މަޖިލީހުގެ ޖަލްސާއެއްގައި އިމްރާން ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ޖަލުގައި ހުންނަ އެންޓެނާއިން ލިބޭ ފުރިހަމަ މައުލޫމާތު ދިރާގާއި އުރީދޫއިން ނުދޭ: އިމްރާން

މިފަދަ މައުލޫމާތު ފުލުހުންނާ ހިއްސާކުރަން ގާނޫނުން ލާޒިމްކުރުމަށް އިމްރާން ބާރުއަޅުއްވާ

މާފުށީ ޖަލުގައި ހިންގާ ސްކޭމްތައް ހުއްޓުވުމަށް އެ ޖަލުގައި ބަހައްޓާފައިވާ އެންޓެނާއިން ލިބޭ ފުރިހަމަ މައުލޫމާތު ދިރާގާއި އުރީދޫއިން ހިއްސާ ނުކުރާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ހޯމް މިނިސްޓަރު އިމްރާން ފާޅުކުރައްވައިފި އެވެ. މި މައުލޫމާތު ފުލުހުންނާ ހިސާކުރުން ލާޒިމް ކުރަން ގާނޫނުގައި ހިމެނުމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ވީ ކިހިނެއް؟ - އިމްރާން އެހެން ވިދާޅުވީ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެ އެންޓާނާއާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ލިޔުމުން ފޮނުވި ޖަވާބުގަ އެވެ.

އެ ސުވާލުގައި އިބްރާހިމް ރަޝީދު ވިދާޅުވީ ގައިދީން ސްކޭމްތައް ހިންގުމަށް ބޭނުން ކުރާ ފޯނު ނަންބަރުތަކުގެ މައުލޫމާތު ނެގޭ ގޮތަށް މާފުށީ ޖަލު ސަރަހައްދުގައި ބަހައްޓާފައި ހުރި އެންޓެނާއިން ލިބޭ މައުލޫމާތު ތަހުގީގީ އިދާރާތަކަށް ހިއްސާ ނުކުރާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.

މާފުށީ ޖަލު. (ފޮޓޯ/ދަޕްރެސް)

ތަފްސީލު - އެކަމާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު އިމްރާން މަޖިލީހަށް ފޮނުވި ޖަވާބު ސިޓީ މިއަދު އާންމު ކުރި އިރު، އެ ސިޓީގައި ވަނީ، މާފުށީ ޖަލުގައި ތިބޭ ގައިދީން ސިއްރުން މޯބައިލް ފޯނު ބޭނުންކޮށްގެން ހިންގާ ކުށްތައް ހުއްޓުވުމަށް ކަރެންޝަންސް ޑިޕާޓްމަންނާއި ފުލުހުން އަދި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއާ ގުޅިގެން ޖަލު ސަރަހައްދުގައި މިދިޔަ އަހަރު އެންޓެނާ ހަރުކޮށްފައިވާ ކަމަށެވެ.

 ނަމަވެސް ފޯނުތަކުގެ މައުލޫމާތު ޖަމާވަމުން އަންނަނީ ނެޓްވޯކް އޮޕަރޭޓަރުންގެ ސާވާތަކަށް ކަމަށް އިމްރާން ވިދާޅުވި އެވެ.

"މި މައުލޫމާތު ރައްކާކުރެވިފައި ހުންނަނީ ދިރާގާއި އުރީދޫގައި ކަމުގައިވާތީ، އެ ފަރާތްތަކުން ފުލުހުންނަށް ކޯލް ރިކޯޑްތަކުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށް ދެމުން ނުދާތީ" ގޮންޖެހުންތައް ކުރިމަތިވާ ކަމަށް އިމްރާން ވިދާޅުވި  އެވެ.

އިމްރާންއާ ސުވާލު ކުރެއްވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އޭގެ އިތުރުން ފޯރުކޮށްދޭ މައުލޫމާތުތައް ވެސް އެކި ފޯމެޓްތަކުގައި ހުރުމުން ދަތިތައް ކުރިމަތިވާކަން އިމްރާން ފާހަގަ ކުރެއްވި އެވެ.

"އެފަދަ މައުލުމާތު ފުލުހުންނާ ހިއްސާ ކުރުން ލާޒިމްވާ ފަދަ ގާނޫނީ މިންގަނޑެއް އޮތުން މުހިންމު ކަމުގައި އަޅުގަނޑު ދެކެމެވެ،" އިމްރާން ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ވެސް ދިރާގާއި އުރީދޫއާ ދެމެދު ހުރި ބައެއް އެހެން ޝަކުވާތައް ވެސް އިމްރާންގެ ސިޓީގައި ފާހަގަ ކުރެއްވި އެވެ. އެއީ:

  • ނަމްބަރުތަކުގެ ހިދުމަތް ކަނޑާލަން އެދުމުން އެކަން ވެސް ލަސްވުން

  • އެކަކުގެ ނަމުގައި އެތައް ސިމެއް ދޫކޮށްފައިވުން

  • އެއްވެސް ވަރަކަށް ރަޖިސްޓްރީނުކުރާ ނަމްބަރުތައް ބޭނުންކުރެވުން

"މިކަންކަމާ ގުޅިގެން ސާވިސް ޕްރޮވައިޑަރުން ޒިންމާދާރުކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ހަރުކަށި އުސޫލުތަކެއް ކަނޑައަޅަން ޖެހޭ،" އިމްރާން ވިދާޅުވި އެވެ.

ސްކޭމްތައް ހުއްޓުވުމަށް މިހާތަނަށް ކުރި ކަންތައްތަކުގެ ތެރޭގައި އިމްރާން ވިދާޅުވީ:  

  • މިދިޔަ އަހަރުގެ ނޮވެމްބަރާ ހަމަށް 431 ނަމްބަރެއް ވަނީ ބްލޮކްކޮށްފައި

  • 365 އައިއެމްއީއައި ބްލެކްލިސްޓުކޮށް 10 އައިޕީ އަދި 12 ވެބްސައިޓެއް ބްލޮކް ކޮށްފައިވޭ

  • ޖަލުގައި މިފަދަ ކުށްތައް ކުރާ ގައިދީން އެކަހެރިކޮށް، އެފަދަ ގައިދީން ތިބޭ ގޮޅިތައް ރެއިޑްކޮށް، މުއާސަލާތީ ވަސީލަތީ އާލާތްތައް އަތުލައިގެންފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް