ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ދަނީ: އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް މައްސަލައެއް ވަނީ ހުށަހަޅައިފައި. (ފޮޓޯ/ މިވެށި)

ތިމާވެށި

ގުޅީފަޅު މަޝްރޫއު ހުއްޓުވަން ހުށަހެޅި މައްސަލަ ޝަރީއަތަށް

މައްސަލައިގައި ބުނެފައި ވަނީ އެ މަޝްރޫއަކީ ގެއްލުމާއި ފައިދާ އެކަށީގެންވާ މިންވަރަށް މިނެކިރުމެއް ނެތި ކުރަމުންގެންދާ، ރާއްޖޭގެ ގާނޫނުތަކާ ހިލާފު މަޝްރޫއެއް ކަމަށް
12 އޮކްޓޯބަރު 2021

ކ. ގުޅީފަޅުން ބައެއް ހިއްކަން ފަށާފައިވާ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް ވެއްދި މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ނިމި ޝަރީއަތުން މައްސަލަ ބަލަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ މަޝްރޫއުގެ ސަބަބުން ތިމާވެށި އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ވެސް ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅީ:

  • އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރު

މި މައްސަލަ ރައްދުވަނީ:

  • ޕްލޭނިން މިނިސްޓްރީ 

  • އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ 

  • އެންވަޔަރަމެންޓް މިނިސްޓްރީ

ތަފްސީލް - އެ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާގެ ފުރަތަމަ އަޑުއެހުން ބޭއްވީ 23 ސެޕްޓެމްބަރުގަ އެވެ. އަދި މިއަދު ވަނީ އެ މަރުހަލާގެ އަޑުއެހުންތައް ނިންމާލައިފަ އެވެ.

ހުމައިދާ ބުނީ މިއަދު އޮތް އަޑުއެހުމުގައި ދައުލަތުން ނިންމާފައިވާ ގޮތް ހިއްސާކުރުމަށް ކޯޓުން އެދުމުން، މައްސަލައިގެ ލިޔެކިއުންތައް ބެލުމަށް ފަހު މައްސަލައިގެ ބާވަތުން ޑިސްޕިއުޓް މަރުހަލާގައި ގޮތެއް ނިންމެން ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި ކަމަށެވެ. އެހެންކަމުން، ޝަރީއަތުން މައްސަލައަށް ގޮތެއް ނިންމުމަށް ޝަރުއީ މަރުހަލާއަށް ފޮނުވުމަށް ދައުލަތުން އެދޭ ކަމަށް ވެސް ވަކީލު ވިދާޅުވި ކަމަށް ހުމައިދާ ބުންޏެވެ.

އެއީ ހުމައިދާގެ ފަރާތުން ވެސް ބޭނުންވާ ގޮތް ކަމަށްވާތީ، ދެ ފަރާތުން އެއްބަސްވެ، މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފެށުން އަވަސްކޮށްދިނުމަށް އެދުނެވެ.

އެނގުން މުހިންމު - މާލެ އާއި ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖާ އެކު ގުޅީފަޅުގައި އިންޓަނޭޝަނަލް ޕޯޓެއް ގާއިމުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ގުޅީފަޅު ހިއްކުމަށް ފަހު އެ ތަނުން މާލޭގެ ރައްޔިތުންނަށް 1،200 ބިން ދޫކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.  

ހުމައިދާ ބުނީ، އެ މަޝްރޫއަކީ އެކަށީގެންވާ މިންވަރަށް ކަންކަން ނުބަލާ އަދި ވަގުތާއި ހާލަތާއި ގެއްލުމާއި ފައިދާ އެކަށީގެންވާ މިންވަރަށް މިނެކުރުމެއް ނެތި ކުރަމުންގެންދާ، ރާއްޖޭގެ ގާނޫނުތަކާ ހިލާފު މަޝްރޫއުއެއް ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. މަޝްރޫއު ހުއްޓުވަން އޭނާ ކޯޓަށް ދިޔައީ އެހެންވެ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް