އައްޑޫ ފޭދޫ މަތިން ނަގާފައިވާ ފޮޓޯއެއް: މާރީމާރީތަކުގައި އެކަކު ވަނީ މަރުވެފައި (ފޮޓޯ/އައްޑޫ ސިޓީ،ފޭސްބުކް ޕޭޖް)

ޒަޔާންގެ މަރު

އައްޑޫގައި އަމާންކަން ގާއިމުކޮށްދިނުމަށް ކައުންސިލުން އެދިއްޖެ

ގްރޫޕް މާރާމާރީތަކެއްގައި ޒުވާނަކު މަރުވެ، އެކަކު އޮތީ އައިސީޔޫގައި

އައްޑޫގައި ހިނގަމުން އަންނަ މާރާމާރީތައް އަވަހަށް ތަހުގީގުކޮށް، ރަށުތެރޭގައި އަމާންކަން ގާއިމުކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކާއި ކަމާ ބެހޭ އެންމެހާ އިދާރާތަކަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - އައްޑޫ ފޭދޫގައި އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ރޭ ހިންގި މާރާމާރީތަކެއްގައި، ޒުވާނަކު މަރުވެ، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.

ރޭ ދަންވަރު އައްޑޫގައި ހިންގި މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމަކާ ގުޅިގެންނާއި މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތަފްސީލް - އެ މާރާމާރީތަކާ ގުޅިގެން ކައުންސިލުން ދެންމެއަކު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި ފަހަކަށް އައިސް މާރާމާރީ އިތުރުވެ ރަށުތެރޭގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި މާރާމާރީތަކުގެ ސަބަބުން އެކި ފަރާތްތަކަށް ސީރިއަސް އަނިޔާ ލިބި، ޒުވާނެއްގެ ފުރާނަ ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.

ބުނީ ކީކޭ؟ - ކައުންސިލުގެ ބަޔާނުގައި ބުނީ:

  • މާރާމާރީ އާއި މީހުންނަށް އަނިޔާ ދިނުމުގެ އެއްވެސް އަމަލެއް ބަލައިނުގަންނާނެ ކަމަށް

  • އެފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް 

"މި މައްސަލައަކީ މުޖްތަމައުގެ އަމަންއަމާންކަމާއި ސަލާމަތާ ގުޅިފައިވާ ނުރައްކާތެރި މައްސަލައަކަށް ވުމުން، މި މައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބުދީ، ރަށުތެރޭގައި އަމާންކަން ގާއިމުކޮށްދެއްވުން އަވަސްކޮށްދިނުމަށް ދައުލަތުގެ މުވައްސަސާތަކާއި ކަމާ ބެހޭ އެންމެހާ އިދާރާތަކަށް މި ކައުންސިލުން ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.

އެނގުން މުހިންމު - އައްޑޫގެ މާރާމާރީތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.'ދައުރު' އަށް އެނގިފައިވާ ގޮތުގައި، ރޭގައި މާރާމާރީ ހިންގީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފޭދޫގައި ހިންގި މާރާމާރީއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މައްސަލަ ޖެހިފައި ވަނީ ފޭދޫގެ ދެ ކޮޅުގައި އޮންނަ ދެ ގްރޫޕެއްގެ ދެމެދުގަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް