ފޯރަމް ތަމްބްނެއިލް - މަޖިލިސް މެމްބަރުން މަދު ކުރުން
މަޖިލިހުގެ މެމްބަރުންގެ އަދަދު މަދުކުރުމާ މެދު ދެކެނީ ކިހިނެއް؟
ގާނޫނު އަސާސީގެ 71ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގެ ފަސްވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ކަނޑައަޅަން ޖެހެނީ އާބާދީގެ ނިސްބަތުންނެވެ. އެއީ:
-
ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެން ޖެހޭ
-
އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް.
މެމްބަރުންގެ އަދަދު ކަނޑައެޅުން އާބާދީ އިތުރުވާ މިންވަރާ ގުޅިފައި އޮތުމުން މެމްބަރުންގެ އަދަދު ކޮންމެ މަޖިލިސް އިންތިހާބެއްގައި އިތުރުވާނެ އެވެ. އެގޮތުން މި އަހަރު މަޖިލިހަށް ހަ މެމްބަރުން އިތުރުވާނެ ކަމަށް އިލެކްޝަސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ތިރީގައި މިވަނީ މެމްބަރުންގެ އަދަދު އިތުރުވަމުން އަންނަ މިންވަރެވެ:
-
2009 - 77 މެމްބަރުން
-
2014 - 85 މެމްބަރުން
-
2019 - 87 މެމްބަރުން
-
2024 - 93 މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 76އަށް މަދުކޮށް، އެ ވަރުގައި ހިފަހައްޓަން ގާނޫނުއަސާސީ އިސްލާހުކުރަން ދަ ޑިމޮކްރެޓްސްގެ ފަރާތުން މިދިޔަ އޯގަސްޓް މަހު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. އަދި އޯގަސްޓް 2022ގައި މަޖިލީހުގެ މެންބަރުންގެ އަދަދު 87ގައި ހިފެހެއްޓުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހެޅުއްވި އެވެ. ގާސިމްގެ މި އިސްލާހަށް މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރެއްވި އެވެ. ނަމަވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހުން 11 އޮކްޓޯބަރު 2022ގައި އެ ބިލު ބޭރުކޮށްލި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު މަދުކުރަން
Thank you for voting Poll closes on 15 Mar 2024 12:00 AM Final Results
ރައްޔިތުންގެ މަޖލިހުގެ މެމްބަރުންގެ އަދަދަށް 1932އިން ފެށިގެން އައިސްފައިވާ ބަދަލުތައް ތިރީގައި މިވާ ޗާޓުން ސާފުވާނެ އެވެ.
އެނގުން މުހިންމު - މެމްބަރުގެ އިނާޔަތާއި މުސާރައަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭއިރު މެމްބަރުންގެ އަދަދު އިތުރުވުމަކީ މާލީ ގޮތުން ވަރަށް ބޮޑު ހޭދައެކެވެ. މެމްބަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 82،500ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ:
-
މުސާރަ: 42،500ރ.
-
ލިވިން އެލަވަންސް: 20،000ރ.
-
ކޮމިޓީ އެލަވަންސް (ހާޒިރީއަށް ބިނާކޮށް): 20،000ރ.
މީގެ އިތުރަށް މެމްބަރުކަން ކުރުމުން ފަހުން އިނާޔަތްތަކެއް ވެސް ދޭން ޖެހެ އެވެ.
ކުރީގެ މެމްބަރުންނަށް ދޭން ޖެހޭ އިނާޔަތް - ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލްގެ 8 ވަނަ މާއްދާގައި މެމްބަރުން ކޮށްފައިވާ ޚިދުމަތަށް ދޭން ޖެހޭ އިނާޔަތް ބަޔާންކޮށްފައިވެ އެވެ.
-
މަޖިލިހުގެ މެމްބަރުކަން އެއް ދައުރު ފުރިހަމަކޮށްފައިވާ ނަމަ މާލީ އިނާޔަތެއްގެ ގޮތުގައި މެމްބަރަކަށް މުސާރައިގެ %30 ދޭން ޖެހޭ. ދެ ދައުރު ފުރިހަމަކޮށްފައިވާ ނަމަ %45 ދޭން ޖެހޭ.
