ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން

ޔޯގާ އިވެންޓުގައި ހަމަނުޖެހުން ހިންގި މައްސަލައިގެ ޝަރީއަތްތައް މާދަމާ ފަށަނީ

ޓެރަރިޒަމާއި ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާތައް އެކި މީހުންގެ މައްޗަށް ވަނީ އުފުލާފައި
24 އޮކްޓޯބަރު 2022

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި އޮތް ހަރަކާތާ ދެކޮޅަށް ބޭއްވި އެއްވުމުގެ ބައިވެރިންގެ އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި ޓެރަރިޒަމާއި ގާނޫނު ހިންގަން ހުރަސް އެޅުމުގެ ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

މައްސަލައިގެ ފެށުން - ސަރުކާރުގެ އިސް ބައެއް ވެރިންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެންޓުން ގަލޮޅު ދަނޑުގައި ތިއްބަވަނިކޮށް ބަޔަކު ވަދެގަތީ މި ހަރަކާތާ ދެކޮޅަށް އަޑުއުފުލުމަށް އެ ތަނުގެ ބޭރުގައި އިރުތަކެއް ވަންދެން ތިބުމަށް ފަހު އެވެ. ދަނޑު ތެރެއަށް ވަދެގަތް މީހުންގެ ތެރެއިން ބަޔަކު ވަނީ އެތާ ތިބި ބައެއް މީހުންނަށް ހަމަލާދީ، ބައެއް ސާމާނަށް ވެސް ގެއްލުން ދީފަ އެވެ.

މި މައްސަލައިގައި 23 މީހަކު ހައްޔަރު ކުރި ނަމަވެސް، ޕީޖީ އޮފީހުން މި މަހު ކުރީކޮޅު ދައުވާކުރަން ފޮނުވީ 18 މީހަކަށެވެ. އެ މީހުންނަށް ކުރަނީ:

  • ދެ މީހަކަށް - ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ދައުވާ

  • ހަތް މީހަކަށް - ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ

  • ހަތް މީހަކަށް - ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ

  • އެކަކަށް - ޓެރަރިސްޓް ޖަމާއަތެއްގައި އުޅޭކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ

  • އެކަކަށް - ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ

  • ތިން މީހަކަށް - ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ

  • 15 މީހަކަށް - ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާ

  • ދެ މީހަކަށް - އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ

ތަފްސީލް - މިއީ މި މައްސަލަތަކުގެ ދައުވާގައި ބާއްވާ ފުރަތަމަ އަޑުއެހުން ކަމުން މާދަމާ އޮންނާނީ ޝަރީއަތް ފެށުމުގެ ކުރިން ކަށަވަރުކުރަން ޖެހޭ ކަންކަން ކަށަވަރުކުރުމުގެ މަރުހަލާ އެވެ. މި މައްސަލައިގައި ދައުލަތުން:

ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އުފުލަނީ:

  • މުހައްމަދު ޒިލިއަން، މއ. ކަނުހުރާ

  • އަބްދުالله ރިފާއު، ތ. ތިމަރަފުށި/ނަރުގިސްވިލާ

  • އަބޫބަކުރު ފާރިއު، ނ. މިލަދޫ/ކާނޭޝަންމާގެ

  • އަހުމަދު އަކްސަމް، ރ. ކަނދޮޅުދޫ/އަލަމާގެ

  • އަހުމަދު ނަސޫހް، ގއ. މާމެންދޫ/އަސްރަފީވިލާ

  • ހަސަން ޝިފާޒު، މ. ކުދެހިގެ

  • ޝަބިމް އާދަމް، ފ. ދަރަނބޫދޫ/އާބާދީގުލްޝަން

ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލަނީ:

  • މުހައްމަދު އިސްމާއީލް، ހއ. ހޯރަފުށި/ޔާގޫތުގެ  

  • އަބްދުالله ނިޔާޒު، ގ. ފީނިކްސް

  • އަލީ މުހައްމަދު، ތ. ތިމަރަފުށި/އަލީއާބާދު

  • އިބްރާހީމް ޒިހާނު، ނ. ވެލިދޫ/މިލާނޯ

  • މުހައްމަދު ޝާން، ލ. މުންޑޫ/އަންނާރުމާގެ

  • ހުސައިން އަލީ، ހދ. ކުޅުދުއްފުށި/ބާބޫގެ

  • އަހުމަދު އަލީ، މ. ފަޅުމަތީގެ

ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން (ފޮޓޯ/އަލްހާރިޔަ)

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ އުފުލަނީ:

  • އަބްދުالله ރިފާއު، ތ. ތިމަރަފުށި/ނަރުގިސްވިލާ

ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލަނީ:

  • ޝަބިމް އާދަމް، ފ. ދަނބުރުދޫ/އާބާދީގުލްޝަން

ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ އުފުލަނީ:

  • އަބްދުالله ރިފާއު، ތ. ތިމަރަފުށި/ނަރުގިސްވިލާ

  • އަހުމަދު އަކްސަމް، ރ. ކަނދޮޅުދޫ/އަލަމާގެ

  • ހަސަން ޝިފާޒު، މ. ކުދެހިގެ

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އުފުލަނީ:

  • މުހައްމަދު ފައިސަލް، ގ. އުފުރިޔާ

  • މުހައްމަދު ފައިސަލް، މ. އޯކިޑްހައުސް

  • މުހައްމަދު ޒިލިއަން، މއ. ކަނުހުރާ

  • އަބްދުالله ރިފާއު، ތ. ތިމަރަފުށި/ނަރުގިސްވިލާ

  • އަބޫބަކުރު ފާރިގު، ނ. މިލަދޫ/ކާނޭޝަންމާގެ

  • އަހުމަދު އަކްސަމް، ރ. ކަނދޮޅުދޫ/އަލަމާގެ

  • އަހުމަދު ނަސޫހް، ގއ. މާމެންދޫ/އަސްރަފީވިލާ

  • ހަސަން ޝިފާޒު، މ. ކުދެހިގެ

  • ޝަބިމް އާދަމް، ފ. ދަނބުރުދޫ/އާބާދީގުލްޝަން

  • އަބްދުالله ނިޔާޒު، ގ. ފީނިކްސް

  • އަލީ މުހައްމަދު، ތ. ތިމަރަފުށި/އަލީއާބާދު

  • އިބްރާހީމް ޒިހާނު، ނ. ވެލިދޫ/މިލާނޯ

  • މުހައްމަދު ޝާން، ލ. މުންޑޫ/އަންނާރުމާގެ

  • ހުސައިން އަލީ، ހދ. ކުޅުދުއްފުށި/ބާބޫގެ

  • އަހުމަދު އަލީ، މ. ފަޅުމަތީގެ

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލަނީ:

  • މުހައްމަދު އިސްމާއީލް، ހއ. ހޯރަފުށި/ޔާގޫތުގެ

  • މުހައްމަދު ޒިލިއަން، މއ. ކަނުހުރާ

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން 22 ޖޫން 2022 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއިން (ފޮޓޯ/އިންޑިއާ އެމްބަސީ)

ގުޅުން ހުރި ކަމެއް - ޔޯގާ އިވެންޓު ތެރެއަށް ވަދެ ހަމަނުޖެހުން ހިންގަން ހިތްވަރުލައިދިނުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ، ފަޒްލޫން މުހައްމަދާއި އާދަމް ނިޝާނުގެ ޝަރީއަތް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ ދުވަހު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ވަކީލަކު އައްޔަނުކުރަން އެ ދެ މީހުންނަށް 10 ދުވަސް ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް