރިން ކޯޓުން ފިލައިފި

އޭނާ ފިލީ ހައި ކޯޓުގެ ލޮބީގައި ބައިންދާފައި އިންދައި. އޭނާ ހޯދާ ކަރެކްޝަންސް އާ ހަވާލުކުރަން ކޯޓުން ފުލުހުންނަށް އަންގާފައި ވާއިރު، އޭނާ އަދި ފެނިފައެއް ނުވޭ
13 އޮކްޓޯބަރު 2021

ވައްކަމުގެ މައްސަލައެއް ސާބިތުވާ ކަމަށް ކަނޑައަޅައި، ދެ އަހަރަށް ޖަލަށް ލާން ހައި ކޯޓުން އިއްޔެ ހުކުމް ކުރި މީހަކު، ކަރެކްޝަންސް އާ ހަވާލުނުކުރެވި އުޅެނިކޮށް ކޯޓުން ފިލައިފި އެވެ.

ވީ ކިހިނެއް؟ - 'ދައުރު' ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ ފިލާފައި ވަނީ ކަރެކްޝަންސް އިން އޭނާ ބަލާ އަންނަންދެން ހައި ކޯޓުގެ ލޮބީގައި ބައިންދާފައި އިން، މއ. ވިއަވަތި، ޝިނާހް އާމިރު އެވެ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުނުވާކަމަށް ހުކުމް ކުރުމުން، އޭނާ އަކީ ކުރިން ބަންދުގައި ހުރި މީހެއް ނޫނެވެ.

ބުނީ ކީކޭ؟ - އޭނާ ކޯޓުން ފިލިކަން ކަރެކްޝަންސް އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ކަރެކްޝަންސްގެ ތަރުޖަމާނު އާމިނަތު ޔުސްރީން މިއަދު މި ނޫހަށް ވިދާޅުވީ، ފިލި މީހާ އަދިވެސް ފެނިފައި ނުވާ ކަމަށެވެ. އަދި އޭނާ ހޯދައި ކަރެކްޝަންސް އާ ހަވާލުކުރަން ފުލުހުންނަށް ވެސް ކޯޓުން އަންގާފައިވާ ކަމަށެވެ.

"ކަރެކްޝަންސް އިން އޭނައާ ހަވާލުވުމުގެ ކުރިން ކޯޓުން ފިލީ،" ޔުސްރީން ވިދާޅުވި އެވެ.

ތަފްސީލް - ޝިނާހް އާމިރުގެ މައްޗަށް ދައުލަތުން އުފުލީ ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ތަނަކުން 10،000ރ. އަށް ވުރެ މަތީ އަދަދަކުން ވައްކަންކުރުމުގެ ކުށުގެ ދައުވާ އެވެ. އެއީ ޑިސެމްބަރު 2013ގައި ހ. ފަތަނގުމާގޭގެ ހަ ވަނަ ފަންގިފިލާއަށް ވަދެ އެތަނުގައި ހުރި ކަބަޑެއްގައި ހުރި 10000 ބެންކޮކް ބާތު އަދި 170000ރ. އާއި މޭޒެއްގެ މަތީގައި އޮތް ސޮނީ ކެމެރާއެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށެވެ. ނަމަވެސް އިއްޔެ ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އަދި ޝިނާހް އާމިރުގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށާއި އެ ކުށުގެ އުގޫބާތެއްގެ ގޮތުން ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހައި ކޯޓުން ހުކުމް ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް