ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގޭގެ އެތެރެއަށް ގެއްލުން ލިބިފައި: މި ހާދިސާގައި ފިހުނު މީހާ ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައި. (ދައުރު ފޮޓޯ)

ނިރުފެހިގޭ އަލިފާނުގައި ފިހުނު މީހާ ހޮސްޕިޓަލުން ދޫކޮށްލައިފި

ގިނަ ދުވަސްތަކެއް ވަންދެން ވެންޓިލޭޓަރުގައި ވެސް އޭނާއަށް ފަރުވާ ދީފައިވޭ

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން ހާލު ދެރަވި މީހާ ފަރުވާއަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހުގެ 9 ވަނަ ދުވަހުގެ ރޭ، ނިރުފެހި ގޭގެ ގަރާޖުގައި ރޯވެ، 10 މީހުން މަރުވި މި ހިތާމަވެރި ހާދިސާގައި ފަރުވާ ދެމުން ދިޔައީ އެންމެ މީހަކަަށެވެ. އެ ދުވަހުން ފެށިގެން މިދިޔަ މަހުގެ 20އާ ހަމައަށް އޭނާއަށް ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުުގެ އެހީގައި އައިސިޔޫގަ އެވެ.

ތަފްސީލު - އައިޖީއެމްއެޗުގެ ތަރުޖަމާނު ހައްވާ އަފީފާ މިއަދު 'ދައުރު'އަށް ވިދާޅުވީ، ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކުރުމަށް ފަހު ޖެހިގެން އައި ދުވަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

"މިިދިޔަ މަހުގެ 21ގައި އޭނާ ވަނީ ޑިސްޗާޖުކޮށްފައި،" އަފީފާ ވިދާޅުވި އެވެ.

އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އެއީ ކޮން ގައުމެއްގެ މީހެއްކަން އަދި އޭނާގެ އުމުރާ އެފަދަ އިތުރު ތަފްސީލެއް ވެސް އަދި ނުލިބެ އެވެ.

އެނގުން މުހިންމު - މި ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑު މިހާރު ވަނީ އެ މީހުންގެ ގައުމަށް ފަޮނުވާލާފަ އެވެ. މަރުވެފައި ވަނީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. އެއީ:

  • އިންޑިއާގެ ފަސް ފިރިހެނުން އަދި ތިން އަންހެނުން   

  • ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެއް

މި ހާދިސާ ހިނގިތާ އެ މަސް ވާން ކައިރި ވެފައި ވާއިރު، އަލިފާން ރޯވާން ދިމާވި ސަބަބަކާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް