ބީއެމްއެލްގެ ޑޮލަރު އިންވެސްޓްމަންޓް ޕޫލް ތައާރަފްކުރުމަށް ބޭއްވި ހަފްލާ (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

ބީއެމްއެލް

އިންވެސްޓުމެންޓު ތައާރަފު ކުރީ ޑޮލަރު މައްސަލައަށް ހައްލެއް ހޯދަން: ޝަރީފް

ބޭންކުން މިއަދު ވަނީ އެ ބޭންކުގެ ކަސްޓަމަރުންގެ ޑޮލަރު އިންވެސްޓު ކުރުމުން %25އާ ހަމައަށް ރުފިޔާއިން ފައިދާ ލިބޭ އިންވެސްޓުމެންޓު ހިދުމަތްތަކެއް ނުވަތަ ފޮރެކްސް ޓްރޭޑިންގެ ހިދުމަތެއް ތައާރަފުކޮށްފައި
3 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފު ކުރި އިންވެސްޓުމެންޓު ޕްރޮޑަކްޓަކީ ޑޮލަރުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭންކުން ބޭއްވި 'ޗެޓު ވިތު ސީއީއޯ' އިވެންޓުގައި ޝަރީފް ވިދާޅުވީ މިއަދު ތައާރަފު ކުރި ހިދުމަތަކީ ކަސްޓަމަރުންގެ އިތުބާރާ އެކު ކުރިއަށް ގެންދެވޭނެ ހިދުމަތަކަށް ވާނެ ކަމަށެވެ.

ބީއެމްއެލްގެ ޑޮލަރު އިންވެސްޓްމަންޓް ޕޫލް ތައާރަފްކުރުމަށް ބޭއްވި ހަފްލާ (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

ތަފްސީލް - ބީއެމްއެލް އިން ދޫކޮށްފައިވާ ކްރެޑިޓް އަދި ޑެބިޓް ރުފިޔާ ކާޑުން ރާއްޖޭން ބޭރުން ކުރާ މުއާމަލާތްތައް ވަނީ ފަސް އަހަރު ތެރޭ ގާތްގަނޑަކަށް 4 ގުނަ އިތުރުވެފަ އެވެ.

ބޭންކަށް ލިބޭ ޑޮލަރަށް ވުރެ ވިއްކާ އަދަދު އިތުރުވުމުގެ ސަބަބުން ރުފިޔާ ކާޑުން ކުރެވޭ ބޭރު ފައިސާގެ މުއާމަލާތްތައް ލިމިޓުކޮށްފައިވާއިރު، ޝަރީފް ވިދާޅުވީ މަސައްކަތް ކުރަނީ ޑޮލަރު ލިބޭނެ އިތުރު ގޮތްތައް ހޯދާ، މިހާރު ހުރި ލިމިޓުތައް އުވާލުމަށް ކަމަށެވެ. އެގޮތުން:

  • މިހާރު މަހެއްގެ މައްޗަށް ބީއެމްއެލް ކާޑުތައް މެދުވެރިކޮށް 39.3 މިލިއަން ޑޮލަރު ބޭރުވޭ؛ މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު %267 އިތުރު އަދަދެއް

  • ކާޑު މުއާމަލާތްތަކަށް ވިއްކާ ޑޮލަރުގެ %65 ވިއްކަނީ އީކޮމާސް ސައިޓުތަކަށް

ޝަރީފް ވިދާޅުވީ ޑޮލަރުގެ މުއާމަލާތްތައް ލިމިޓުކޮށް، ބައެއް ވެބްސައިޓުތަކުން %30އާ ހަމައަށް ފީއެއް ނަގަން ފެށީ ވެސް އެ މުއާމަލާތްތައް މަދުކުރުމަށް ނަމަވެސް ކަސްޓަމަރުން ބޭނުންވަނީ އެ ޓްރާންސެކްޝަންތައް ހިންގޭނެ ގޮތެއް ކަމަށެވެ.

ބީއެމްއެލްގެ ޑޮލަރު އިންވެސްޓްމަންޓް ޕޫލް ތައާރަފްކުރުމަށް ބޭއްވި ހަފްލާ (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
ބީއެމްއެލްގެ ޑޮލަރު އިންވެސްޓްމަންޓް ޕޫލް ތައާރަފްކުރުމަށް ބޭއްވި ހަފްލާ (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

ބޭންކުން މިއަދު ވަނީ އެ ބޭންކުގެ ކަސްޓަމަރުންގެ ޑޮލަރު އިންވެސްޓު ކުރުމުން %25އާ ހަމައަށް ފައިދާ ލިބޭ އިންވެސްޓުމެންޓު ހިދުމަތްތަކެއް ނުވަތަ ފޮރެކްސް ޓްރޭޑިންގެ ހިދުމަތެއް ތައާރަފުކޮށްފަ އެވެ.

"މިއަދު މި ތައާރަފު ކުރާ ޕްރޮޑަކްޓަކީ އިތުރު ފަރާތެއް ބޭރުގެ ނެޓްވޯކަށް ފައިސާ ދައްކަން އަޅުގަނޑުމެން ޑޮލަރު ގަންނަން ޖެހޭއިރު އެ ޑޮލަރު އިންވެސްރުކުރާނެ ބަޔަކު ހޯދަން،" އެ ހިދުމަތާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ކަޅުބާޒާރު ނޫން ގޮތަކަށް ޑޮލަރު އިންވެސްޓުކޮށްގެން ފައިދާ ލިބޭނެ ފަސޭހަ ގޮތްތައް ހުރުމަކީ ބޭންކާއި އެ ބޭންކުގެ ބޮޑެތި ކަސްޓަމަރުންނާ އެކު އޮންނަ ގުޅުމާ އެކު ކުރިއަށް ދެވޭނެ ގޮތެއް ކަމަށެވެ.

"އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ކަސްޓަމަރުން ބައިވެރިވެ، އޭގެ ސަބަބުން މި ޓްރާންސެކްޝަންތައް ފުޅާވެ ކުރިއަށް ދިޔުން ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ.

"އެހެން ދެއްތޯ ލޯނު ދިނުމުގެ ކަންތައް ވެސް މި އޮންނަނީ. އަޅުގަނޑުމެންގެ ކަސްޓަމަރުން އަޅުގަނޑުމެންނާ ބައިވެރިވެ، އެ ބޭފުޅުންގެ ޑިޕޮސިޓުތައް ބަހައްޓައިގެން އެއިން ލޯނުގެ ހިދުމަތް ވެސް ފުޅާ ކުރެވެނީ. އެގޮތަށް ކުރެވޭނެ ވިޔަފާރިއަކަށް މިކަންތައް ފުޅާވެގެން ދިޔުން [އުއްމީދަކީ]."

ބީއެމްއެލްގެ ޑޮލަރު އިންވެސްޓްމަންޓް ޕޫލް ތައާރަފްކުރުމަށް ބޭއްވި ހަފްލާ (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

މިއީ ދުނިޔޭގެ އެހެން ބޭންކުތަކުން ވެސް ކުރަމުން އަންނަ ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭންކު މެދުވެރިކޮށް ކުރާ ފޮރެކްސް ޓްރޭޑިންގެ މުއާމަލާތްތައް ހުންނާނީ ގަވަނަންސް އުސޫލުތަކާއި ރިސްކު މެނޭޖުމެންޓު އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

"މި ކަންތައްތަކަކީ ކަސްޓަމަރުން އިތުބާރު ކުރާ ކަމަކަށް، ބޭންކަށް ކުރާ އިތުބާރާއެކު ދާނެ ކަމަށް އުއްމީދު ކުރަނީ،" ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކަސްޓަމަރުންގެ އިތުބާރު ލިބިގެން މުޅި މުޖުތަމައަށް ފައިދާ ލިބޭނެ ޕްރޮޑަކްޓަކަށް ވާނެ ކަމަށް އުއްމީދު ކުރަނީ."

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް