ޝަރީއަތް ފެށުމުގެ ކުރިން ކްރިމިނަލް ކޯޓުގައި މިއަދުބޭއްވި އަޑުއެހުމުގައި ނިޝާން (ކ) އާއި ފަޒްލޫން.

ޔޯގާ ހަމަނުޖެހުން: ވަކީލަކު އައްޔަނުކުރަން ފަޒްލޫނާއި ނިޝާނަށް 10 ދުވަސް

މި މައްސަލައިގައި ފަޒްލޫނާއި ނިޝާންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ
17 އޮކްޓޯބަރު 2022
2

ބައިނަލްއަގުވާމީ ޔޯގަ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް އަމާޒުކޮށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދައުވާ އުފުލާފައިވާ ފަޒްލޫން މުހައްމަދާއި އާދަމް ނިޝާނަށް ވަކީލަކު އައްޔަނުކުރަން 10 ދުވަހުގެ ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

ވީ ކިހިނެއް؟ - ޔޯގާ ހަރަކާތުގައި ތިބި މީހުންނަށް ހަމަލާދިން މައްސަލައިގައި:

  • ފަޒްލޫނާއި ނިޝާން ހިމެނޭހެން 18 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރޭ

  • ފަޒްލޫނާއި ނިޝާންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ

ތަފްސީލް - ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔައީ ޝަރީއަތް ފެށުމުގެ ކުރިން ކަށަވަރުކުރަން ޖެހޭ ކަންކަމާ ގުޅޭ މަރުހަލާ އެވެ.

މި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ، މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވޭތޯ އާއި ތުހުމަތުކުރެވޭ މީހުންނަށް ލިބޭ ހައްގުތައް ދެ މީހުންނަށް ސާފުކޮށްދީފަ އެވެ. ގާޒީގެ ސުވާލުތަކަށް ޖަވާބުދެމުން ފަޒްލޫނާއި ނިޝާނާއި ދެ މީހުން ވެސް ބުނީ ކޯޓުން ހަވާލުކުރި ލިޔުންތައް ލިބިފައިވާ ކަމަށާއި، އެ ލިޔުންތައް ފުރިހަމަތޯ ބަލައި ދައުވާއަށް ޖަވާބުދާރީ ވާން ބޭނުންވަނީ ވަކީލަކާ އެކީ ކަމަށެވެ. 

އެހެންވެ، ގާޒީ ވަނީ އެ މީހުން އެދުނު ގޮތަށް އެ ފުރުސަތު ދެއްވާފަ އެވެ.

މައްސަލައިގެ ހުލާސާ - ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21ގައި ގަލޮޅު ދަނޑުގައި ހަރަކާތެއް ބާއްވަނިކޮށް، ފުލުހުންގެ ސަފުތައް ފޫއަޅޫވާލައި ގަލޮޅު ދަނޑަށް ވަދެގަނެ ބައެއް މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ދިނެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއިން. (ފޮޓޯ/އިންޑިއާ އެމްބަސީ)

މި ކަންކަން ހިނގައިދިޔައިރު، ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެކުވެރި ގައުމުތަކުގެ އިސް ޑިޕްލޮމެޓުންނާއި ބައެއް މުވައްޒަފުން އެ ހަރާކާތުގައި ބައިވެރިވާން އެ ތަނުގެ ތެރޭގައި ތިއްބެވި އެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ޕީޖީ އޮފީހުން 18 މީހުންނަށް ދައުވާ ކުރަނީ:

  • ދެ މީހަކަށް - ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ދައުވާ

  • ހަތް މީހަކަށް - ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ

  • ހަތް މީހަކަށް - ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ

  • އެކަކަށް - ޓެރަރިސްޓް ޖަމާއަތެއްގައި އުޅޭކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ

  • އެކަކަށް - ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ

  • ތިން މީހަކަށް - ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ

  • 15 މީހަކަށް - ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާ

  • ދެ މީހަކަށް - އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ

ކޮމެންޓް (2)

ޒިކްރާ

17 އޮކްޓޯބަރު 2022
ޚިލާފް އުފެދިފަ އޮތް ކަމެއްގަ، އަމިއްލަ ރައުޔު ނެރެ، ހިމޭނުން ތިބި ބައެއްގެ ގަޔަށް ބޮލަށް އަރާ ހިސާބަށް ދިޔައިމަ ކަމަކު ނުދޭ. މުޖުތަމަޢަށް ދޫކޮށްފަ ބޭތިއްބުން ރާއްކާތެރި ބައެއް ނޫން
0 1

ދާރިސް

17 އޮކްޓޯބަރު 2022
@ޒިކްރާ މިމީހުންތަ ގަޔަށް ބޮލަށް އެރީ؟ ނޫނީ މި މީހުން ކީކޭ ބުނެގެން؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް