ދައުވާކުރި މީހުންގެ ތެރޭގައި ހިމެނޭ (ކ-ވ): ދީނީ އިލްމުވެރިޔާ ފަޒުލޫން މުހައްމަދު، ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއިލް އަދި ދީނީ އިލްމުވެރިޔާ އާދަމް ނިޝާން.

ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގައި 18 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ސަރުކާރުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެންޓުން ގަލޮޅު ދަނޑުތެރޭގައި ތިއްބާ ބަޔަކު ވަދެގަތީ ޔޯގާ ހަރަކާތާ ދެކޮޅަށް އަޑުއުފުލުމަށް އެތަނުގެ ބޭރުގައި އިރުތަކެއް ވަންދެން ތިބުމަށް ފަހު.
3 އޮކްޓޯބަރު 2022

މުހިންމު ނުކުތާތައް

18 މީހެއްގެ މައްޗަށް އަށް ދައުވާއެއް އުފުލަން ފޮނުވާފައިވޭ

އެންމެ ގިނަ މީހުންގެ މައްޗަށް އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ

ޓެރަރިޒަމުގެ ދައުވާތައް އުފުލަނީ 16 މީހަކަށް

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް މިދިޔަ ޖޫން މަހު ބޭއްވި އެއްވުމުގެ ބައިވެރިންގެ ތެރެއިން ގަލޮޅުު ބޯޅަދަނޑު ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި ޓެރަރިޒަމްގެ ތުހުމަތު ކުރެވުނު 18 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މައްސަލައިގެ ފެށުން - ސަރުކާރުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެންޓުން ގަލޮޅު ދަނޑުގައި ތިއްބަވަނިކޮށް ބަޔަކު ވަދެގަތީ މި ހަރަކާތާ ދެކޮޅަށް އަޑުއުފުލުމަށް އެ ތަނުގެ ބޭރުގައި އިރުތަކެއް ވަންދެން ތިބުމަށް ފަހު އެވެ. ދަނޑު ތެރެއަށް ވަދެގަތް މީހުންގެ ތެރެއިން ބަޔަކު ވަނީ އެތާ ތިބި ބައެއް މީހުންނަށް ހަމަލާދީ، ބައެއް ސާމާނަށް ވެސް ގެއްލުން ދީފަ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ 23 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފަ އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއިން. (ފޮޓޯ/އިންޑިއާ އެމްބަސީ)

ވީ ކިހިނެއް؟ - ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނިި ގޮތުގައި، އޭގެ ތެރެއިން ދައުވާ ކުރަން ފޮނުވީ:

  • ދެ މީހަކަށް - ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ދައުވާ

  • ހަތް މީހަކަށް - ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ

  • ހަތް މީހަކަށް - ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ

  • އެކަކަށް - ޓެރަރިސްޓް ޖަމާއަތެއްގައި އުޅޭކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ

  • އެކަކަށް - ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ

  • ތިން މީހަކަށް - ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ

  • 15 މީހަކަށް - ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާ

  • ދެ މީހަކަށް - އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ

ތަފްސީލް - މި މައްސަލައިގައި ތުހުމަތު ކުރެވުނު އެންމެ ހައިޕްރޮފައިލް މީހުންގެ ތެރޭގައި ހިމެނޭ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އިސްމާއިލްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމާއި އަދުލު އިންސާފަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އަދި ދީނީ އިލްމުވެރިން ކަމަށްވާ ފަޒުލޫން މުހައްމަދާއި އާދަމް ނިޝާންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ ކޮށްފަ އެވެ.

ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން މުހައްމަދު އިސްމާއިލް ހައްޔަރުކުރަނީ.

ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އުފުލަނީ:

  • ފަޒްލޫން މުހައްމަދު، ށ. މިލަންދޫ/ނާޒް

  • އާދަމް ނިޝާން، ލ. މާމެންދޫ/ސޯސަންވިލާ

މި ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމު ދައުވާ އުފުލަނީ:

  • މުހައްމަދު ޒިލިއަން، މއ. ކަނުހުރާ

  • އަބްދުالله ރިފާއު، ތ. ތިމަރަފުށި/ނަރުގިސްވިލާ

  • އަބޫބަކުރު ފާރިއު، ނ. މިލަދޫ/ކާނޭޝަންމާގެ

  • އަހުމަދު އަކްސަމް، ރ. ކަނދޮޅުދޫ/އަލަމާގެ

  • އަހުމަދު ނަސޫހް، ގއ. މާމެންދޫ/އަސްރަފީވިލާ

  • ހަސަން ޝިފާޒު، މ. ކުދެހިގެ

  • ޝަބިމް އާދަމް، ފ. ދަރަނބޫދޫ/އާބާދީގުލްޝަން

މި ކުށުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލަނީ:

  • މުހައްމަދު އިސްމާއީލް، ހއ. ހޯރަފުށި/ޔާގޫތުގެ  

  • އަބްދުالله ނިޔާޒު، ގ. ފީނިކްސް

  • އަލީ މުހައްމަދު، ތ. ތިމަރަފުށި/އަލީއާބާދު

  • އިބްރާހީމް ޒިހާނު، ނ. ވެލިދޫ/މިލާނޯ

  • މުހައްމަދު ޝާން، ލ. މުންޑޫ/އަންނާރުމާގެ

  • ހުސައިން އަލީ، ހދ. ކުޅުދުއްފުށި/ބާބޫގެ

  • އަހުމަދު އަލީ، މ. ފަޅުމަތީގެ

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން. (ފޮޓޯ/އަލްހައިރިއްޔާ)

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ އުފުލަނީ:

  • އަބްދުالله ރިފާއު، ތ. ތިމަރަފުށި/ނަރުގިސްވިލާ

މި ކުށުގެ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލަނީ:

  • ޝަބިމް އާދަމް، ފ. ދަނބުރުދޫ/އާބާދީގުލްޝަން

މި ކުށުގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ އުފުލަނީ:

  • އަބްދުالله ރިފާއު، ތ. ތިމަރަފުށި/ނަރުގިސްވިލާ

  • އަހުމަދު އަކްސަމް، ރ. ކަނދޮޅުދޫ/އަލަމާގެ

  • ހަސަން ޝިފާޒު، މ. ކުދެހިގެ

މި ކުށުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އުފުލަނީ:

  • މުހައްމަދު ފައިސަލް، ގ. އުފުރިޔާ

  • މުހައްމަދު ފައިސަލް، މ. އޯކިޑްހައުސް

  • މުހައްމަދު ޒިލިއަން، މއ. ކަނުހުރާ

  • އަބްދުالله ރިފާއު، ތ. ތިމަރަފުށި/ނަރުގިސްވިލާ

  • އަބޫބަކުރު ފާރިގު، ނ. މިލަދޫ/ކާނޭޝަންމާގެ

  • އަހުމަދު އަކްސަމް، ރ. ކަނދޮޅުދޫ/އަލަމާގެ

  • އަހުމަދު ނަސޫހް، ގއ. މާމެންދޫ/އަސްރަފީވިލާ

  • ހަސަން ޝިފާޒު، މ. ކުދެހިގެ

  • ޝަބިމް އާދަމް، ފ. ދަނބުރުދޫ/އާބާދީގުލްޝަން

  • އަބްދުالله ނިޔާޒު، ގ. ފީނިކްސް

  • އަލީ މުހައްމަދު، ތ. ތިމަރަފުށި/އަލީއާބާދު

  • އިބްރާހީމް ޒިހާނު، ނ. ވެލިދޫ/މިލާނޯ

  • މުހައްމަދު ޝާން، ލ. މުންޑޫ/އަންނާރުމާގެ

  • ހުސައިން އަލީ، ހދ. ކުޅުދުއްފުށި/ބާބޫގެ

  • އަހުމަދު އަލީ، މ. ފަޅުމަތީގެ

މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލަނީ:

  • މުހައްމަދު އިސްމާއީލް، ހއ. ހޯރަފުށި/ޔާގޫތުގެ

  • މުހައްމަދު ޒިލިއަން، މއ. ކަނުހުރާ

މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

ހާދިސާގެ ހުލާސާ:

  • ޔޯގާ ހަދަން ތިއްބާ، އިހުތިޖާޖު ކުރާ ގްރޫޕު ދަނޑަށް ވަންނަން މަސައްކަތް ކުރީ ހަރު އަޑުން ޝަހާދަތް ކިޔައި ތަކްބީރު ކިޔަމުން

  • ފުލުހުން މަގުމަތީ ބެރިކޭޑް ޖަހައި އެ މީހުން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، އެ މީހުން ފުލުހުންނާ ކުރިމަތިލައި ސަފުތައް ފޫއަޅުވާލި

  • ގަލޮޅު ދަނޑުގެ ގޭޓު ވެސް ފޫއަޅުވާލައި އެ މީހުން ވަނީ ދަނޑަށް ވަދެ، ޔޯގާ ހަދަން ދަނޑުގައި ތިބި މީހުންނާ ދިމާލަށް ގޮސް، އެ މީހުންނަށް އިންޒާރުދީ، އެ ތަނުން ނުކުތުމަށް އަންގައި އަޑުގަދަކޮށްފައި

  • ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުން ތިބިި އެ ހަރަކާތަށް ހުރަސް އެޅި މީހުން 40 ހަކަށް މިނެޓް ވަންދެން ހަމަނުޖެހުން ހިންގި

  • އެ މީހުން އެ ތަނުން ބޭރުކުރެވުނީ ފުލުހުން ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން  

އިތުރު އާޓިކަލް

އިތުރު އާޓިކަލް