މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި ގަރާޖެއްގައި އަލިފާން ރޯވި ސަރަހައްދުގައި ފަޔަ އެންޑް ރެސްކިއު ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ފިހުނު މީހާގެ ހާލު ރަނގަޅު؛ ވޯޑަށް ބަދަލުކޮށްފި: އައިޖީއެމްއެޗް

މިހާރު އޭނާ ވެންޓިލޭޓަރުން ނަގައިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނޭ

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން ހާލު ސިރިއަސްވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 9 ވަނަ ދުވަހުގެ ރޭ، ނިރުފެހި ގޭގެ ގަރާޖުގައި ރޯވެ، 10 މީހުން މަރުވި މި ހިތާމަވެރި ހާދިސާގައި ފަރުވާ ދެމުން ދިޔައީ އެންމެ މީހަކަަށެވެ. އޭނާއަށް މިހާތަނަށް ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުުގެ އެހީގައި އައިސިޔޫގަ އެވެ.

ތަފްސީލު - އައިޖީއެމްއެޗްގެ ކަސްޓަމާ ސާވިސް އޮފިސަރު ހަސަން ސާޖިދު މިއަދު 'ދައުރު'އަށް ވިދާޅުވީ މިހާރު އެ މީހާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ.

"ޕޭޝަންޓް ހާލު އަންނަނީ ރަނގަޅުވަމުން. މިހާރު ކުރިއަށް ވުރެ ހާލު ރަގަނޅު. ރޭ އޭނާ ވަނީ ވޯޑަށް ބަދަލުކޮށްފައި،" ސާޖިދު ވިދާޅުވި އެވެ.

އެނގުން މުހިންމު - މި ހާދިސާގައި މަރުވި އެންމެގެ ހަށިގަނޑު މިހާރު ވަނީ އެ މީހުންގެ ގައުމަށް ފަޮނުވާލާފަ އެވެ. މަރުވެފައި ވަނީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. އެއީ:

  • އިންޑިއާގެ ފަސް ފިރިހެނުން އަދި ތިން އަންހެނުން  

  • ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެއް

އަލިފާން ރޯވާން ދިމާވި ސަބަބަކާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުން އަދި އެއްޗެއް ބުނެފައި ނުވާއިރު، ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް (2)

ދިޔާނާ

20 ނޮވެމްބަރު 2022
އަލްހަމްދުލިއްލާހް
0 0

ފަރޫ

20 ނޮވެމްބަރު 2022
އަލްހަމްދުލިﷲ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް