މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފެންމަތިވުމާ އެކު މިދިޔަ އަންގާރަ ދުވަހު އޭނާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އަލްހާނުގެ 'ޕޮންޒީ ސްކީމު'ގެ މައްސަލަ އެމްއެމްއޭއިން ފުލުހަށް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހްމީ އިސްވެ ހުންނަވައި ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ، މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވަން މަރުކަޒީ ބޭންކުގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން އިއްޔެ ފުލުހުންނަށް ރަސްމީކޮށް ހުށަހަޅައިފި އެވެ.
މައްސަލައިގެ ފެށުން - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމެއްގެ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ލިބި، އެއާ މެދު ސަމާލުވާން މި މަހުގެ ކުރީކޮޅު ވަނީ އެދިފަ އެވެ.
-
އިތުރަށް ކިޔާލަން - ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާތީ ސަމާލުވާން އެމްއެމްއޭއިން އެދިއްޖެ
އެއީ ސީދާ ކޮން ސްކީމެއްކަން އެމްއެމްއޭއިން ނުބުނި ނަމަވެސް، އަލްހާން އާއި އޭނާގެ ކޮއްކޮ، މީޑިއާ ކައުންސިލްގެ މިހާރުގެ ރައީސް ޝަހުބާން ފަހުމީ ހިއްސާދާރުންގެ ގޮތުގައި ތިއްބެވި 'ކިންގްސް ކެޕިޓަލް ހޯލްޑިންސް'ގެ އެކައުންޓް ހަމަ އެ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ފްރީޒްކޮށްފަ އެވެ.
-
އިތުރަށް ކިޔާލަން - އަލްހާން ހިންގި ސްކީމެއް ހުއްޓުވައި އެކައުންޓުތައް ފްރީޒް ކޮށްފި
މި ސްކީމް ހުއްޓުވި އިރު:
-
1،600އެއްހާ މީހުން ބައިވެރިވެފައިވޭ
-
ގާތްގަނޑަކަށް 70 މިލިއަނެއްހާ ރުފިޔާ އިންވެސްޓުކޮށްފައިވޭ
ވީ ކިހިނެއް؟ - އަލްހާނުގެ ސްކީމުގެ މައްސަލަ އެފްއައިޔޫގެ ސަމާލުކަމަށް އެންމެ ފުރަތަމަ އައީ، އެނގިފައިވާ ގޮތުގައި، ބީއެމްއެލްއިން ސަސްޕިޝިއަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރު)އެއް އެ ޔުނިޓަށް ފޮނުވުމުންނެވެ. އެފްއައިޔޫއިން މި މައްސަލަ ބެލުމަށް ފަހު އިއްޔެ ފުލުހަށް ހުށަހަޅާފައި ވާކަން އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.
ނަމަވެސް، މި މައްސަލައިގައި އެމްއެމްއޭއިން ވަކި އެއްޗެއް ނުބުނެ އެވެ. އެ އޮތޯރިޓީން ބުނީ ކުރިން އާންމުކޮށްފައިވާ ބަޔާން ފިޔަވައި މި މައްސަލައިގައި އިތުރު ކޮމެންޓެއް އަދި ނެތް ކަމަށެވެ.
ފުލުހުންގެ ބަސް - ފުލުހުން މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުގައި، އަލްހާނު ހިންގެވި ސްކީމުގެ މައްސަލަ ބެލޭނެތޯ އެ އިދާރާއިން އަންނަނީ ބަލަމުންނެވެ.
އެފްއައިޔޫއިން މައްސަލަ ހުށަހެޅުމުން ފުލުހުން މިހާތަނަށް އެ މައްސަލަ ބަލަން ފަށާފައިވޭތޯ މިއަދު ކުރި ސުވާލަށް ފުލުހުން އަދި ވަކި ޖަވާބެއް ނުދެ އެވެ.
އިތުރަށް ކިޔާލަން -