ބީއެޗްއެމް އިން ރާއްޖެ އެތެރެކޮށް ވިއްކަ ސުޕަ ބްރޭންޑުގެ ސަޔާއި ކޮފީ އަދި ސީރިއަލް (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ބީއެޗްއެމްއިން ސުޕަ ބްރޭންޑުގެ މީރު ސަޔާއި ކޮފީ
ހޫނު ދުވަހެއްގައި ފިނިކޮށް ގިރާލައިގެން ހިތަށް ފިނިކަން ގެނެސްދޭނެ ލެމަން ޓީގެ އިތުރުން، ފިނި، ވިއްސާރަ ދުވަހެއްގައި ހައްޓަށް އަރާމު ލިބޭނެ މީރު މިލްކް ޓީ ނޫނީ ކޮފީއެއް ގިރާލައިގެން ބޯލަން އެންމެ ފަސޭހަ ހައްލަކީ ސުޕަ ބްރޭންޑުގެ ސަޔާއި ކޮފީ އެވެ.
ބުރަ ދުވަހެއްގެ މަސައްކަތުގައި އުޅެމުން ނޫނީ މަސައްކަތް ފެށުމުގެ ކުރިން ވެސް ކޮފީއެއް ނޫނީ ސަޔެއް ބޯލަން މިވަރެއް ނެތެވެ. ސުޕަ ބްރޭންޑުގެ އެކި ވައްތަރުގެ ކޮފީ އާއި ސައި ވިއްކަނީ ބީއެޗްއެމް އިންނެވެ. އަބަދުވެސް މަގުބޫލު ހޮޓް ޗޮކްލެޓު ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
ފެންވަރު ރަނގަޅު، މީރު އަދި އަގު ވެސް ހެޔޮ މި ބްރޭންޑުގެ ސަޔާއި ކޮފީ ރާއްޖެއަށް ތައާރަފުކުރީ މި އަހަރު އެވެ. ފާއިތުވި މަސްތަކުގެ ތެރޭ، މިއީ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.
ސުޕަ ހޮޓް ޗޮކްލެޓު
ވިއްސާރަ، ފިނި ދުވަހަކަށް މިއީ އެއް ވަނަ އެވެ. ކުޑަކުދިންގެ މެދުގައި ވެސް މަގުބޫލު މި ހޮޓް ޗޮކްލެޓަކީ ހެނދުނު ސައިގަޑީގައި ނޫނީ ހަވީރުގެ ފިނި ޖެހިލުމުން ބޮއިލަން ހަމަ އެއް ވަނަ އެވެ.
ސުޕަ ކޮފީ ރޭންޖު
ސުޕަ ކޮފީ ރޭންޖުގައި ހިމެނޭ 3 އިން 1 އުފެއްދުންތަކަކީ މި ސަރަހައްދުގައި ވެސް މަގުބޫލު ބުއިންތަކެކެވެ. މީރު، ފަސޭހައިން ގިރާލެވޭ މި ކޮފީ ރޭންޖުގައި ހިމެނެނީ:
-
ޒީރޯ ޝުގާ އެޑެޑް 2 އިން 1
-
އޮރިޖިނަލް 3 އިން 1
-
ލެސް ޝުގާ 3 އިން 1
-
ރިޗް 3 އިން 1
ސުޕަ ޓީ ރޭންޖު
މި ރޭންޖުގައި ހިމެނޭ މިލްކް ޓީތަކަކީ މިހާރު ވެސް ދިވެހިންގެ މެދުގައި މަގުބޫލު ރަހަތަކެކެވެ. މީގެ ތެރޭ ހިމެނެނީ:
-
މިލްކް ޓީ އޮރިޖިިނަލް
-
މިލްކް ޓީ ރޯޔަލް
-
މިލްކް ޓީ އާލް ގްރޭ
މީގެ އިތުރުން، މި ރޭންޖުގައި ހިމެނޭ ލެމަން ޓީ އަދި ޖިންޖާ ޓީ އަކީ ފިނި ދުވަސްތަކަށް އެންމެ އެކަށޭނަ ބުއިމަކަށް ވާނެ އެވެ. ލެމަން ޓީ ފިނިކޮށް ގިރާލައިގެން ހޫނު ދުވަހަކު ވެސް ބޯޯލަން ކަމުދެ އެވެ.
ސަޔާއި ކޮފީގެ އިތުރުން ސުޕަ ބްރޭންޑުގެ ސީރިއަލް އަކީ ވެސް މަގުބޫލު އުފެއްދުމެކެވެ. ކެލްސިއަމް އާއި ވިޓަމިނުން މުއްސަނދި މި ސީރިއަލްގެ ހަތަރު ރަހައެއް ބީއެޗްއެމް އިން ވިއްކަ އެވެ. އެއީ:
-
އޮރިޖިނަލް ހޯލް ގްރެއިން ސީރިއަލް
-
ޑަބަލް އޯޓް ހޯލް ގްރެއިން ސީރިއަލް
-
ޗޮކްލެޓް ހޯލް ގްރެއިން ސީރިއަލް
-
ބްރައުން ރައިސް ހޯލް ގްރެއިން ސީރިއަލް