-
މި އިނާޔަތްތައް ލިބޭނީ މަޖިލިހުން ވަކިވުމަށް ފަހު އަދި އުމުރުން 55 އަހަރު ފުރުމުން
-
ދައުލަތުގެ ވަޒީފާއެއް އަދާކުރާ ނަމަ އެ ވަޒީފާއެއް އަދާކުރަމުން ދާއިރު އިނާޔަތެއް ނުލިބޭނެ
-
މަޖިލިހުން އިނާޔަތް ލިބޭ ނަމަ އިތުރު ޕެންޝަނެއް ނުވަތަ މާލީ އިނާޔަތެއް ނުލިބޭނެ
-
މަޖިލިހުގެ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް މެމްބަރުންނަށް އޮންނަ ހެލްތު އިންޝުއަރެންސް ސްކީމުގެ ދަށުން ބޭސް ފަރުވާ ކޮށްދޭން ޖެހޭ
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު މަދުކުރުން ނުވަތަ މިހާރު ހުރި އަދަދުގައި ހިފެހެއްޓުމާ މެދު ޚިޔާލަކީ ކޮބައިތޯ އެވެ.
ގުޅުން ހުރި މުހިންމު ލިއުންތައް
ތިރީގައި މިވާ ޗާޓުން ދައްކައިދެނީ 1980ގެ އަހަރުތަކުން ފެށިގެން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރަ އާއި އެލަވަންސަށް އައިސްފައިވާ ބަދަލެވެ.
މެމްބަރުންގެ އަދަދު މަދުކުރަން ވާހަކަ ދެކެވޭއިރު، މިހާރު ހުރި އަދަދުގައި ހިފަހައްޓަން ވެސް ބައެއް ފަރާތްތަކުން ވާހަކަދައްކަ އެވެ. އަދި މެމްބަރުންގެ އަދަދު އިތުރުވަމުން ދިއުމާ މެދު ކަންބޮޑުނުވާ މެމްބަރުން ވެސް މަޖިލިހުގެ ތެރެއިން ފެނެ އެވެ.
-
ބޮޑު ސުވާލު: ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު މަދުކުރުމާ މެދު ޚިޔާލަކީ ކޮބައި؟ ނުވަތަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު މިހާރު ހުރި ވަރަށް ވުރެން އިތުރުނުވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހުގެންނަން ޖެހޭ ހެއްޔެވެ؟ ނޫނީ މިހާރު ގާނޫނު އަސާސީގައި އޮތީ އެންމެ ރަނގަޅު އުސޫލު ހެއްޔެވެ؟
މި ސުވާލުތަކާއި ނުކުތާތަކަށް ކިއުންތެރިންގެ ހިޔާލަށް ހުޅުވާލަމެވެ.
ހިޔާލު ފޮނުވުމަށް ބާކީ
ދުވަސް
:
ގަޑި
:
މިނެޓު
ހިޔާލުތައް
ވިލާޑިލައިޓް
13 މާރިޗު 2024
14:41
މެމްބަރުން އިތުރުކުރުމާއި މުސާރަޔާއި އިނާޔަތްތަށް އަމިއްލައަށް ކަނޑައެޅުން.
އަޅުގަނޑުމެން ކަހަލަ މީސްކޮޅު މަދު އަދި އާމްދަނީ ލިބޭނެ ވަޞީލަތްތަށް މަދު ޤައުމެއްގައި މިހާ ގިނަ މަޖިލީސް މެމްބަރު ތިބުމަކީ ޤައުމުގެ ރައުސުލް މާލަށް ބާރުބޮޑު، އަދި އެކަމުގެ ސަބަބުން ރައްޔަތުންނަށް އިތުރު މަންފާއެއްވުމުގެ ބަދަލުގައި، ބޮޑު އިސްރާފެއް ކުރެވިގެން ދާކަމެއް.މަޖިލީހުގެ މެމްބަރުންގެ އަދަދު އަތޮޅުގެ ނިސްބަތުން ކޮންމެ އަތޮޅަކަށް މެމްބަރެއް ހުރުން ރަނގަޅު އަދި އެމީހުންގެ މުސާރަ އާއި އިނާޔަތްތަށް ކަނޑައަޅަންވާނީ މުސްތަގިއްލު ވަކި ބޮޑީއެއް ނުވަތަ ބޯޑެއް އުފައްދައިގެން އޭގެ ދަށުން. މިހާރު ރައްޔަތުން މަޖިލީހަށް އަންނަނީ މުއްސަދިކަންހޯދުމަށާއި، ސިޔާސީ ނުފޫޒުން ކަންކަން ޙާޞިލު ކުރުމަށް، ރައްޔަތުންނަށް ހެޔޮއެދިގެނެއް ނޫން.
މުހައްމަދު
7 މާރިޗު 2024
13:45
މަޖިލިސް މެމްބަރުން ކުފޫ ހަމަނުވުން
މީގަ އަހަންނަށް މައްސަލައަކީ މެމްބަރުންގެ އަދަދެއްނޫން. އަހަންނަށް މައްސަލައަކީ އެއްވެސް ކަހަލަ އަދަބު އަޙުލާގެއްނެތް، އިލްމީ ގާބިލު ކަމެއް ނެތް އަދި އެހާމެ ރައްޔިތުންނަށް ގައްދާރުވާ މެމްބަރުންތައް ގިނަވީމަ! އެބަ ޖެހޭނު ކުޑަމިނުން މިތަނަށް ކުރިމަތިލެވޭ މީހުންގެ މިނިމަމް ކޮލިފިކޭޝަން އެޓްލީސްޓް ޑިގްރީ ގަނޑަކަށްވިޔަސް ހަދަން. ނޫނީ ކުރިމަތިލާ ދާއިރާއެއްގައި ކޮންމެވެސް ވަރަކަށް އުޅެފައި މަސައްކަތްތަކެއް ކޮށްފައިވާ ބަޔަކަށްވާން.
ހުޝާމް
މެމްބަރު
ޑިމޮކްރެޓްޒާ
7 މާރިޗު 2024
12:36
ޕާޓީ ލިސްޓް
ހަދަން ޖެހޭ ގޮތަކީ ހުރިހާ ދާއިރާއެއް އުވާލުން. މަހުޖަނު ވެސް ދުއިސައްތަ މީހުން އުޅޭ ރަށްރަށް ގަނެލައިގެން ދަނީ މި ނިޒާމްގައި. ދެން މަޖިލިސްގެ މެންބަރުންގެ އަދަދަކީ 50 ކަމަށް ކަނޑައަޅައި އެ 50 މީހުން ހޮވަން، މިހާރު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ރައީސުލް ޖުމްހޫރިއްޔާ ހޮވަން އެއްބަޔަކަށް ވޯޓުލާ ގޮތަށް ހުރިހާ ރައްޔިތުން އެއް ބަޔަކަށް ވޯޓު ލާންވީ. އެބަޔަކީ ޕާޓީތަކުން ނެރެފައި އޮންނަ ޕާޓީ ލިސްޓް. ޕާޓީއަށް މުޅި ރާއްޖޭން ވޯޓު ލިބޭ ނިސްބަތުން ޕާޓީއަށް ގޮނޑި ކަށަވަރު ވާނީ. 5 އަހަރަށް އެ ޢަދަދަށް ގޮނޑީގެ ޢަދަދު ބަދަލްނުވެ އެ ޕާޓީއަކަށް އޮންނާނެ. އެ ގޮނޑިތަކަށް ޕާޓީތަކުން އެ މީހުންގެ މެންބަރުން ގޮތުގައި ކަނޑައަޅާ ބަޔަކު މަޖިިލިސްގައި ތިބޭނީ. ވަގު ހަދައިފިނަމަ ޕާޓީން އެ މީހާ މަޖިލިސުން ވަކިކޮށް އަނެއް މީހާ ލައި މި ގޮތަށް ކުރިޔަށް ދާނީ. މިހާރު ގޮތަށް ގޮނޑި ސޭލް އަޅުވައިގެން 5 އަހަރަށް ހިނގާ މީހެއް ގޮތުގައި އެ މީހަކަށް ނޫޅެވޭނެ އޭރުން. ދެން ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީއާއި ޕްރައިމަރީތަކުން އެ ޕާޓީއަކުގެ މެންބަރުން ނިންމާނީ. އެ ޕާޓީއެއްގެ މެންބަރުން ބޭނުންވީމަ ރިކޯލް ވޯޓު ވެސް ނެގޭ ގޮތަށް. މިސާލަކަށް މަގޭ ޕާޓީގެ އެވެނި މީހާ ޕާޓީގެ ސިޔާސަތު ނުހިންގާ ނުވަތަ މަޖިލިސަށް ހާޒިރު ނުވެ ނުވަތަ މަހުޖަނާއި ނުވަތަ ސަރުކާރާއި ޑީލް ހަދައިގެން އަމިއްލަ ފައިދާއަށް އުޅޭނަމަ މަގޭ ޕާޓީގެ މެންބަރުން އެ މީހަކު މެންބަރު ކަމުން ވަކި ކުރެވޭ ގޮތަށް. ރިކޯލް ވޯޓް ނެގުން ލާންވީ ޕާޓީގެ ތެރެއަަށް.
ޑިމޮކްރެޓްޒާ
އަހުމަދު
ސްމޭޝް ފުވައްމުލައް
7 މާރިޗު 2024
12:33
މަޖުލިސް މެމްބަރުންގެ އަދަދު މަދުކުރަން ޖެހޭ
މަޖުލިސް މެމްބަރުން މަދުކުރުމަކީ ވަރަށް ގިނަ ގޮތްގޮތުން ގައުމަށް ފައިދާ ހުރި ކަމެއް.މިހާރު މެމްބަރު އިންތިޚާބު ވުމަށް ބޭނުންވާ 1ހާސް ނުވަތަ 500ހާ ރައްތިރުންގެ ވޯޓު އަކީ މާކުޑަ އަދދެއް، ދުނިޔޭގެ ހުރިހާ ގައުމެއްގެ ނިސްބަތުން ބެލިޔަސް.އެއިގެ ސަބަބުބް އިންތިޚާބުވާ ބޭނުންވާ ވޯޓަށް ކުރާ ނޭދެވޭ އަސަރު ބޮޑު. - އާއިޅި ވޯޓު، ރައްޓެހިންގެ ވޯޓުން މެމްބަރުން އިންތިާޚާބުވާތީ، ގުޑްގަވާނެނެސް ރާއްޖޭގައި ތަންފީޒުކުރުމަށށްމިތިބީ ދަތިވެފައި.އަދަދު މަދުކުރޭ! ކޮންމެ މެމްބަރަކަށް ވޯޓުލާން މެމްބަރުންގެ އަދަދު 5000-10000 އާއި ދެމެދަށް ހަދަން ފެނޭ.
ލުތުފީ
7 މާރިޗު 2024
12:13
ތާރީޚުގެ ތެރެއިން މެމްބަރުންގެ އަދަދު
ތާރީޚުގެ ތެރެއިން މަޖިލިސް މެމްބަރުންގެ އަދަދު:
1968 - 54 މެމްބަރުން
- ރައީސް އައްޔަންކުރައްވާ 8 މެމްބަރުން
- ކޮންމެ އަތޮޅަކުން 2 މެމްބަރުން (19 އަތޮޅުން 38 މެމްބަރުން)
- މާލެއިން 8 މެމްބަރުން
1951 - 34 މެމްބަރުން
- ރަދުން އައްޔަންކުރައްވާ 6 މެމްބަރުން
- ރައްޔިތުން އިންތިޚާބުކުރާ 19 މެމްބަރުން
- ތިލަދުންމަތިން 2 މެމްބަރުން
- ހުވަދު އަތޮޅުން 2 މެމްބަރުން
- ފުވައްމުލަކުން 1 މެމްބަރު
- ދެން އޮތް 14 އަތޮޅުން 14 މެމްބަރުން
- މާލެ އިން 8 މެމްބަރުން
- ވިޔަފާރިވެރިން އިންތިޚާބުކުރާ 1 މެމްބަރު
އަލްސީނާ
7 މާރިޗު 2024
12:09
މަޖިލިސް- ޑިމޮކްރަސީގެ ކިއްލާ
ތިޔަ ކަމަށް ދިވެހިން ކުރާ ވަކާލާތަކީ ޑިމޮކްރަސީގެ ފަލްސަފާ ނުދަންނަ ދިވެހިން ދައްކާ ވާހަކައެއް. ދިވެހިން ހީކުރަނީ މަޖިލިސް ކަމަށް މައްސަލަޔަކީ. އެކަމަކު ރާއްޖޭގައި މިހާރު މިހިރަ މައްސަލަތަކަކީ ރިޔާސީ ނިޒާމްގައި މައުމޫނު ޒަމާނުއް ސުރެ ހުރި މައްސަލަތައް. އަދި މަޖިލިސް ކުޑަ ކުރުމަކީ މިހާރު މިހިރަ މައްސަލަތައް ހައްލުވާނޭ ކަމެއް ނޫން. ދިވެހިން ހަދާން ނެތިފައިވަނީ މި ފަދަ ޑިމޮކްރެޓިކް މަޖިލިސް ނެތް އިރު މިނިވަންކަން ނެތް އިރު އޭރުގެ ޑިކްޓޭޓަރުން ރައްޔިތުންގެ މުދާ ފޭރި ތަރައްގީ ހުއްޓިފައި އޮތް އޮތުން. ކޮންމެ ސިފައެއްގައި ވެސް އެ މަޖިލިސް އޮތުމަކީ މި ޑިމޮކްރެޓިކް ނިޒާމް ސަލާމަތް ކުރެވޭނޭ މަގަކީ. ނުކިޔަވާ ނުވަތަ އަދަބު އަޚްލާޤެއް ނެތް މީހުން ނުވަތަ ދެރަ މީހުނާއި ނިކަމެތިން ވެސް އެ މަޖިލިސްގައި ތިބެގެން ނުވަތަ ރައްޔިތުންގެ ވޯޓުން ހޮވިގެން އެ ފަދަ މަޖިލިސެއް އޮތުމަކީ އިހުގެ އަނިޔާވެރި ކަމާއި މިނިވަން ނެތުމާއި މިހިރަ ކަންކަމުން މިހާރު ސަލާމަތްވެގެން މި ތިބެވޭ ތިބުމުގެ ސަބަބަކީ. މިހާރު މި އަންނަ ވަރަށް ތަރައްގީ އަންނަ ސަބަބަކީ. މިހާރު ގޯއްޗާއި ފްލެޓް ވެސް ބްރިޖް ވެސް ލިބޭ ނޫން ތޯއެވެ. މަޖިލިސަށް ހޮވޭ މީހުން ޚިޔާނާތް ވުމާއި ޢިލްމު ނެތުމާއި މި ކަންތަކީ އެ މަޖިލިސް އުވާލާން ނުވަތަ ކުޑަ ކުރާން ޖެހޭ ސަބަބެއް ނޫން. އެ މަޖިލިސަށް ހޮވޭ މީހުން ރަގަޅު ކުރުމާއި ރަގަޅު މީހުން ހޮވުމާއި މަޖިލިސް އެކުލެވޭ ގޮތް ބަދަލް ކުރުމާއި ތަމްސީލް ކުރެވޭ ގޮތް ބަދަލް ކުރުމާއި މިހިރީ ކުރާން ޖެހޭ ކަންތަކީ. މަޖިލިސް ކުޑަ ކުރުމަކީ ރައްޔިތުންގެ ބައިވެރިކުރެވުން ކުޑަ ކުރުން، ތަމްސީލްކުރެވުން ކުޑަ ކުރުން، ޑޮމޮކްރަސީ އުވުން. ކުރާން ވީ ކަމަކީ މަޖިލިސަށް މޮޅުު މީހުން ހޮވުމާއި ކޮރަޕްޝަން ނައްތާލުމާއި މުސާރަތައް އެކަށީގެންވާ ކުޑަ މިންވަރަކަށް ބަދަލް ކުރުން. މަޖިލިސް ބޮޑުކުރުމުން އެކެއްގެ އަތުގައި ހުރިހާ ބާރެއް އޮންނަ ރިޔާސީ ނިޒާމްގައި ވެރިކަމުގެ ފަރާތުން މި ހިންގާ ކޮރަޕްޝަނާއި ހުދުމުޚްތާރުކަމާއި ކުޑަ ކުރެވި ރަގަޅު ގުޑް ގަވަރނެންސގެ ނިޒާމަކާއި ދިމާށް ދެވޭނީ.. މަޖިލިސް މިހާރު އޮތް މިންވަރަށް ވުރެންވެސް ބޮޑު ކުރުމަކީ (އެކި ގޮތް ގޮތުން ތަމްސީލް ކުރެވޭ މާ ބޮޑު މަޖިލިސަކަށް އެ މަޖިލިސް ހެދުމަކީ) މި ވަގުތުގެ ނޭއްގާނީކަމާއި ކޮރަޕްޝަނާއި މަޑު ސްޕީޑާއި ނިޒާމް ސްލޯ ވުމާއި އަނިޔާވެރިކަމާއި ޚުދްމުޚްތާރުކަމާއި އިންސާފް ނެތުމާއި މިހިރަ ކަންކަމުގެ ހައްލަކީ.