މަޖިލިސް ޖަލްސާގައި އިމްރާން ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ މަޖިލިސް)

މަކަރާއި ހީލަތް

ސްކޭމު ހުއްޓުވަން އެއްބާރުލުން ނުލިބޭ ކަމަށް އިމްރާން ކުރެއްވި ތުހުމަތަށް އުރީދޫ، ދިރާގުން ރައްދުދީފި

މާފުށީ ޖަލުގައި ހިންގާ ސްކޭމްތައް ހުއްޓުވުމަށް އެ ޖަލުގައި ބަހައްޓާފައިވާ އެންޓެނާއިން ލިބޭ ފުރިހަމަ މައުލޫމާތު ދިރާގާއި އުރީދޫއިން ހިއްސާ ނުކުރާ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި

ސްކޭމުތައް ހުއްޓުވަން ޓެލެކޮމް ހިދުމަތްދޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވާހަކައަށް ރާއްޖޭގައި އެ ހިދުމަތްދޭ ކުންފުނިތަކުން ރައްދު ދީފި އެވެ.

ވީ ކިހިނެއް؟ - މާފުށީ ޖަލުގައި ހިންގާ ސްކޭމްތައް ހުއްޓުވުމަށް އެ ޖަލުގައި ބަހައްޓާފައިވާ އެންޓެނާއިން ލިބޭ ފުރިހަމަ މައުލޫމާތު ދިރާގާއި އުރީދޫން ހިއްސާ ނުކުރާ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ތަފްސީލު - އެންޓަނާ އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އިމްރާން ވިދާޅުވީ، މާފުށީ ޖަލުގައި ތިބޭ ގައިދީން ސިއްރުން ފޯނު ބޭނުންކޮށްގެން ހިންގާ ކުށްތައް ހުއްޓުވުމަށް ކަރެންޝަންސް ޑިޕާޓްމަންނާއި ފުލުހުން އަދި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއާ ގުޅިގެން ޖަލު ސަރަހައްދުގައި މިދިޔަ އަހަރު އެންޓެނާ ހަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފޯނުތަކުގެ މައުލޫމާތު ޖަމާވަމުން އަންނަނީ ނެޓްވޯކް އޮޕަރޭޓަރުންގެ ސާވާތަކަށް ކަމަށް އިމްރާން ވިދާޅުވި އެވެ.

"މި މައުލޫމާތު ރައްކާކުރެވިފައި ހުންނަނީ ދިރާގާއި އުރީދޫގައި ކަމުގައިވާތީ، އެ ފަރާތްތަކުން ފުލުހުންނަށް ކޯލް ރިކޯޑްތަކުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށް ދެމުން ނުދާތީ" ގޮންޖެހުންތައް ކުރިމަތިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - މިނިސްޓަރުގެ އެ ވާހަކަތަކާ ގުޅިގެެން ދިރާގު އަދި އުރީދޫ އާ 'ދައުރު' އިން ސުވާލު ކުރުމުން އެ ދެ ކުންފުނިން ވެސް ބުނީ، އޮންނަ އުސޫލުގެ ތެރެއިން އެއްބާރުލުން ދެމުންދާ ކަމަށެވެ.

އެގޮތުން ދިރާގުން ބުނީ "ކޮމިޔުނިކޭޝަންސް އޮތޯރިޓީ އާ ގުޅިގެން، އެ އޮތޯރިޓީގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް އެއްބާރުލުން ދެމުންދާ" ކަމަށެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ "އަޅުގަނޑުުމެންނަށް ލިބިފައިވާ ރެގިޔުލޭޓަރީ އުސޫލުތަކުގެ ތެރެއިން ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އެދޭ އެއްވެސް މައުލޫމާތެއް ފޯރުކޮށްދޭން އެދިއްޖެ ނަމަ، އެ މައުލޫމާތު އަބަދު ވެސް ފޯރުކޮށްދޭނެ" ކަމަށެވެ.

ގުޅުން ހުރި - ސްކޭމް ކޯލުތަކާއި ބޭންކް އެކައުންޓުތަކުން ފައިސާ ވަގަށް ނެގުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމެޓީ އިން ބަލާފައިވާ އިރު، މަލްޓި އެޖެންސީ ޓާސްކުފޯހެއް އުފައްދައި އިދާރާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް 15 ދުވަހުގެ ތެރޭގައި ގާއިމްކުރަން އަންގަން އެ ކޮމެޓީ އިން ފާސްކޮށްފައިވެ އެވެ.

ކޮމެންޓް (2)

ޖސޖސޖސޖޖސ

21 އޭޕްރީލު 2023
އިމުރާނު ކަހަލަ ދޮގުވެރިންނާ އަޅާނުލާ.. މާދަމާ ނިކުންނާނެ ބާ ކަރުދާސްބޮނޑި ހިފައިގެން ހެއްކޭ ކިޔާފަ
0 0

އެއްވާރު

20 އޭޕްރީލު 2023
އެހެންވީމަ ދެން ތި އުސޫޅު ގޯހީނު. އަނެއްކާ ކެމް ގެ މީހުންބާ މި ސްކޭމުތަކުގެ ފަހަތުގަ މި ތިބީ...
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް