ބީއެޗްއެމްގެ އޮންލައިން ޕްލެޓްފޯމް 'ސްޓޯ.ބީއެޗްއެމް'. ޓެބްލެޓް، ސްމާޓްފޯން އަދި ޕީސީއިން ވެސް މި ޕްލެޓްފޯމް ބޭނުންކުރެވޭނެ. (ފޮޓޯ/ބީއެޗްއެމް)

ސްޓޯ.ބީއެޗްއެމް: ފިހާރައަށް ނުގޮސް ބޭނުން ތަނެއްގައި ހުރެ ބީއެޗްއެމްގެ މުދާ ގަނެވޭ ގޮތެއް

މިއީ ބީއެޗްއެމް އިން ވިއްކާ ހުރިހާ މުދަލެއް ބަލާލައި އޮންލައިންކޮށް ވިޔަފާރި ކުރެވޭ، ބޭނުންކުރަން ފަސޭހަ ޕްލެޓްފޯމެއް
1 ޑިސެމްބަރު 2022

މުހިންމު ނުކުތާތައް

މި ޕްލެޓްފޯމުން މުދަލުގެ ސްޓޮކު ހުރި މިންވަރު ފެންނާނެ

އޯޑަރު ކުރުމާ ހަމައިން ހިނގާ ހުރިހާ މަރުހަލާއެއްގެ އަޕްޑޭޓް ކަސްޓަމަރުންނަށް ލިބޭނެ

ވެބްސައިޓްގެ އިތުރުން މި ޕްލެޓްފޯމަށް ހާއްސަ މޮބައިލް އެޕްލިކޭޝަނުން ވެސް ވިޔަފާރި ކުރެވޭނެ

ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކާ އެކު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ވިޔަފާރިކުރުން އޮތީ ބޮޑު ބުރަޔަކަށް ވެފަ އެވެ. ކަސްޓަމަރުންނަށް އޭރު އޮތް ގޮތަކީ ހަފްތާ އަކު ވަކި ދުވަސްތަކެއްގައި ވިޔަފާރި ކުރަން ދާ ގޮތަށް ދޫކުރި ހުއްދަ އެކެވެ.

ލޮކްޑައުންގައި ފަސޭހަ ގޮތަކަށް ވިޔަފާރިކުރެވޭނެ ގޮތް ހޯދައިދިނުމުގެ ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި މުދާ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރާ އެއް ކުންފުނި، ބީއެޗްއެމްއިން ތައާރަފްކުރީ އޮންލައިން ވިޔަފާރި ޕްލެޓްފޯމެކެވެ. އޭރު ވަރަށް އާދައިގެ ގޮތަކަށް ފެށި ނަމަވެސް، މިހާރު 'ސްޓޯ.ބީއެޗްއެމް' އަކީ ގިނަ ފީޗާތަކާ އެކު ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަ ޕްލެޓްފޯމެކެވެ.

ސްޓޯ.ބީއެޗްއެމް ބޮޑަށް ހާއްސަކޮށްފައިވަނީ ހޯލްސޭލް ކަސްޓަމަރުންނަށެވެ. ބީއެޗްއެމްއިން ރާއްޖެއަށް އެތެރެކޮށް ވިއްކާ ހުރިހާ މުދަލެއް މި ވެބްސައިޓުން ބަލައިލެވެ އެވެ. އެކައުންޓެއް ކްރިއޭޓް ކުރުމަށް ފަހު ވެބްސައިޓުން ވިޔަފާރި ކުރެވޭއިރު، އެއް ފިހާރައަށް ވުރެ ގިނަ ފިހާރަ ހިންގާ ފަރާތްތަކަށް ވެސް މި ވެބްސައިޓުގައި އެންމެ އެކައުންޓަކުން އެކި ފިހާރަތަކަށް ވަކިވަކިން ވިޔަފާރި ކޮށްލެވޭނެ އެވެ.

ސްޓޯ.ބީއެޗްއެމްގެ ފީޗާތައް:

  • ގަންނަން ބޭނުންވާ މުދާ، ކެޓަގަރީތައް ވަކިން ނުވަތަ ފިލްޓާކޮށްގެން ހޯދޭނެ

  • ހާއްސަ އޮފާތައް ވަކިން ބަލައިލެވޭނެ

  • މުދަލުގެ ސްޓޮކް ހުރި ވަރު ފެންނާނެ (ސްޓޮކް ހުސްވެފައިވާ މުދާ ނުފެންނާނެ)

  • މުއްދަތު ހަމަވާން ކައިރިވެފައިވާ މުދާ ބެލޭނެ

  • އުފައްދުންތައް ލިސްޓުކޮށްފައިވަނީ ސައިޒް އަދި އެކި ބާވަތްތައް އެނގޭ ގޮތަށް، ފޮޓޯއާ އެކު

  • މުދާ ގަންނައިރު ބަލްކް ޑިސްކައުންޓް ލިބޭ މިންވަރު ފެންނާނެ

  • އާ ސްޓޮކް ލިބުމުން މެސެޖަކުން އެކަން އެނގޭނެ (ވެބްސައިޓަށް ސައިން އަޕް ވާ ފަހުން)

