ހޯނޑެއްދޫ އާއި އެ ރަށާ ކައިރި ފަޅުރަށަކުން މިއަދު ހޯދި ޑްރަގު. (ފޮޓޯ/ޕޮލިސް)
ހޯނޑެއްދޫ އޮޕަރޭޝަންގައި އިތުރު 69 ކިލޯގެ ޑްރަގް ހޯދައިފި؛ ޖުމްލަ 82 ކިލޯއަށް
ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގާ ޑްރަގުގެ ބޮޑު އޮޕަރޭޝަންގެ ތެރެއިން އެ ރަށާއި އެ ރަށާ ކައިރި ފަޅުރަށެއްގައި ވަޅުލާފައި ހުރި 69 ކިލޯގެ މަސްތުވާތަކެތި މިއަދު ހޯދާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. އެއާ އެކު، މި އޮޕަރޭޝަންގައި ހޯދި މަސްތުވާތަކެތީގެ ޖުމްލަ ވަނީ 82 ކިލޯއަށް އަރާފަ އެވެ.
ވީ ކިހިނެއް؟ - މީގެ ދެ ހަފްތާ ކުރިން ފެށިގެން ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުން ގދ. އަތޮޅުގައި އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޮޕަރޭޝަންގައި ހޯނޑެއްދޫން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިދިޔަ ހުކުރު ދުވަހު ހާމަކުރައްވާފަ އެވެ.
-
އިތުރަށް ކިޔާލަން - ހޯނޑެއްދޫ ވަލުތެރެއިން ގިނަ އަދަދެއްގެ ޑްރަގު ހޯދައިފި
ތަފްސީލް - ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހޯނޑެއްދޫގެ ވަލުތެރޭގައި ވަޅުލާފައި ހުއްޓާ މިދިޔަ ބުރާސްފަތި ދުވަހު ހޯދީ 13 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ. އޭގެ އިތުރުން، މިއަދު ކުރި މަސައްކަތުން ހޯދާފައި ވަނީ، އޭނާ ވިދާޅުވި ގޮތުގައި:
-
69 ކިލޯގެ މަސްތުވާތަކެތި
-
އެ ތަކެތި ހޯދާފައި ވަނީ ހޯނޑެއްދު އާއި އެ ރަށާ ކައިރީގައި އޮންނަ ފަޅުރަށެއްގައި ވަޅުލާފައި ހުއްޓާ
-
މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ 82 ކިލޯއަށް އަރާ
-
އޭގައި ހިމެނެނީ ހެރޮއިން އަދި މެތު
ހަމީދު ވަނީ ފުލުހުންގެ މަސައްކަތަށް ތައުރީފްކުރައްވާފަ އެވެ.
ގުޅުން ހުރި ކަމެއް - މި އޮޕަރޭޝަންގެ ތެރެއިން ފުލުހުން ތިން މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލައެއް ވަނީ ހޫނުވެފަ އެވެ. އެގޮތުން:
-
އެ ރަށަށް ނިސްބަތްވާ އަބްދުﷲ ރަޝީދު މަރުވެފައި ވަނީ ފުލުހުންގެ އިހުމާލުން ކަމަށް އާއިލާ އިން ތުހުމަތު ކުރޭ
-
އާއިލާއާ ދެކޮޅަށް އޭނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާތީ އެކަމާ ވެސް އާއިލާ އިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
-
ޕޯސްޓްމޯޓަމް ހުއްޓުވަން އާއިލާ އިން ކޯޓަށް ވެސް މައްސަލައެއް ހުށަހެޅި؛ އެ މައްސަލަ ނިމުނީ އާއިލާއާ ދެކޮޅަށް
-
އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މިދިޔަ ހޯމަ ދުވަހު ވަނީ ބޭރަށް ފޮނުވާލާފައި
ކޮމެންޓް (1)
ކުރިބޯށި