ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗު ފްރަންޓް ބިންތައް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެޗްޑީސީ

ހުޅުމާލޭ ބީޗު ފްރަންޓުގެ ބިމަކަށް މިފަހަރު ހުށަހެޅި އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 8،251ރ.

އެންމެ ފަހުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބީޗު ފްރޮންޓުން ބިން ވިއްކިއިރު، އެންމެ ބޮޑު އަގަކަށް ހުށަހަޅާފައިވަނީ އަކަފޫޓަކަށް 10،220ރ.
5 އޮކްޓޯބަރު 2022

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބީޗު ފްރަންޓުން ވިއްކަން ހައުސިން އެޗްޑީސީން އިއުލާނު ކުރި 22 ގޯއްޗަށް އެންމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 8،251ރ. ހުށަހަޅައިފި އެވެ.

ތަފްސީލް - ހުޅުމާލޭ ދެ ވަނަ ފޭސްގެ ބީޗު ފްރަންޓް ގޯތިތައް ގަންނަން 18 ފަރާތަކުން އަގު ހުށަހެޅި އިރު، އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ ހަސީނާ އިބްރާހިމްގެ ނަމުގައި އިސްމާއިލް ފައިސަލް އެވެ. އެއީ އަކަފޫޓަކަށް 8،251ރ. އެވެ.

ދެން އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތްތަކަކީ:

  • އާދަމް ނަޒީރު ހުސައިންގެ ނަމުގައި އަބްދުﷲ ނިޒާރު - އަކަފޫޓަކަށް 8،141.23ރ.

  • ފަރިޔާލް ގާސިމްގެ ނަމުގައި އާދަމް ޝަފީގު - އަކަފޫޓަކަށް 7،852ރ.

  • އައިޝަތު އުމައިމާ - އަކަފޫޓަކަށް 7،585.25ރ.

  • ރިސްމާ އަލީ ނަސީރުގެ ނަމުގައި މުހައްމަދު ރިޒާ - އަކަފޫޓަކަށް 7،500ރ.

  • ރާޔާ ރިޔާޒުގެ ނަމުގައި އަމީރު ޝާހު - އަކަފޫޓަކަށް 7،500ރ.

  • ތައުނީސް ހުސައިން - އަކަފޫޓަކަށް 7،350ރ.

  • އަލީ އައިމަން - އަކަފޫޓަކަށް 7،333.37ރ.

  • ހުސައިން ޝާމު - 7،300ރ.

  • މަލްވިން އަލީ ނޫރައްދީންގެ ނަމުގައި މުހައްމަދު ޔޫމަން އަލީ ނޫރައްދީން - އަކަފޫޓަކަށް 7،100ރ.

  • އިބްރާހިމް ރީމާޒް ވަހީދު - އަކަފޫޓަކަށް 7،002ރ.

  • އަމީރު ޝާހު - އަކަފޫޓަކަށް 7،000ރ.

  • އަބްދުލް އަޒީޒު މޫސާގެ ނަމުގައި ޔާސިރު ސޯލިހު - އަކަފޫޓަކަށް 6،850ރ.

  • ހަސަން ޒުހޫރު - އަކަފޫޓަކަށް 6،789.99ރ.

  • އާމިނަތު އުމާނާ އަލީ ނޫރައްދީންގެ ނަމުގައި މުހައްމަދު ޔޫމަން އަލީ ނޫރައްދީން - އަކަފޫޓަކަށް 6،725ރ.

  • އަލީނާ ނޫރައްދީންގެ ނަމުގައި މުހައްމަދު ޔޫމަން އަލީ ނޫރައްދީން - އަކަފޫޓަކަށް 6،620ރ.

  • ނާދިރާ ޖަމީލުގެ ނަމުގައި އަލީ މުއްތަލިބު - އަކަފޫޓަކަށް 6،501ރ.

އެނގުން މުހިންމު - ހުޅުމާލޭ ދެ ވަނަ ފިޔަވަހިން މިފަހަރު ވިއްކާ ބިންތަކުގެ ބޮޑުމިނުގައި އުޅެނީ 1،095.05 އާއި 2،588.14 އަކަފޫޓާ ދެމެދުގެ މިންވަރެކެވެ.  

ގުޅުންހުރި ކަމެއް - އެންމެ ފަހުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބީޗު ފްރަންޓުން ބިން ވިއްކިއިރު، އެންމެ ބޮޑު އަގަކަށް ހުށަހަޅާފައިވަނީ އަކަފޫޓަކަށް 10،220ރ. އެވެ. އަދި އެ ފަހަރު 26 ގޯތި ގަންނަން ޖުމުލަ 211 މީހަކު ބީލަން ހުށަހެޅި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް