އެންޒީގެ އާ އުފެއްދުން 'ބޮލުމަސް': މިއީ މަހުގެ ބޮލުގެ ބައިތައް ހިމެނޭ ފުރަތަމަ މަސްދަޅު (ފޮޓޯ/ދައުރު)
އެންޒީއިން މަހުގެ ބޮލުގެ ބައިތައް ހިމެނޭ މަސްދަޅެއް ބާޒާރަށް ނެރެފި
މުހިންމު ނުކުތާތައް
ތެލުގައި ބަންދުކޮށްފައިވާ ބޮލުގެ ބައިތައް ވަގުތުން ކާ ލެވޭނެ
މަސްދަޅުގެ ރަހަ ބެލުން އެފް އެންޑް ބީ އެކްސްޕޯގައި އޮންނާނެ
އެންޒީގެ ފިހާރަތަކުން މިއަދުން ފެށިގެން މި މަސް ދަޅު ވެސް ލިބޭނެ
ކަނޑުމަހުގެ ބޮލުގެ ބައިތައް ހިމަނައިގެން ރާއްޖޭގައި ތައްޔާރުކުރި ފުރަތަމަ މަސްދަޅު، އެންޒީއިން މިއަދު ބާޒާރަށް ނެރެފި އެވެ.
ވީ ކިހިނެއް؟- 'ބޮލުމަސް"ގެ ނަމުގައި އުފެއްދި މި އާ މަސްދަޅު ބާޒާރަށް ނެރުނީ، މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކްގައި ފެށި އެފް އެންޑް ބީ އެކްސްޕޯގައި، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އޭނާއާ މަސްދަޅު ހަވާލުކޮށްދެއްވީ އެންޒީގެ މައި ކުންފުނި އެންސިސްގެ އެއް ޑައިރެކްޓަރު އަބްދުﷲ ސައީދެވެ.
ތަފްސީލު - އެންޒީއިން ބުނީ ގިނަ ބައެއްގެ ތަރުހީބާ އެކު އެ ކުންފުނިން މި މަސްދަޅު ނެރުނީ މަހުގެ ބޮލުގެ ބައިތައް ކަމުދާ މީހުންނަށް ހާއްސަކޮށްގެން ކަމަށެވެ.
"މިއީ ހަމަ ވަގުތުން ފަސޭހަކަމާ އެކު ކާލެވޭ ގޮތަށް ތެލުގައި އުފައްދާފައިވާ މަސް ދަޅެއް،" އެންސިސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެންޒީއިން އިތުރަށް ބުނީ:
-
މި ހަފްތާ ތެރޭގައި އެންޒީގެ ހުރިހާ ފިހާރައަކުން މި މަސްދަޅު ގަންނަން ލިބޭނެ
-
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވާ އެފް އެންޑް ބީ އެކްސްޕޯގައި މަސްދަޅު ރަހަ ބެލުމުގެ ފުރުސަތު އޮންނާނެ
ބޮލުގެ ބައިތައް ހިމެނޭ ފުރަތަމަ މަސްދަޅު
އެންސިސްގެ އެންޒީ ބްރޭންޑުން އެންމެ ފަހުން މި ނެރުނީ 'ބޮލުމަސް'. މިއީ މަހުގެ ބޯ ކާން ބޭނުން މީހުންނަށް ވަރަށް ހާއްސަ އުފެއްދުމެއް
މަސް ދަޅު ބަންދުކުރާ ފެކްޓަރީއެއް ހުޅުމާލޭގައި ހިންގަމުން އަންނަ އެންސިސްގެ އެންޒީ ބްރޭންޑްގެ ގިނަ އުފެއްދުންތަކެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާރު ވެސް ވަނީ ބާޒާރަށް ނެރެފަ އެވެ. މިހާރު ވެސް ތަފާތު ހަތަރު ވައްތަރެއްގެ މަސް ދަޅު އެންޒީއިން ވިއްކަ އެވެ. އޭގެ ތެރޭގައި 'ވަޅޯމަސް ތެލުގައި'، 'ޓޫނާ ގިތެޔޮމިރުސް ސޯސް'ގައި، 'ކަނޑުމަސް ތެލުގައި' އަދި 'ކަންނެލި ބަނޑު ތެލުގައި' ހިމެނެ އެވެ.
ފެކްޓަރީ ހުޅުވިތާ ދެ އަހަރު ވީ އިރު އެންޒީ ބްރޭންޑްގެ ތެރެއަށް އިތުރުވާ އާ އުފެއްދުންތަކަށް އާންމުންގެ ޝައުގުވެރިކަން ވެސް ވަރަށް ބޮޑު ކަމަށް، އެންސިސްއިން ބުންޏެވެ.
އިތުރަށް ކިޔާލަން: