ސެނެގޯލްގެ ގާނޫނު ހަދާ ކުރިމަތީގައި މީހަކު ސެނަގޯލްގެ ދިދަ ހިފައިގެން (ފޮޓޯ/ އޭއެފްޕީ)

ސެނެގާލް

މާބަނޑު މެންބަރެއްގެ މޫނުގައި ޖެހި ދެ މެމްބަރަކު 6 މަހަށް ޖަލަށްލައިފި

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާބަނޑު އަންހެން މެންބަރެއްގެ ގަޔަށް އަތްލައި މަރާމާރީ ހިންގައި މޫނުމަތީގައި 'ތަފާލެއްއެޅި، ސެނެގާލްގެ ދެ މެމްބަރަކު ހަ މަހަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ. އެ މީހުންގެ މައްޗަށް ހުކުމް ކުރީ މަޖިލީހުގައި ހިނގި ޒުވާބެއް ހޫނުވެ، އެއް ފަރާތުން އަނެއް ފަރާތަށް ދިން ބަހުގެ ހަމަލާތަކެއް ހޫނުވެ، ކޮންޓްރޯލުން ނައްޓައި އަތް އިސްކޮށް މަރާމާރީ ހިންގުމުގެ ސަބަބުންނެވެ.

މިދިޔަ ހޯމަ ދުވަހު ޑަކަރް ކޯޓުން ކުރި ހުކުމުގައި ވަނީ އިދިކޮޅު ޕާޓީ، ފޯ ޔުނިޓީ އެންޑް ރެލީ (ޕީޔޫއާރު)ގެ އަމަޑޫ ނިއާންގް އާއި މަސާޓާ ސަމްބް، ވެރިކަން ކުރާ ބެނޯ ބޮކް ޔަކާރު ކޯލިޝަންގެ މެމްބަރު އެމީ އެންޑިއޭ ގްނީބީއަށް ބަދަލުގެ ގޮތުގައި 8،144 ޑޮލަރު ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.

ސެނެގާލް ހައިރާންކޮށްލި ހަލަބޮލި ޓީވީ މަންޒަރެއްގައި ސަމްބް ވަނީ، ނޭޝަނަލް އެސެމްބްލީގައި ބަޖެޓް ބަހުސް ކުރަމުން ދަނިކޮށް ގްނީބީގެ މޫނުގައި ތަޅައިގަނެ، އޭނާއަށް ފާޑުކިޔައި އޭނާ ދެއްކެވި ވާހަކަތަކަށް ފުރައްސާރަ ކޮށްފަ އެވެ.

އެއަށް ރައްދުދީ ގްނީބީ ވަނީ ސަމްބްއާ ދިމާލަށް ގޮނޑި ހޫރާލައިފަ އެވެ. އެއާ އެކު އެހެން މެމްބަރަކު ގްނީބީ ބިންމައްޗަށް ވައްޓާލުމަށް ފަހު ނިއާންގް ވަނީ އޭނާގެ ބަނޑުގައި ތަޅައިގެންފަ އެވެ.

ސެނެގާލްގައި ޖުލައި މަހު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕާޓީއަށް އަގުލަބިއްޔަތު ގެއްލުމުން އުފެދުނު ސިޔާސީ ނުތަނަވަސްކަން އެ ތަޅާފޮޅުމުގެ ސަބަބުން ވަނީ އިތުރަށް ގޯސްވެފަ އެވެ.

އަދި ގައުމުގެ ހަމަނުޖެހުންތަކާ އެކު، ރައީސް މެކީ ސަލް ތިން ވަނަ އިންތިހާބެއް ކާމިޔާބުވެދާނެ ކަމާ ދޭތެރޭ ވަނީ ސުވާލުއުފެދިފަ އެވެ. އަދި ރައީސް ތިން ވަނަ ދައުރަކަށް ކުރިމަތި ލެއްވުމަކީ، ދައުރު ލިމިޓް ކުރުމަށް ކުރިން ވެފައިވާ ވައުދާ ހިލާފު ފިޔަވަޅެއް ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

ސަލް،60، ވަނީ އަލުން ވާދަކުރައްވަން ގަސްދުކުރައްވާކަން ސާފުކޮށް ވިދާޅުވާން ދެކޮޅު ހައްދަވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް