ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެ މަނިކުފާނު ވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންފައި. (ފޮޓޯ/ ރައީސް އޮފީސް)
އަލިފާނުގެ ހާދިސާއާ އެކު ރައީސްގެ ވައުދަކީ ގަރާޖުތައް ބަދަލުކުރުން
ސަރުކާރުގެ އަމާޒަކީ މީހުން ނޫޅޭ ސަރަހައްދުތަކަށް ގަރާޖުތައް ބަދަލުކުރުން ކަމަށާއި އެކަން ކުރުމަށް މިހާރު ވެސް ލަސްވެފައިވާކަން ގަބޫލުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެ، ގަރާޖުތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މ. ނިރުފެހި ގޭގައި ރޭ ދަންވަރު އަލިފާން ރޯވެ، 10 މީހަކު މަރުވި ސަރަހައްދަށް ވަޑައިގެން، މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރޭގެ އަލިފާނުގެ ހާދިސާއަކީ މާލޭގައި މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އަދި ގެއްލުން ބޮޑު އަލިފާނުގެ ހާދިސާ ކަމަށެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވި ގޮތުގައި:
-
އެ އަލިފާނުގެ ގެއްލުން އެހާ ބޮޑުވީ މާލޭގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން
-
ސަރުކާރުގެ އަމާޒަކީ މީހުން ނޫޅޭ ތަނަކަށް މާލޭގައި ހުރި ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރުން
-
ސަރުކާރުން ރާވާފައި ވަނީ ތިލަފުއްޓާއި ގުޅީފަޅަށް ގަރާޖުތައް ބަދަލުކުރުން
-
މިއަދު ކަމާ ގުޅޭ އިދާރާތަކާ އެކު ހާއްސަ ބައްދަލުވުމެއް ބާއްވައި ކުރަން ހުރި ކަންކަން ދެނެގަނެ، އަޅާނެ ފިޔަވަޅުތައް ހާމަކުރާނެ
-
ބިލްޑިން ކޯޑް ހަރުދަނާކޮށް، މީހުން ދިރިއުޅޭ އިމާރާތްތަކުގައި ނުކުރެވޭނެ ކަންކަން ކަނޑައަޅަން ޖެހޭ
"މި ހާދިސާ އިން ވެސް މި އެނގުނީ ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ގިނަކަން. ފުރަތަމަ ތޮއްޖެހުމުގެ މައްސަލަ. ދެން ގަރާޖުތައް މީހުން ދިރިއުޅޭ ހިސާބާ ދުރަށް ގެންދިއުން. އަޅުގަނޑު ގަބޫލުކުރަން އެކަން މިހާރު ވެސް ލަސްވެއްޖެ ކަމަށް. އެކަމަކު، އެ މަސައްކަތްކޮށް، ގަރާޖުތައް މީހުން އުޅޭ ސަރަހައްދުތަކާ ދުރަށް ގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ހެންވޭރު އަބަދަށް ފެހި މަގުގައި 2019ގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއަށް ފަހު، ކެމިކަލް ގުދަންތައް މިހާރު ތިލަފުއްޓަށް ބަދަލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ޔަގީންކަމާ އެކު ވިދާޅުވީ ކެމިކަލް ގުދަނެއް މިހާރު މާލޭގައި ނުހުންނާނެ ކަމަށާއި އެ ފަހަރުގެ ހާދިސާއަށް ފަހު ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަވަސް މިނުގައި ސަރުކާރުން އެޅި ކަމަށެވެ.
"އޭރު އަޅަން ޖެހޭ ފިޔަވަޅު އަޅައި ކެމިކަލް ގުދަންތައް މި ވަނީ މިހާރު ތިލަފުއްޓަށް ބަދަލުކޮށްފައި. އޭރު ކެމިކަލް ގުދަންތަކަކީ މީހުން އުޅޭ ގޭގެގެ ތެރޭގައި، ފިހާރަތަކުގެ ތެރޭގައި ހުރި ތަންތަން،" ރައީސް ވިދާޅުވި އެވެ.
މި ހާދިސާ އިން ވެސް މި އެނގުނީ ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ގިނަކަން. ފުރަތަމަ ތޮއްޖެހުމުގެ މައްސަލަ. ދެން ގަރާޖުތައް މީހުން ދިރިއުޅޭ ހިސާބާ ދުރަށް ގެންދިއުން. އަޅުގަނޑު ގަބޫލުކުރަން އެކަން މިހާރު ވެސް ލަސްވެއްޖެ ކަމަށް.
ސިފައިންގެ މަސައްކަތަށް ރައީސްގެ ތައުރީފް
ރައީސް ސޯލިހު ވިދާޅުވީ ރޭގެ އަލިފާނުގެ ހާދިސާ ހިނގީ އިމާރާތްތައް ގިނަ، މީހުން ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ސަރަހައްދެއްގައި ކަމަށް ވިޔަސް، ބޮޑު ސަރަހައްދަކަށް އަލިފާންގަނޑު ނުފެތުރި، ކޮންޓްރޯލް ކުރެވުނީ ސިފައިންގެ ހުޝިޔާރުކަމުން ކަމަށެވެ. އެގޮތުން ރައީސް ފާހަގަކުރެއްވި ގޮތުގައި:
-
އަލިފާނުގެ ހާދިސާ ރިޕޯޓް ކުރިތާ 3 މިނެޓުގެ ތެރޭގައި ފަޔާ އެންޑް ރެސްކިއުއިން އެ ތަނަށް ދިޔަ
-
ސިފައިން ގޮސް ކުރި މަސައްކަތުން، ހުޅުގަނޑު އެހެން ތަންތަނަށް ނުފެތުރި ހުއްޓުވުނު؛ އެހެންކަމުން، ސިފައިންގެ މަސައްކަތް ވަރަށް ރަނގަޅު
-
ސިފައިންގެ މަސައްކަތުން މި ވަނީ ވަރަށް ރަނގަޅު ނަތީޖާއެއް ނެރެވިފައި
-
މީހުން ސަލާމަތްކުރުމުގައި ވެސް ސިފައިން ކާމިޔާބު ހޯދި؛ އެގޮތުން، އަލިފާނުގެ ތެރެއިން ނުވަ މީހަކު ސަލާމަތްކުރި
"ސިފައިން މަސައްކަތް އެ މީހުން ސީންއަށް އެޓެންޑް ކުރިލެއް އަވަސްކަން ވަރަށް ރަނގަޅު. ސިފައިންގެ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިއްޖެ،" ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވެސް އަރިހުގައި ހުންނަވަނިކޮށް ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ރޭގެ އަލިފާނުގެ ހާދިސާގައި ވަނީ 10 މީހަކު މަރުވެފަ އެވެ. އެއީ ކޮން ގައުމުތަކެއްގެ މީހުންނެއްކަން އަދި ޔަގީނެއް ނުކުރެވެ އެވެ. ނަމަވެސް، އެ ތަނުގައި އިންޑިއާ، ބަންގްލަދޭޝް އަދި ސްރީ ލަންކާގެ މީހުން ދިރިއުޅުނު ކަމަށްވެ އެވެ.
-
ލައިވް ކަވަރޭޖު - މާލޭގެ ގަރާޖެއްގައި ރޯވެ 10 މީހަކު މަރުވެއްޖެ
ކޮމެންޓް (2)
ސަލީމު
ލިމާން