ފަންނުވެރިން

އަބްދުﷲ ފާއިޒްގެ 'އިހުސާސް' މައުރަޒުން ނަސޭހަތްކޮޅެއް

ފާއިޒްގެ 'އިމްޕްރެޝަނިސަމް' ސްޓައިލްގެ ބޮޑެތި ކުރެހުންތަކަކީ އާދައިގެ މަސައްކަތެއް ނޫންކަން ވަރަށް ސާފުކޮށް ފެނޭ. 'އިހުސާސް'ގެ 50 ކުރެހުމުން ރާއްޖޭގެ އިހުގެ ސަގާފަތް ދިރުވައިދިން.
9 ސެޕްޓެމްބަރު 2025

އަބްދުﷲ ފާއިޒްއަކީ ރާއްޖޭގެ ހުނަރުވެރި އާޓިސްޓުންގެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މިދިޔަ މަހު ބޮޑުކޮށް ބޭއްވި 'އިހުސާސް' އަކީ އޭނާގެ ދެވަނަ އަމިއްލަ މައުރަޒެވެ. 


ފާއިޒްގެ 'އިމްޕްރެޝަނިސަމް' ސްޓައިލްގެ ބޮޑެތި ކުރެހުންތަކަކީ އާދައިގެ މަސައްކަތެއް ނޫންކަން ވަރަށް ސާފުކޮށް ފެނެ އެވެ. ކޮންމެ މައުރަޒެއްގައި އޭނާ ވަނީ ގިނަ އަދަދެއްގެ ކުރެހުންތައް ދައްކާލައްވައިފަ އެވެ.

'އިހުސާސް'ގެ 50 ކުރެހުމުން ރާއްޖޭގެ އިހުގެ ހަނދާންތައް އާ ކޮށްދީ ދިވެހި ސަގާފީ ހިތްގައިމު މަންޒަރުތައް ފެނުނެވެ.

'ދައުރު' އަށް ދެއްވި މި އިންޓަވިއުގައި ފާއިޒް ވަނީ 'އިމްޕްރެޝަނިސަމް' ސްޓައިލްއަށް އޮތް ބޮޑު ލޯބި ކިޔައިދެއްވައިފަ އެވެ. އަދި ޒުވާން އާޓިސްޓުންނަށް މުހިއްމު ނަސޭހަތްކޮޅެއް ވެސް ދެއްވި އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް