ފިއްލަދޫގެ ދައްޕަރު ސަރަހައްދު: ފިއްލަދޫ އުތުރުކޮޅުގައި އޮންނަ މި ސަރަހައްދު އެ ރަށުގެ އިހުތިސޯސުން ވަކިކުރީ އޮގަސްޓް 29 ގައި.
ދައްޕަރު އަނބުރާ ފިއްލަދޫއާ ހަވާލުކުރަން ރައީސް ނިންމަވައިފި
ހއ. ފިއްލަދޫގެ ދައްޕަރު ސަރަހައްދު، ފިއްލަދޫގެ އިދާރީ އިހުތިސޯސްގެ ދަށުން ވަކިކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، ދައްޕަރު އަނބުރާ ފިއްލަދޫއާ ހަވާލުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.
މައްސަލައިގެ ފެށުން - ފިއްލަދޫ އުތުރުކޮޅުގައި އޮންނަ ދައްޕަރު އެ ރަށުގެ އިހުތިސޯސުން ވަކިކޮށްފައިވަނީ އޮގަސްޓް 29 ގަ އެވެ. އެ ނިންމުމާ އެކު ސަރުކާރުން އާންމުކުރި ގަރާރުގައި ދައްޕަރު ހިމަނާފައިވަނީ ރިސޯޓު ތަރައްގީ ކުރާ ރަށެއްގެ ގޮތުގަ އެވެ.
މި މައްސަލަ ބޮޑުވެ، އެ ރަށުގެ ބަޔަކު އިސް ނަގައިގެން "ސޭވް ދައްޕަރު"ގެ ނަމުގައި ކެމްޕޭނެއް ފަށައި ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ދައްޕަރު ވަކިކުރަން ނިންމި ނިންމުން އަނބުރާ ގެންދަން މިއަދު ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
"ރައީސްގެ އެންމެ މުހިންމު ވިސްނުންފުޅަކީ ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް، އެ ނިޒާމުގެ ތެރެއިން ރަށްތަކުގެ ރައްޔިތުން ބާރުވެރިކުރުވުން. އެހެންކަމުން، ފިއްލަދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް މިކަމުގައި އުޅޭތީ ރައީސް ނިންމެވީ އެ ރައްޔިތުން އެދޭ ގޮތަށް، ފިއްލަދޫގެ ބައެއްގެ ގޮތުގައި ދައްޕަރު ބާއްވަން،" މަބްރޫކް 'ދައުރު'އަށް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން -
ކޮމެންޓް (5)
ދައްޕަރު
ކަމާލު
ފަހީމް
ސާލިމް
ޑޮނަލްޑް