އޯޑާ ޕްރޮސެސް: ފެށިގެން ނިމެންދެން ވާނުވާ އެނގޭނެ

ސްޓޯ.ބީއެޗްއެމްގެ އޯޑާ ޕްރޮސެސް ފަރުމާ ކޮށްފައިވަނީ ކަސްޓަމަރު މުދާ ގަންނަން އޯޑަރު ޖަހާ ހިސާބުން ފެށިގެން ޑެލިވަރީއަށް ފޮނުވާލުމާ ހަމައަށް ހިނގާ ހުރިހާ ކަމެއްގެ އަޕްޑޭޓުތައް ކަސްޓަމަރުންނަށް ލިބޭ ގޮތަކަށެވެ. އެގޮތުން:

  • މުދާ ގަންނަން އޯޑަރު ކުރުމުން އިތުރު ބަދަލެއް ގެންނަން ބޭނުންވޭތޯ ބަލައި ޑެލިވަރީގެ މައުލޫމާތު ސައްހަކަން ކަށަވަރުކުރަން ބީއެޗްއެމް ކޯލް ސެންޓަރުން ގުޅާނެ

  • އޯޑާ އެޕްރޫވް ކުރުމަށް ފަހު ޑިސްކައުންޓުތަކާއި ފައިނަލް ރޭޓް ފެންނަ ގޮތަށް ކަސްޓަމަރަށް ކޯޓޭޝަން ފޮނުވާނެ

  • ފައިސާ ދައްކަން (ބީއެމްއެލް ޓްރާންސްފާ ނުވަތަ ފައިސާ ޕޭ) އެކައުންޓް ނަންބަރު ހިއްސާކުރާނެ

  • މުދާ ޑެލިވާ ކުރަން ތައްޔާރުވުމުން މެސެޖަކުން އެކަން އަންގާނެ

  • ބޯޓަކަށް މުދާ އަރުވާނަމަ، އެ ބޯޓަކަށް މުދާ އެރުވުމަށް ފަހު އެކަން ވެސް އަންގާނެ

މުދާ އޯޑަރު ކުރުމާ ހަމައިން ހިނގާ ހުރިހާ މަރުހަލާއެއްގެ ތަފްސީލު، ސްޓޯ.ބީއެޗްއެމް އިން ބަލައިލެވޭނެ. (ފޮޓޯ/ބީއެޗްއެމް)

ކަސްޓަމަރުންނަށް ސްޓޯ.ބީއެޗްއެމް ބޭނުންކުރަން އިތުރަށް ފަސޭހަކޮށްދިނުމަށް މި އަހަރުގެ މެދު ތެރޭގައި އެ ޕްލެޓްފޯމަށް ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. ވެބްސައިޓުގެ ހުރިހާ ފީޗާތަކެއް ހިމެނޭ މި އެޕްލިކޭޝަން އެންޑްރޮއިޑް އަދި އެޕަލް ސްމާޓްފޯނުތަކުން ވެސް ބޭނުން ކުރެވޭނެ އެވެ.

ބީއެޗްއެމްގެ މޮބައިލް އެޕްލިކޭޝަން. (ފޮޓޯ/ބީއެޗްއެމް)
ބީއެޗްއެމްގެ މޮބައިލް އެޕްލިކޭޝަން. (ފޮޓޯ/ބީއެޗްއެމް)

މި ޕްލެޓްފޯމާ އެކު ލޮކްޑައުންއެއް ނޫނަސް ވިޔަފާރި ކުރުމުގައި އެތައް ގޮތަކުން ފަސޭހަވެ، ގިނަ މައްސަލަތަކަށް ހައްލު ލިބެ އެވެ. ކުރިން މުދާ ހުރިތޯ ބަލަން ބޭނުން ނަމަ ފިހާރައަށް ގޮސް އަހައިގެން އެތައް އިރެއް ވަންދެން މަޑުކުރަން ޖެހެ އެވެ. އެހެން ނަމަވެސް، މި ވެބްސައިޓުން މުދަލުގެ ސްޓޮކް ހުރި މިންވަރާއި އަގު ފެންނަން ހުރެ އެވެ. ސީދާ ވެބްސައިޓުން މުދާ އޯޑަރުކޮށް، ބޭނުން ތަނަކަށް ޑެލިވާ ކޮށްލެވެ އެވެ. މިއީ މާލޭގެ އިތުރުން އަތޮޅުތަކުގެ ވިޔަފާރިވެރިންނަށް ވެސް ބީއެޗްއެމްއިން މުދާ ގަތުމުގައި ލިބޭ ލުޔެކެވެ. ރަށްރަށުން މާލެ ނައިސް، ގަންނަން ބޭނުންވާ މުދާ ސީދާ ބޯޓަށް ފަސޭހަކަމާ އެކު ޑެލިވާ ކޮށްލެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް