މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު

މިފްކޯ

މިފްކޯގެ ސީއީއޯގެ ސަސްޕެންޝަން އުވާލައިފި

ޕްރަައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މިފްކޯގެ ސީއީއޯ ސަސްޕެންޑު ކުރީ މިދިޔަ މާޗު މަހު

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި އެވެ.

ވީ ކިހިނެއް؟ - ޝަމާހު މިއަދު 'ދައުރު' އަށް ވިދާޅުވީ އޭނާގެ ސަސްޕެންޝަން އުވާލި ކަން އެންގީ ރޭގެ ވަގުތެއްގައި ކަމަށާއި މިއަދު އެނބުރި މަސައްކަތަށް ނިކުންނަވާފައިވާ ކަމަށެވެ.

ތަފްސީލް - ޕްރަައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބެލި މައްސަލައަކާ ގުޅިގެން މިފްކޯގެ ސީއީއޯ ސަސްޕެންޑު ކުރީ މިދިޔަ މާޗު މަހު އެވެ.

ޝަމާހު ވިދާޅުވީ 37 ދުވަހު ސަސްޕެންޝަނުގައި ހުންނެވި ކަމަށެވެ.

ޝަމާހުގެ ސަސްޕެންޝަނާ ގުޅޭގޮތުން މީގެ ކުރިން ޕީސީބީ އިން ނެރުނު ބަޔާނެއްގައި ބުނީ އޭނާއާ ގުޅުން ހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކާ ގުޅުން ހުރި ތަހުގީގެެއް ފަށާފައިވާ ކަމަށެވެ.

މިފްކޯގެ ހިންގުމުގައި ކަންބޮޑުވުންތަކެއް ހުރިކަމުގެ ޝަކުވާ ޕީސީބީއަށް ލިބިގެން އެ ކަންތައްތައް އިސްލާހު ކުރަން ވެސް އެ ކުންފުންޏަށް ވަނީ އަންގައިފަ އެވެ.

މިފްކޯގެ ވަސީލަތްތައް ކުންފުނީގެ ސީއީއޯ ޝަމާހު އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި ކުންފުނީގައި ހަދާފައި ހުރި ޕޮލިސީތަކާ ހިލާފަށް އަމަލުކުރާ ކަމަށް ބުނެ، ޕީސީބީގެ ވިސްލްބްލޯވާ ޕޯޓަލްއަށް ލިބުނު ޝަކުވާތަކަކާ ގުޅިގެން އެ އިދާރާ އިން ވަނީ  އޭނާ އަށް އެޑްރެސްކޮށް ސިޓީ އެއް ވެސް ފޮނުވައިފަ އެވެ.

ކޮމެންޓް (1)

profile-image-placeholder

ސަންތިމަރީ

25 އޭޕްރީލު 2024
ސަސްޕެންޝަން އުވާލިއިރު، ކުރެވުނު ތުހުމަތު ތަކަށް ވީގޮތެއް ރައްޔިތުންނަށް އެނގުން މުހިންމު.

އިތުރު އާޓިކަލް

އިތުރު އާޓިކަލް