މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު

މިފްކޯ

މިފްކޯގެ ސީއީއޯގެ މައްސަލައެއް ބަލާތީ ސަސްޕެންޑު ކޮށްފި

ސަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅުން ހުރި މައްސަލަ އެއް ޕީސީބީ އަށް ވަނީ ހުށަހަޅާފައި

 ޕްރަައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު ސަސްޕެންޑް ކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕީސީބީން ނެރުނު ބަޔާނެއްގައި ބުނީ ޝަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސް އާ ގުޅުން ހުރި މައްސަލައެއް އެ ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލާ ނިމެންދެން އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ސަސްޕެންޑްކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.

ތަފްސީލް - ޝަމާހު ސަސްޕެންޑުކުރުމާ ގުޅޭގޮތުން ޕީސީބީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޭނާ އާ ގުޅުން ހުރި މައްސަލަތަކެއް ޕީސީބީ އަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކާ ގުޅުން ހުރި ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށެވެ.

  • އެ މައްސަލަ ބެލުމަށް ޝަމާހު ސަސްޕެންޑު ކުރީ 2 ހަފްތާއަށް ކަމަށް ޕީސީބީން ބުނި

  • އޭނާ ސަސްޕެންޑް ކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ ދަށުން

ފާހަގަ ކުރެވޭ - މިފްކޯގެ ހިންގުމުގައި ކަންބޮޑުވުންތަކެއް ހުރިކަމުގެ ޝަކުވާ ޕީސީބީއަށް ލިބިގެން އެ ކަންތައް އިސްލާހު ކުރަން ވެސް އެ ކުންފުންޏަށް ވަނީ އަންގައިފަ އެވެ.

މިފްކޯގެ ވަސީލަތްތައް ކުންފުނީގެ ސީއީއޯ ޝަމާހު އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި ކުންފުނީގައި ހަދާފައި ހުރި ޕޮލިސީތަކާ ހިލާފަށް އަމަލުކުރާ ކަމަށް ބުނެ، ޕީސީބީގެ ވިސްލްބްލޯވާ ޕޯޓަލްއަށް ލިބުނު ޝަކުވާތަކަކާ ގުޅިގެން އެ އިދާރާ އިން ވަނީ މި މަހުގެ ކުރީކޮޅު އޭނާ އަށް އެޑްރެސްކޮށް ސިޓީ އެއް ފޮނުވައިފަ އެވެ.

ކޮމެންޓް (1)

ކިންގް

18 މާރިޗު 2024
ބޮޑަކަމާއި ކިބުރުވެރިކަމުން އަބަދުވެސް ލިބެނީ ނިކަމެތިކަން
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް