ރައީސް މުއިއްޒު ފިއްލަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ޓޫރިޒަމް ބިންތައް ތަރައްގީކުރަން ކުޑަ އިންޓްރެސްޓުގައި ލޯނެއް ތައާރަފުކުރަނީ

ސަރުކާރުން އިސްނަގައިގެން ފިނޭންސް މިނިސްޓްރީން ބީއެމްއެލްއާ އެކީގައި މަޝްވަރާކޮށް ނިންމުންތަކެއް ނިންމުމާ ގާތް ވެފައިވާ ކަމަށް ރައީސް ވިދާޅުވި؛ މަޝްވަރާ ކުރަނީ މިހާރު ދޫކުރާ ލޯނަށް ވުރެ %3 ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޭން

ޓޫރިޒަމް ތަރައްގީކުރަން ދޫކޮށްފައިވާ ބިންތައް ތަރައްގީ ކުރަން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރަން ސަރުކާރުން އެ ބޭންކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު އެ އަތޮޅު ފިއްލަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރަށުގެ އިގްތިސޯދީ ތަރައްގީއަށް ޓޫރިޒަމް މުހިއްމު ކަމަށެވެ.

ހއ. ފިއްލަދޫ މަގެއްގެ މަތި: މިއީ ރާއްޖޭގެ އުތުރުން އެންމެ ބޮޑު އެއް ރަށް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ތަފްސީލް - ފިއްލަދޫ އަކީ ބިން ބޮޑު ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގެ އިގްތިސޯދީ ތަރައްގީއަށް ޓޫރިޒަމް ފުޅާކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ:

  • ފިއްލަދޫގައި ޓޫރިޒަމް ތަރައްގީކުރަން ދޫކޮށްފައިވާ އަދި އެގްރިމެންޓު ހެދުމުގެ މަރުހަލާފައިވާ ބިންތައް ހެދޭނެ ގޮތް ފަހިކޮށްދޭން ސަރުކާރުން ބޭނުންވޭ

"އާންމުކޮށް ބޭންކިން ނިޒާމުގެ ތެރޭން [ލޯނު] މި ލިބޭ ޓާމްސްތަކުގައި ލޯނު ނަގައިގެން އެ ތަންތަން ހަދަން މިހާރު އޮތް ގޮތަށް ބަލާއިރު ދޫކޮށްލާފައި ބާއްވަންޏާ ވަރަށް ލަސްވާނެ އެ ތަންތަން ތަރައްގީވާލެއް. އެހެންވީމަ ސަރުކާރުން އިސްނަގައިގެން ފިނޭންސް މިނިސްޓްރީން ބީއެމްއެލްއާ އެކީގައި މަޝްވަރާކޮށް ނިންމުންތަކެއް މިހާރު ނިމުމާ ހަމައަށް އަސްފައިވާ ކަމަކީ މި ދެންނެވި ގޮތަށް މި ރަށުގައި މި ލިބިފައި ހުރި ބިންތައް ކައުންސިލްގެ ފަރާތުން މި ދޫކުރާ ބިންތައް ނަގާ ފަރާތްތަކަށް ވަރަށް ފަހިވާނެ ފުރުސަތެއް،" ރައީސް ވިދާޅުވި އެވެ.

"އާންމުކޮށް މިގޮތަށް ކޮމާޝަލް ޕްރޮޖެކްޓުތަކަށް ލޯނު ދޫކުރާ ވަރަށް ވުރެ އިންޓްރެސްޓު ރޭޓު ކުޑަކޮށް، ފިނޭންސް މިނިސްޓަރު އަޅުގަނޑަށް ދެންނެވީ މިހާރު ދޫކުރާ ވަރަށް ވުރެ %3 ކުޑަވާނެ ކަމަށް. އިންޓްރެސްޓު ރޭޓު ކުޑަކޮށް ދޫކުރާ ލޯނުތަކެއް ދޫކުރުމުގެ ކަންތައްް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ވާހަކަ ދަންނަވަން. އޭރުން  އިރާދަކުރެއްވިއްޔާ މި ބިންތައް ހެދިގެން ޓޫރިޒަމް ތަރައްގީކުރެވޭނެ."

ރައީސް ވިދާޅުވީ ހދ. ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމަކާ ކައިރިވާއިރު، އެ ތަން ފީޒިބަލް ކުރުމަށް އުތުރުގެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީ ކުރުން މުހިއްމު ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް