ފިޓްކޮށް

ފިޓްކޮށް: ދުވުމުގެ ތަަމްރީން އާއްމުކޮށް ރޭވިފައި ހުންނަ ގޮތް

މި އެޕިސޯޑްގައި ޒިނާން ކިޔައިދެނީ ދުވުމުގެ ތަމްރީން ޕްރޮގްރާމްތަކުގައި މީހާގެ ބުންވަރާއި ސްޕީޑް އިތުރުކުރުމަށް އާއްމުކޮށް ހިމަނަންޖެހޭ ބައިތައް
6 އޯގަސްޓު 2024
2

ދުވުމަކީ އެންމެ ފަސޭހައިން ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަސްރަތެވެ. އެހެންކަމުން ގިނަ ބައެއްގެ ދިރިއުޅުމުގައި ދުވުން ނުވަތަ ކަސްރަތަށް ބާރަށް ހިންގުން ހިމެނެ އެވެ. 

ބައެެއް މީހުންނަކީ ސީރިއަސް ދުވުންތެރިންނެވެ. އަނެއް ބަޔަކީ، ހަމައެކަނި ސިއްހީ ބޭނުމަށްޓަކައި ހަރަކާތްތެރިވުމުގެ ބޭނުމުގައި ދުވާ މީހުންނެވެ.

ރާއްޖޭގައި ބާއްވާ ދުވުންތައް އިތުރުވެ ދުވާ މީހުންގެ މެދުގައި ޝައުގުވެރިކަން ބޮޑެވެ. އެއް ރޭހަށް ވުރެ އަނެއް ރޭސް އަވަހަށް ނިންމާލަން ބޭނުންވެ އެވެ. އެހެންކަމުން ތަމްރީންތައް ހަދަ އެވެ.

ދުވެގެން ލިބޭ ސިއްހީ ފައިދާ ކޮންމެ ދުވަހަކު ހެނދުނު ތެދުވެގެން ހިނގާލަން ދިޔަ ކަމުގައި ވިޔަސް ލިބޭނެ އެވެ. ގަވާއިދުން މާލެ ވަށާ ބުރެއް ނުވަތަ 30 މިނެޓުވަންދެން ބާރަށް ހިނގުމުން ކަސްރަތު ކުރެވުނީ އެވެ. ދުޅަހެޔޮކަށް ހުރުމަށް މި މިންވަރުގެ ކަސްރަތު ފުދެ އެވެ.

ހާއްސަ ނަތީޖާތަކެއް ހޯދުމަށް ކަސްރަތުކުރަނީ ޕްރޮގްރާމްކޮށެވެ. މިސާލަކަށް 30 މިނެޓު ތެރޭ 5 ކިލޯމީޓަރު ދުވުމަށް ބޭނުންވާ ނަމަ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ހާއްސަވެގެން އެކަމަށް ތަމްރީން ހަދަންޖެހެ އެވެ.

'ފިޓްކޮށް'ގެ މި އެޕިސޯޑުގައި ފިޓްނަސް ދާއިރާގެ ތަޖުރިބާކާރު ހުސެން ޒިނާން ކިޔައިދެނީ ދުވުމުގެ ވައްތަރުތަކެވެ.

ދުވުމުގެ ތަމްރީންތަކުގައި ހަތަރު ވައްތަރެއް އާއްމުކޮށް ބޭނުން ކުރެ އެވެ. އަދިވެސް އިތުުރު ވައްތަރުތައް ހުރެ އެވެ.

ލޯންގް ރަން

ހަފްތާއަކު އެއްފަހަރު ދުވުން ރަނގަޅު ލޯންގް ރަންގައި ދުވަންޖެހެނީ މީހާ އާއްމުކޮށް ދުވާ މިންވަރަށް ވުރެ ދިގު ރާސްތާއެކެެވެ.

ޒިނާން ބުނި ގޮތުގައި ލޯންގް ރަންއޭ ކިޔަނީ މީހާގެ ހާޓް ރޭޓް ޒޯން 3އަށް ނުދާ ވަރުގެ ސްޕީޑެއްގައި ގިނަ ވަގުތު ހުރުމަށެވެ. އެއިން ގިނަ ވަގުތު ފައިމައްޗަށް ތެދުވެ ހުރުމުގެ ބުންވަރު އިތުރުކޮށްދެ އެވެ. އޭގެ އިތުރަށް ލޯންގް ރަންގެ ސަބަބުން ގިނަ އިރު ދުވުމަށް ލޭ ދައުރުވުމުގެ ނިޒާމް ތަމްރީންކޮށްދެ އެވެ. މިއީ ދިގުކޮށް ދުވާ މީހުންނަށް ވަރަށް މުހިއްމު ކަމެކެވެ.

އާއްމުކޮށް އެކި ކޯޗުން ބުރަވަނީ އެކި ވައްތަރަށެވެ. ބައެއް ކޯޗުން ތަމްރީން ކުރަނީ ޕޭސް ނުވަތަ ދުވާ ސްޕީޑްއަށެވެ. އަނެއް ބަޔަކު ތަމްރީން ބިނާ ކުރަނީ ހާޓް ރޭޓްއަށެވެ. އެކަން އެހެން ކުރަނީ ހައްޓަށްވާ ބުރަ ދެނެގަނެވެނީ މި ދެ ކަންތަކުން ކަމަށްވާތީ އެވެ.

ފަށައިގަންނަ މީހަަކަށް ޒިނާން ދޭ ލަފަޔަކީ ހާޓް ރޭޓަށް ބަލައިގެން އެކަން ކުރުމެވެ. 

ފިޓްނަސް ގަޑިތަކުގައި އާއްމުކޮށް މީހާގެ ހާޓް ރޭޓް ހުންނަ ހިސާބު ވަޒަންކޮށްލެވޭނެ އެވެ. ޒޯން 3އަށް ވުރެ މައްޗަށް ނުދާ ނަމަ ހައްޓަށް ބުރައެއް ނެތެވެ. ލޯންގް ރަން ދުވަންވާ ގޮތަކީ މިއީ އެވެ.

އިންޓަވަލް

ދެވަނަ ވައްތަރަކީ އިންޓަވަލް އެވެ. އެއީ އެއްޗެއް މައްޗަށް ގޮސް ތިރިވުން ކަމަށް ބެލުމަށް ޒިނާން ބުންޏެވެ. ހާޓް ރޭޓް ޒޯން 5 އަށް އަރައި ކުޑަ ވަގުތުކޮޅެއް ހޭދަ ކޮށްފައި ތިރިކޮށްލުމެވެ.

މިސާލަށް ވަރަށް ބާރަށް 200 މީޓަރު ދުވެފައި އަނެއް 400 މީޓަރު ހިނގާ އިރު މީހާގެ ހާޓް ރޭޓް ދަށްކޮށްލަނީ އެވެ. ފަސް ފަހަރު އެގޮތަށް ހެދީމަ އިންޓަވަލްއަކަށްވީ އެވެ. ހައި އިންޓަންސީ ބައުޓް ނުވަތަ ބުރަކޮށް މަސައްކަތް ކުރާ ފަސް ބައުޓް އަދި ލުއިކޮށް މަސައްކަތް ކުރާ ފަސް ބައުޓް އެވެ. ކުރިއަށް ވޯމްއަޕްއެއް ލާފައި ފަހަތަށް ކޫލްޑައުންއެއް ލީމައި ނިމުނީ އެވެ.

ފާޓްލެކް

ފާޓްލެކް އަކީ އިންޓަވަލް ޓްރެއިނިންގެ ވައްތަރެކެވެ. އެ ލަފްޒުގެ އަސްލު މާނަ އަކީ ސްޕީޑް އެވެ. ފާޓްލެކް ހެދުމަކީ ވަރަށް ބާރަށް ދުވެފައި މެދު މިންގަނޑަކަށް ދުވެފައި އެއަށް ވުރެ މަޑުން ދުވެފައި އަނެއްކާ ބާރަށް ދުވުމެވެ. އެއްވެސް ކަަހަލަ ތަރުތީބެއް ނެތި ދުވުން ނުވަތަ ހިނގުމެވެ. 

ފާޓްލެކްގައި އެއްފަހަރު ޒޯން 5ގެ މިންވަރަށް ދުވެފައި ޒޯން 2ގައި ދެން ޒޯން 4ގައި ދުވެފާނެ އެވެ. މީހާގެ ސްޕީޑް މި ގޮތަށް ބަދަލު ކޮށްފާނެ އެވެ. ކުރިއަށް ވޯމްއަޕެއް އަދި ފަހަތަށް ކޫލް ޑައުން ލާންވާނެ އެވެ.

ޓެމްޕޯ ނުވަތަ ޕޭސް

މިއީ ވަރަށް މުހިއްމު ވައްތަރެއްގެ ޓްރެއިނިންއެކެވެ. 

ފުރަތަމަ ފަށައިގަންނަ އިރު ޒޯން 4އަށް 10 މިނެޓު ދުވެފައި ރެސްޓްކޮށްފައި އަނެއްކާވެސް ދުވާނެ އެވެ. ތްރެޝްހޯލްޑް ނުވަތަ ޓެމްޕޯގައި ގިނަ ވަގުތުވާ ވަރަކަށް މީހާގެ ސްޕީޑް މަތިވެގެންދެ އެވެ. 

ކޮމެންޓް (2)

ހަމްކޮ

6 އޯގަސްޓު 2024
ވީޑިޔޯގައި ކީ އެއްޗެހި އެއޮތީ ލިޔުމުގަވެސް. އެކައްޗެއް ދެފަހަރު ގެނެސްދީފަ. ކަމަކުނުދޭ މީތި، އީމާން.
6 0

އަޅި އަލީ

6 އޯގަސްޓު 2024
މީގައި ކުންނެއް ނެތެއްނު!
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް