5 އޮގަސްޓް 2025: 'އިހުސާސް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އާޓް

ފާއިޒްގެ މައުރަޒު 'އިހުސާސް' އިން ގެނެސްދެނީ ރާއްޖޭގެ އިހުގެ ހަނދާންތަކާއި މުއްސަނދި ސަގާފަތް

ކޮންމެ ދުވަހަކު ފެންނަ އާދައިގެ މަންޒަރުތައް ތަފާތު ނަޒަރިއްޔާއަކުން ހުށަހަޅައިދީފައިވާ 50 ކުރެހުމުން ކުރުވަނީ ފުން އިހުސާސުތަކެއް. ބަލަން އަންނަ ކޮންމެ މީހަކު މާޒީގެ އެ ދަތުރުގައި ބައިވެރިވާން އެ ކުރެހުންތަކުން ގޮވާލާ.
7 އޯގަސްޓު 2025

އަބްދުﷲ ފާއިޒްގެ ފުރަތަމަ ކުރެހުމުގެ މައުރަޒު 'ޖާނީ' މީގެ ދެ އަހަރު ކުރިން، އަންގާރަ ދުވަހެއްގެ ރޭގަނޑު ހުޅުވި ހަފްލާ އަދިވެސް ވަރަށް ސާފުކޮށް ހަނދާން އެބަހުއްޓެވެ. އެއީ 80 ވަރަކަށް ކުރެހުމާ އެކު ބޮޑުކޮށް ބޭއްވި މައުރަޒެކެވެ. އަދި ފާއިޒް ޝައުގުވެރިވާ މުހިއްމު ހަނދާންތަކެއް ދައްކުވައިދިން މައުރަޒެއް ވެސް މެ އެވެ. ފާއިޒްގެ ދެވަނަ މައުރަޒު 'އިހުސާސް' ވެސް ހުޅުވާލީ ބޮޑު ހަފުލާއަކާ އެކު މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑު އެވެ. 

5 އޮގަސްޓް 2025: 'އިހުސާސް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
5 އޮގަސްޓް 2025: 'އިހުސާސް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
5 އޮގަސްޓް 2025: 'އިހުސާސް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައެއް އެމްބަސީތަކުގެ އިސްވެރިންނާއި އެންސީއޭގެ އިސް ބޭފުޅުންނާއި ފާއިޒްގެ ގާތް މީހުން ވެސް ބައިވެރިވި އެވެ. ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު، އާކިޓެކްޓު އަދި އާޓިސްޓެއް ކަމަށްވާ މުހައްމަދު މައުރޫފް ޖަމީލް އެވެ.

5 އޮގަސްޓް 2025: 'އިހުސާސް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
5 އޮގަސްޓް 2025: 'އިހުސާސް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
5 އޮގަސްޓް 2025: 'އިހުސާސް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
5 އޮގަސްޓް 2025: 'އިހުސާސް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

'އިހްސާސް' މައުރަޒުގައި ހިމެނޭ 50 ކުރެހުމަކީ ފާއިޒްއަށް މުހިއްމު މާޒީގެ ހަނދާންތަކެއް ދައްކުވައިދޭ އުފެއްދުންތަކެއް އެކަންޏެއް ނޫނެވެ. އެއީ ކޮންމެ ދިވެއްސަކަށް ވެސް ހިތާ ވަރަށް ގާތް މަންޒަރުތަކަކާއި ހަނދާންތަކެއް ފެންނަ ކުރެހުންތަކެކެވެ. ރާއްޖޭގެ އިހު ޒަމާނުގެ ސަގާފީ ހަރަކާތްތަކާއި މާލޭގެ ބާޒާރުމަތިން އޭރު ފެންނަ މަންޒަރުތައް ވެސް މި މައުރަޒުގައި ހިމެނެ އެވެ. 

މައުރަޒުގައިވާ 'ގައުމީ ހޮޓާ' ކުރެހުމުން ފެންނަނީ މާލޭގެ އެންމެ ހަލަބޮލި ބާޒާރުމަތީގައި 50އާއި 60ގެ އަހަރުތަކުގެ ތެރޭގައި ހިންގި ހޮޓަލެކެވެ. އެއީ އޭރު ވިޔަފާރިކުރާ މީހުން އެންމެ ގިނައިން އެއްވެ އުޅުނު އެއް ހޮޓަލެވެ. ފާއިޒުގެ ކުރެހުމުގެ ލިއުމުގައި ބުނާގޮތުގައި އެ ހޮޓާ ހިންގި އިމާރާތް އަދިވެސް އެބަހުއްޓެވެ. އެކަމަކު އެތަނުގެ ދިގު ތާރީހަކީ މިހާރު ގިނަ ބައެއްގެ ހަނދާނުން ފޮހެވިފައިވާ ކަމެކެވެ. މާލޭގެ ބާޒާރުމަތި 1950ގެ އަހަރުތަކުގައި އޮތް ގޮތް ވެސް ފާއިޒު ވަނީ ދައްކައިދީފަ އެވެ. މީގެ އިތުރުން އިހު ޒަމާނުގައި ދިވެހިން ދޯނި އެހެލާ އުޅުނު ގޮތް ފަދަ މިހާރު އެއްގޮތަކަށް ވެސް ނުފެންނަ ސަގާފީ ހަރަކާތްތައް ކުރަހައިފައިވެ އެވެ.

5 އޮގަސްޓް 2025: 'އިހުސާސް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
5 އޮގަސްޓް 2025: 'އިހުސާސް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
5 އޮގަސްޓް 2025: 'އިހުސާސް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ތެޔޮ ކުލައިން ކެންވާސްގައި 'އިމްޕްރެޝަނިސަމް' ސްޓައިލްގައި ކުރަހާފައިވާ ކުރެހުންތައް ބަލާލުމުން ހީވަނީ މާޒީގެ ހަނދާންތަކެއް ހުވަފެނީ ގޮތަކަށް ދައްކާލި ހެންނެވެ. ކުރެހުންތަކުގައި ބޭނުންކޮށްފައިވާ ހިތްގައިމު ކުލަތަކަކީ މަޑު ނޫނީ ފަނޑު ކުލަތަކެއް ނޫނެވެ. އޭރުގެ ފިލްމު ކެމެރާއަކުން ނަގާފައިވާ ކަޅާއި ހުދުގެ ފޮޓޯގަނޑެއް އިންސާނެއްގެ އަތުން އޭގެ އަސްލު ހިތްގައިމު ކުލަތަކާއި ރޫހު ދިރުވައިދިން މަންޒަރުތަކެއް ފެނިގެންދިޔަ އެވެ. އެއީ ފާއިޒު ކުޑައިރު ދުށް މަންޒަރުތަކެކެވެ. އަދި އާޓިސްޓެއްގެ މި ކުލަގަދަ ހަނދާންތަކަކީ މިޒަމާނުގެ ކުޑަކުއްޖަކަށް ނުވަތަ ތާރީހަށް ލޯބި ކުރާ މީހަކަށް، ނޫނީ އޭރު ރާއްޖެ އޮތް ގޮތް އިހުސާސު ކޮށްލަން ބޭނުންވާ ކޮންމެ މީހަކަށް ވެސް މުހިއްމު ތާރީހުގެ ފިލާވަޅެއް ވެސް މެ އެވެ.

5 އޮގަސްޓް 2025: 'އިހުސާސް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
5 އޮގަސްޓް 2025: 'އިހުސާސް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
5 އޮގަސްޓް 2025: 'އިހުސާސް' މައުރަޒު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ފާއިޒު ވަނީ މީގެ ދެ އަހަރު ކުރިން ހުށަހެޅި މައުރަޒު 'ޖާނީ'ގައި ވެސް 'އިމްޕްރެޝަނިސަމް' ސްޓައިލްގެ ކުރެހުންތަކެއް ދައްކައިދީފަ އެވެ. 'އިމްޕްރެޝަނިސަމް' އަކީ 1870ގެ އަހަރުތަކުގެ ތެރޭގައި މަގުބޫލުވާން ފެށި، ޕެރިހުގައި އުފެދުނު 'އާޓް މޫވްމަންޓެ'ކެވެ. 'އިމްޕްރެޝަނިސަމް' އަކީ ފިހިން ޖައްސާފައި ހުންނަ 'ބްރަޝް ސްޓްރޯކް'ތައް ބޮޑަށް ފާހަގަކޮށްފައިވާ، ތަފާތު 'ކޮމްޕޮޒިޝަން'ތަކުގައި މަންޒަރުތައް ދައްކުވައިދީ، އަލި އެޅިފައި ހުންނަ މަންޒަރުތަކަށް ސަމާލުކަންދޭ، ކޮންމެ ދުވަހަކު ފެންނަ އާދައިގެ މަންޒަރުތައް ތަފާތު ނަޒަރިއްޔާއަކުން ހުށަހަޅައިދޭ، އިންސާނެއްގެ ވިސްނުމާއި ތަޖުރިބާ ދައްކުވައިދޭ އާޓްގެ ވައްޓަފާޅިއެކެވެ. ފާއިޒްގެ 'އިހުސާސް' މައުރަޒުން ފެންނަ ހިތްގައިމު ކުރެހުންތަކުން ވެސް ހުށަހަޅައިދޭން މަސައްކަތް ކޮށްފައިވަނީ މި ކަހަލަ ފުން އިހުސާސުތަކެކެވެ. މާޒީގެ ހަނދާންތަކެކެވެ. ބަލަން އަންނަ ކޮންމެ މީހަކު މި ދަތުރުގައި ބައިވެރިވާން އެ ކުރެހުންތަކުން ގޮވާލަ އެވެ.

އަބްދުﷲ ފާއިޒްގެ 'އިހުސާސް' މައުރަޒު ގައުމީ އާޓް ގެލެރީގައި ކުރިއަށްދާނީ މި މަހުގެ 16ގެ ނިޔަލަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް