ދިވެހި ޓޫރިޒަމްގެ ފެށުން
ދިވެހި ތިން ޒުވާނަކާއި އިޓަލީގެ ޓްރެވަލް އެޖެންޓަކު ގުޅިގެން ފެބްރުއަރީ 1972ގައި ރާއްޖެއަށް ގެނައި އިޓަލީގެ ނޫސްވެރިންނާއި ފޮޓޯގްރާފަރުންގެ ޓީމަކީ އިންތިޒާމީ ގޮތެއްގައި ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ޓޫރިސްޓުން
16 ޖެނުއަރީ 2022
އެއީ ޖޯޝް ހުރި، ހަރަކާތްތެރި ޒުވާނުންނެވެ. ހޭލުންތެރި އަދި އެ ދުވަސްވަރުގެ ނިސްބަތުން، ތައުލީމީ ޒުވާނުން ވެސް މެ އެވެ.
އެ މީހުންނަށް ފެނުނީ މަސްވެރިންގެ ރަށްފުށަކަށް ވުރެ ފުޅާ ރަށްފުށެކެވެ. އެ މީހުންނަށް ފެނުނީ ސްރީ ލަންކާއަށް އެ މަސްކޮޅު ކިރެންޏާ ކިރުނު، ނުކިރެންޏާ ގާތްގަނޑަކަށް ދިވެހިން ބަނޑަށް ޖެހުން ވެސް އެކަށީގެންވާ ހާލުގައި އޮތް ގައުމަށް އެއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިދާނެ ގޮތެކެވެ.
އެ މީހުން ހުޅުވާލަދިނީ މުޅި ގައުމެވެ. ދުނިޔެއަށް ފޮރުވިފައި އޮތް ރީތިކަމެކެވެ. ޔޫރަޕްގެ ލާރި ހުރި މީހުން، ހޫނުގައި ޗުއްޓީ ހޭދަކޮށްލާނެ، މޫދަކާއި ދޮން ވެލިގަނޑެކެވެ.
އިތުރަށް ކިޔާލަން -