ފުޑް ކާނިވަލުގައި ހުންނަ ބީއެޗްއެމްގެ ސްޓޯލު (ފޮޓޯ/ފުޑް ކާނިވަލް)

ފުޑް ކާނިވަލުން ބީއެޗްއެމް އިން ވިއްކާ ބްރޭންޑުތައް ހާއްސަ އަގެއްގައި

ފުޑް ކާނިވަލުގައި ހުންނަ ބީއެޗްއެމްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން އެކި ބްރޭންޑުތަކުގެ ކާބޯތަކެތިން ރަހަ ބަލައިލުމުގެ ފުރުސަތު ވެސް އޮންނާނެ

މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މޯލްޑިވްސް ފުޑް ކާނިވަލުގައި ހުންނަ ބީއެޗްއެމް ޓްރޭޑާސްގެ ސްޓޯލުން އެ ފިހާރައިން ވިއްކާ އެކި ބްރޭންޑުތައް ހާއްސަ އަގުތަކެއްގައި ލިބޭނެ އެވެ.

ވީ ކިހިނެއް؟ - އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފުޑް ކާނިވަލުގައި ހުންނަ ބީއެޗްއެމްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން އެކި ބްރޭންޑުތަކުގެ ކާބޯތަކެތީގެ ރަހަ ބަލައިލުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ފުޑް ކާނިވަލުގައި ހުރި ބީއެޗްއެމްގެ ސްޓޯލް

ތަފްސީލް - ބީއެޗްއެމްގެ އޮފިޝަލަކު ވިދާޅުވީ އެ ފިހާރައިން ވިއްކާ ޖޫލީސް، ސިމަރީ އަދި ސުޕަ ރޭންޖުގެ ހުރިހާ އުފެއްދުމެއް ފުޑް ކާނިވަލުން ލިބޭނެ ކަމަށެވެ.

އެގޮތުން:

  • ޖޫލީސް ބްރޭންޑުގެ ރަހަމީރު ބިސްކޯދާއި ސްނެކްސްގެ އެކި ފްލޭވާތައް ލިބޭނެ. އޭގެ ތެރޭގައި ޗޮކޮލެޓް، ޗޮކޯ ޗިޕް، ޗޮކޯ މޯ، އޯޓްސް، ޕީނަޓް ބަޓާ، ޑާކް ޗޮކޯ ވެނީލާ އަދި ލެމަން ހިމެނޭ

  • ސިމަރީ ބްރޭންޑުގެ ދިޔާ ކިރުގެ ބޮޑެތި ޕެކެޓާއި ކުދި ޕެކެޓު އަދި ޔޯގަޓު ލިބޭނެ. މީގެ ތެެރޭގައި ޗޮކްލެޓް، ހެޒްލްނަޓް، ބްލޫބެރީ ފަދަ ރަހަ މީރު އެކި ފްލޭވާތައް ހިމެނޭ

  • ސުޕަ ބްރޭންޑުގެ ރަހަ މީރު ސަޔާއި ކޮފީ އަދި ސީރިއަލްގެ އިތުރުން ހޮޓް ޗޮކްލެޓު ވެސް ލިބޭނެ

ޖޫލީސް ބްރޭންޑުގެ ބިސްކޯދުގެ އެކި ރަހަތައް ހާއްސަ އަގެއްގައި ފުޑް ކާނިވަލުގައި ހުންނަ ބީއެޗްއެމްގެ ސްޓޯލުން ލިބޭނެ

"ސާމްޕަލް ރަހަ ބަލާލުމުގެ އިތުރުން، މި ފެސްޓިވަލަށް ހާއްސަ އަގެއްގައި މި އުފެއްދުންތައް ގަންނަން ވެސް ލިބޭނެ،" ބީއެޗްއެމްގެ އޮފިޝަލް ވިދާޅުވި އެވެ.

ފުޑް ކާނިވަލް ހުޅުވާފައި ހުންނާނީ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 12 އަށެވެ. ބީއެޗްއެމްއަކީ މި ފެސްޓިވަލުގެ މެއިން ސްޕޮންސަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް