ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ސައިޑުން ވިއްކަން އިއުލާނުކުރި ބިންތަކަށް އަގު ހުށަހެޅުން ކުރިއަށް ދަނީ. (ފޮޓޯ/އެޗްޑީސީ)

ހުޅުމާލެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ސައިޑުގެ ބިމުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ

ވިއްކަން އިއުލާނު ކުރި 55 ގޯއްޗަށް ބީލަން ހުށަހެޅީ އެންމެ 27 މީހުން؛ އެންމެ ބޮޑު އަގަކަށް ހުށަހެޅީ އަކަފޫޓަކަށް 6،060ރ.
7 އޮކްޓޯބަރު 2022

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބީޗު ސައިޑުން ވިއްކަން އެޗްޑީސީން އެންމެ ފަހުން އިއުލާންކުރި 55 ގޯއްޗަށް ހުށައެޅި އަގު ވަރަށް ބޮޑު ތަނުން ކުޑަވެ، ދެވަނަ ފިޔަވަހީގެ ބިމުގެ އަގު ވެއްޓިއްޖެ އެވެ.

ވީ ކިހިނެއް؟ - ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު ގޯތި ގަންނަން ހުށައެޅީ 27 މީހުންނެވެ. އެންމެ ބޮޑު އަގަކަށް އޮތީ އަކަފޫޓަކަށް 6،060ރ އެވެ. މިއީ މި އަހަރުގެ ކުރީކޮޅު ބީޗު ސައިޑުން ވިއްކަން އިއުލާންކުރި ބިންތަކަށް ހުށަހެޅި އަގާ އަޅާބަލާއިރު ވަރަށް ކުޑަ އަގެކެވެ.

މިދިޔަ އޮގަސްޓް 18ގައި އެޗްޑީސީން އިއުލާންކުރީ:

  • ބީޗު ފްރަންޓް ނުވަތަ އަތިރިމައްޗަށް ވާ ގޮތަށް 22 ގޯތި

  • ބީޗު ސައިޑު ނުވަތަ އަތިރިމައްޗާ ކައިރިން 55 ގޯތި

  • ބީޗު ފްރަންޓު: ފެށޭ އަގު އަކަފޫޓަކަށް 6،500ރ.

  • ބީޗު ސައިޑު: ފެށޭ އަގު އަކަފޫޓަކަށް 5،500ރ.

ބިޑު ފޯމު ވިއްކީ 1،000ރ. އަށެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި ނަގަނީ 1 މިލިއަން ރުފިޔާ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ސައިޑުން ވިއްކަން އިއުލާނުކުރި ބިންތަކަށް އަގު ހުށަހެޅުން ކުރިއަށް ދަނީ. (ފޮޓޯ/އެޗްޑީސީ)

ތަފްސީލް - އޭގެ ތެރެއިން ބީޗު ސައިޑުގެ ބިންތަކަށް ބީލަން ހުށަހެޅުން އިއްޔެ ވަނީ ހ. މީރުމާ ކޮންފަރެންސް ހޯލުގައި ކުރިއަށް ގެންގޮސްފަ އެވެ. އެޗްޑީސީން ބުނި ގޮތުގައި، އެ ބިންތަކަށް ހުށަހެޅި 27 ބިޑުގެ ތެރެއިން އެއް ބިޑު ފިޔަވައި އެހެން ހުރިހާ ބިޑެއް ވަނީ ބަލައިގެންފަ އެވެ.

އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ މުހައްމަދު ޒުހައިރެވެ. އެއީ އަކަފޫޓަކަށް 6،060ރ. އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ސައިޑުން ވިއްކަން އިއުލާނުކުރި ބިންތަކަށް އަގު ހުށަހެޅުން ކުރިއަށް ދަނީ. (ފޮޓޯ/އެޗްޑީސީ)

ދެން އަކަފޫޓަކަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ:

  • 1-

    މުހައްމަދު އަބްދުއްރަހުމާން - 6،007ރ.

  • 2-

    މުހައްމަދު ނާޖިލްގެ ނަމުގައި މުހައްމަދު ރަޝީދު - 6،001.99ރ.

  • 3-

    ޔޫސުފް ރިފްދާން އަފީފްގެ ނަމުގައި ހުސައިން އަފީފް - 6،001ރ.

  • 4-

    އިބްރާހިމް ރިޒްވީ - 6،000ރ.

  • 5-

    ޝާރާ އަބްދުއްރަހުމާން - 5،950ރ.

  • 6-

    އަހުލަމް ރުޝްދީ - 5،739.99ރ.

  • 7-

    އަހުމަދު އަހްނަފް ހުސައިން ހިލްމީގެ ނަމުގައި ހުސައިން ހިލްމީ - 5،660ރ.

  • 8-

    މުހައްމަދު އަސްލަމް - 5،600.07ރ.

  • 9-

    އަބްދުﷲ ނަސީރު - 5،600ރ.

  • 10-

    ފާތިމަތު ހިލާލާ - 5،600ރ.

  • 11-

    އަބްދުﷲ ސުއޫދު - 5،596ރ.

  • 12-

    ނިހާޒާ އަނީސް - 5،595ރ.

  • 13-

    ތޯހާ މުހައްމަދު - 5،580.1ރ.

  • 14-

    އިބްރާހިމް ޝިހާބު - 5،566ރ.

  • 15-

    މުހައްމަދު މޫސާ - 5،565ރ.

  • 16-

    އިބްރާހިމް ސޮލާހު - 5،555.99ރ.

  • 17-

    އިނާޝާ އަލީގެ ނަމުގައި މުހައްމަދު އަޒްހީން - 5،530ރ.

  • 18-

    އަހުމަދު ހުޝާމްގެ އަހުމަދު ޖިނާޒް - 5،524ރ.

  • 19-

    މުހައްމަދު ހައިޝަމް - 5،523ރ.

  • 20-

    އަހުމަދު ހަމީދު - 5،510.01ރ.

  • 21-

    އިބްރާހިމް ނައީމް - 5،507.03ރ.

  • 22-

    މުހައްމަދު ޝަރީފް - 5،505ރ.

  • 23-

    އަހުމަދު ސައީދުގެ ނަމުގައި އަބްދުﷲ ސުއޫދު - 5،503ރ.

  • 24-

    މުޒްހިދު ރަޝީދު އިބްރާހިމް - 5،501ރ.

  • 25-

    ހުސައިން ރަޝީދު - 5،500.01ރ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ސައިޑުން ވިއްކަން އިއުލާނުކުރި ބިންތަކަށް އަގު ހުށަހެޅުން ކުރިއަށް ދަނީ. (ފޮޓޯ/އެޗްޑީސީ)

އެނގުން މުހިންމު - ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބީޗު ސައިޑުން ވިއްކަން އެޗްޑީސީން މި އަހަރުގެ ކުރީކޮޅު އިއުލާންކުރި 34 ގޯއްޗަށް އެންމެ ބޮޑު އަގެއްގެ ގޮތުގައި ހުށަހެޅީ އަކަފޫޓަކަށް 9،700ރ. އެވެ. އެ ފަހަރު ހުޅުވާލި އެ ބިންތަކުގެ ފެށޭ އަގެއްގެ ގޮތުގައި އެޗްޑީސީން އަކަފޫޓަކަށް 3،500ރ.ކަނޑައަޅާފައި ވާއިރު، 179 ފަރާތަކުން އަގު ހުށަހެޅި އެވެ.

ގުޅުން ހުރި ކަމެއް - ބީޗު ފްރަންޓުގެ ބިންތަކަށް ބިޑު ހުށަހެޅުން މިދިޔަ ބުދަ ދުވަހު ވަނީ ބާއްވާފަ އެވެ. މި އަހަރުގެ ކުރީކޮޅު ބިން ވިއްކިއިރު 200އަށް ވުރެ ގިނަ މީހުން ބީޗު ފްރަންޓުގެ ބިންތަކަށް ބީލަން ހުށަހެޅި އިރު، ބީޗު ފްރަންޓުން ވިއްކަން މި ފަހަރު އިއުލާނު ކުރި 22 ގޯއްޗަށް ބިޑް ހުށަހެޅީ 18 މީހުންނެވެ. އެންމެ ބޮޑު އަގެއްގެ ގޮތުގައި ހުށަހެޅީ އަކަފޫޓަކަށް 8،251ރ. އެވެ.

ފަސްމަންޒަރު - މިފަހަރު ވިއްކަން ނިންމާފައި ވަނީ 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. ހުށަހަޅާފައިވާ އެންމެ ބޮޑު އަގަށް ބަލާއިރު:

  • ބީޗު ފްރަންޓުގެ ބިމަކަށް - 9 މިލިއަން ރުފިޔާ އާއި 21.3 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއް ޖެހޭނެ

  • ބީޗު ސައިޑުގެ ބިމަކަށް - 6 މިލިއަން ރުފިޔާ އާއި 15.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއް ޖެހޭނެ

މިދިޔަ ފަހަރު ވިއްކީ 1،801.87 އަކަފޫޓާއި 2،048.48 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. އެ ފަހަރު ހުށަހެޅި އެންމެ ބޮޑު އަގަށް ބަލާއިރު، އެ ބިންތަކުގެ އަގުތައް އުޅުނީ:

  • ބީޗު ފްރަންޓުގެ ބިމަކަށް - 12.9 މިލިއަން ރުފިޔާ އާއި 14.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއް ޖެހުނު

  • ބީޗު ސައިޑުގެ ބިމަކަށް - 17.5 މިލިއަން ރުފިޔާ އާއި 19.9 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއް ޖެހުނު

އިތުރު އާޓިކަލް

އިތުރު އާޓިކަލް