ސްޓެލްކޯގެ އިމާރާތް ތެރޭގައި ބަހައްޓާފައި ހުރި ތެޔޮ ފީފާ ތަކެއް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ތެޔޮ

ރާއްޖެއިން މިހާރު ތެޔޮ ގަންނަނީ ކޮން ގައުމުތަކަކުން؟

ރާއްޖެއިން ތެޔޮ ގަންނަން އެންމެ ބޮޑަށް ބަރޯސާވަނީ އޮމާންއަށް

ޗައިނާއިން ރާއްޖެއަށް ތެޔޮ ބޭރުކުރަން އެ ގައުމުގެ ކުންފުނިތަކަށް ހުއްދަ ދީފައިވާކަން ރޮއިޓާސްއިން ދާދި ފަހުން ވަނީ ހާމަކޮށްފަ އެވެ. އީރާން ހަނގުރާމައިގެ ސަބަބުން ތެލުގެ ތާށިކަމެއް އަތުވެދާނެތީ އިންޑިއާއިިން ތެޔޮ ގަތުމަށް ވެސް ރާއްޖެއިން މަޝްވަރާކުރިކަން އެ ގައުމުގެ ހާރިޖިއްޔާއިން ވަނީ ހާމަކޮށްފަ އެވެ. 

މިހާރު ރާއްޖެއިން ތެޔޮ އެތެރެކުރަނީ ކޮން ގައުމުތަކަކުން ހެއްޔެވެ؟ 

ތެޔޮ ހޯދުމުގައި ބަރޯސާވަނީ އޮމާނަށް

ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ތެލުގެ ސަޕްލައި މައިގަނޑު ގޮތެއްގައި ބަރޯސާވެފައި އޮތީ އެންމެ ގައުމަކަށެވެ. އެއީ އޮމާން އަށެވެ. 

ކަސްޓަމްސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ އަދި ފެބުރުއަރީގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރީ ޑީސަލް އެވެ. މިއީ މުޅި ތެލުގެ އިމްޕޯޓުގެ %76.6 އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން:

  • 126،766 ޓަނުގެ ޑީސަލް އެތެރެކޮށްފައިވާއިރު، މީގެ އަގު 1.34 ބިލިއަން ރުފިޔާ

ޕެޓްރޯލާއި ޑީސަލް އެތެރެކުރި މިންވަރު

ޑީސަލްއަކީ ރާއްޖޭގެ ރަށްރަށުގައި ކަރަންޓު އުފެއްދުމަށާއި ކަނޑުދަތުރުފަތުރުގެ ނިޒާމު ހިންގުމަށް އެންމެ މުހިންމު ވަސީލަތެވެ.

ޑީސަލް އެތެރެކުރާ މައިގަނޑު ގައުމުތައް:

  • އޮމާން: 83،986 ޓަނު (ޖުމްލަ ޑީސަލްގެ ތިންބައިކުޅަ ދެބައި)

  • މެލޭޝިއާ: 23،021 ޓަނު

  • ޔޫއޭއީ: 12،060 ޓަނު

  • ސިންގަޕޫރު: 7،700 ޓަނު

ޕެޓްރޯލާއި ޖެޓް ފިއުލް

ދެވަނައަށް އެންމެ ގިނައިން އެތެރެކުރާ ޕެޓްރޯލް، މުޅި އިމްޕޯޓުގެ %14.8 ހިއްސާކުރާއިރު، 24،476 ޓަނުގެ ޕެޓްރޯލް އެތެރެކުރަން ވަނީ 261 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެގޮތުން:

  • ޕެޓްރޯލްގެ ވެސް %60.8 އެތެރެކުރަނީ އޮމާނުން

  • ދެން އެންމެ ގިނައިން ޕެޓްރޯލް ގެންނަނީ ސިންގަޕޫރު، މެލޭޝިއާ އަދި ޔޫއޭއީން

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާވެފައި އޮތް ނަމަވެސް، ޖެޓް ފިއުލްގެ ގޮތުގައި އެތެރެކޮށްފައިވަނީ 14،350 ޓަނެވެ. މިއީ މުޅި ތެލުގެ އިމްޕޯޓުގެ %8.7 އެވެ. އެގޮތުން، 160 މިލިއަން ރުފިޔާގެ ޖެޓް ފިއުލް އެތެރެކޮށްފައިވާއިރު، މީގެ ބޮޑު ބައެއް ކަމަށްވާ %98.3 ގެނެސްފައިވަނީ އޮމާނުންނެވެ.

ޖެނުއަރީ-ފެބުއަރީ 2026 އަށް ރާއްޖެއަށް ތެޔޮ އެތެރެކުރި މިންވަރާއި ބާވަތްތައް

މެލޭޝިއާއިން ގެނެސްފައިވަނީ އެންމެ 246 ޓަނެވެ.

ބަންކަރިންއަށް ބޭނުންކުރާ ތެޔޮ 

އާންމުކޮށް ބޭނުންކުރާ ތެލުގެ އިތުރުން، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގައި ބޯޓުފަހަރަށް ތެޔޮ އެޅުމަށް (ބަންކަރިންއަށް) ބޭނުންކުރާ 'ވެރީ ލޯ ސަލްފާ ފިއުލް އޮއިލް' (ވީއެލްއެސްއެފްއޯ) ވެސް ރާއްޖެއަށް ވަނީ އެތެރެކޮށްފަ އެވެ. އެގޮތުން:

  • ޖުމްލަ 140 މިލިއަން ރުފިޔާ ހޭދަކޮށްގެން އެތެރެކުރި މި ތެޔޮ މައިގަނޑު ގޮތެއްގައި ގެނެސްފައިވަނީ ދެ ގައުމަކުން 

  • އެއީ ޕާކިސްތާނުން 8،055 ޓަނު އަދި ޔޫއޭއީން 8،039 ޓަނު

ޕެޓްރޯލާއި އެތެރެކުރި މިންވަރު
ޖެޓް ފިއުލް އެތެރެކުރި މިންވަރު

ރާއްޖެ ބަރޯސާވަނީ ކޮން ގައުމުތަކަކަށް؟

މި ތަފާސްހިސާބުތަކުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމުގައި އޮމާންގެ ބޮޑު ހިއްސާ އެވެ. މައިގަނޑު ތިން ބާވަތުގެ ތެޔޮ އެންމެ ގިނައިން ގެންނަނީ އެ ގައުމުންނެވެ. މީގެ އިތުރުން:

  • މެލޭޝިއާ، ޔޫއޭއީ އަދި ސިންގަޕޫރު ހިމެނޭހެން، ރާއްޖޭގެ ތެލުގެ ސަޕްލައި ޗެއިން މުޅިން ކަހަލަ ގޮތަކަށް ބިނާވެފައި އޮތީ މި ހަތަރު ގައުމުގެ މައްޗަށް

އޮމާނުން ތެޔޮ އެތެރެކުރި މިންވަރު

މިއީ ސަރަހައްދީ ރިފައިނަރީތަކާއި ވިޔަފާރީގެ ހަބުތައް މެދުވެރިކޮށް ރާއްޖެއިން ވަރަށް ރޭވުންތެރިކަމާ އެކު މެނޭޖުކުރަމުން އަންނަ ސަޕްލައި ޗެއިނެއް ކަމަށް ބުނެވިދާނެ އެވެ. 

ކޮމެންޓް (5)

ޓެޔޮ

7 މޭ 2026
''ރާއްޖެއިން މިހާރު ތެޔޮ ގަންނަނީ ކޮން ގައުމުތަކަކުން؟'' ރާއްޖެއިން ބޭރުން ކަމައް މަ ހީކުރީ؟1!!
0 0

އަމާބެ

5 މޭ 2026
ފޮޓޯގައި އެވަނީ ތެޔޮފީފާ ތަކެއްނޫން. ތެޔޮހުސްކޮށްފައި ހުރި ފީފާ ތަކެއް.
0 0

ބަހާރަތު

3 މޭ 2026
އެއްގޮތަކަށްވެސް ބީޖޭޕީން ތެޔޮ ގަންނާނެ ކަމެއް ނެތް. އެމީހުން ރަޝިޔާއަތުން ވަރަށް ބޮޑު ޑިސްކައުންޓެއްގަ ގަނެފަ ރާއްޖޭއަށް ނުއަގުގަ ވިއްކަން ހިފާފަ އެތިބެނީ. ޗައިނާއިން ގަނޭ އެމީހުންގެ ހަމައަގުގަ އެބަ ތެޔޮ ވިއްކާ. ރާއްޖޭން ދެން ބަލަންވީ ސީދާ ޕާކިސްތާނުން(އިރާނުގެ) ތެޔޮ ގަނެވޭތޯ
3 2

ފަރަން

3 މޭ 2026
@ބަހާރަތު އެއީ ބީޖޭޕީ އެއް ނޫން. އެއީ އިންޑިޔާ. މާދަމާވެސް އެމީހުންގެ ވެރިކަން ވެއްޓިދާނެ.
0 0

ބޖޕ. ޒިންދާބާޑް

7 މޭ 2026
@ބަހާރަތު ޙަބަރުދާރު..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް