އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް. (ފޮޓޯ/ އަޝްރަފް ސައީދު)

ޒަޔާންގެ މަރު

އައްޑޫ މާރާމާރީގައި ޒަހަމްކޮށްލި މީހާ މަރުވެއްޖެ

މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ދަގަނޑުބުރިއަކުން ހަމަލާދީ ޒުވާނަކު ވަނީ ޒަހަމްކޮށްލާފައި

އައްޑޫގައި ރޭ ދަންވަރު ވަޅި ހަރައި ހަމަޒްކޮށްލި ޒުވާނާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ދާދި ދެންމެއަކު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  ރޭ ދަންވަރު 3 ހާއިރު ވަޅި ޖަހައި ޒަހަމްކޮށްލާފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ހަށިގަނޑުގައި ގިނަ ޒަހަމްތަކެއް ހުރި އިރު، މަރުވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

އޭނާ މަރުވިކަން ފުލުހުން ވަނީ ދައުރުއަށް ކަށަވަރުކޮށްދީފަ އެވެ.

ތަފްސީލް - 'ދައުރު' އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައި ވަނީ ފޭދޫ މަގެއްގެ މަތީގައި ދެ ގްރޫޕެއްގެ ދެމެދު އެވެ.

ގުޅުންހުރި ކަމެއް - ފޭދޫގައި ރޭގައި މާރާމާރީއެއް ހިންގާފައި ވާއިރު، އަންގާރަ ދުވަހުގެ ރޭ ވެސް އެ ރަށުގައި  މީހަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. އެ މާރާމާރީގައި ދަގަނޑު ބުރިއަކުން ޖަހައި 19 އަހަރުގެ ޒުވާނަކު ވަނީ ޒަހަމްކޮށްލައިފި އެވެ. އެ މާރާމާރީގައި އޭނާގެ ބޮލަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފަ އެވެ. 

އެނގުން މުހިންމު - 'ދައުރު' އަށް އެނގިފައިވާ ގޮތުގައި ރޭގައި މާރާމާރީ ހިންގީ އަންގާރަ ދުވަހުގެ ރޭ ހިންގި މާރާމާރީގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މާރާމާރީ ހިންގާފައި ވަނީ ފޭދޫގެ ދެ ކޮޅުގައި އޮންނަ ދެ ގޭންގެއްގެ މެދުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް