ތާރީހު

ވެލެންސިއާ ތަށި ހޯދި ތާރީހީ މެޗު

12 އޮކްޓޯބަރު 2023
1

ސާފް ގޭމްސްގެ ފައިނަލަށް ގޮސް، ރިހި މެޑެލް ހޯދައި، ދިވެހި ފުޓްބޯޅައިގެ އެންމެ ބޮޑު ކާމިޔާބީން ދިވެހިންގެ ހިތް އުފަލުން ބަންޑުންކޮށްލީ 29 ޑިސެމްބަރު 1991ގަ އެވެ. ގައުމީ ފުޓްބޯޅަ ޓީމު، ކޮލަމްބޯގައި ސަރަހައްދުގެ އެހެން ގައުމުތައް ހައިރާންކޮށްލި އިރު، ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ވެލެންސިއާއިން، އެހެން ކަމެއް، ފަރުދާގެ ފުރަގަހުގައި ކުރަމުން އަ އެވެ؛ ކުޅުންތެރިންނަށް މަހު މުސާރަ ދީގެން ކުޅުވާ ފުރަތަމަ ކްލަބަށް ވުމުގެ ފަހު މަސައްކަތްތަކެވެ.

އާ އަހަރު، 1992، ފެށުމާ އެކުހެން، އޭރުގެ އެންމެ ބޮޑު ނޫސް 'ހަވީރު'ގެ ކުޅިވަރު ސަފުހާގެ މައިގަނޑު ސުރުހީތަކަށް ވީ އޭގެ ހަބަރުތަކެވެ. ވިކްޓަރީގެ ދޮންބިލެތް އަހުމަދު ހަލީމާއި މައުރޫފް އަހުމަދު (މާއްޓޭ) އާއި އަލީ ސުޒެއިން ފަދަ ކުޅުންތެރިން ވެލެންސިއާއަށް ގަތް ވާހަކަ އެވެ. އޭގެ ފަހުން ނިއު ރޭޑިއަންޓްގެ އެއް ތަނބު، މޫސާ މަނިކު (ކުޑަމޫސަ)، ބޮޑު އަގުގައި ސޮއިކުރި ހަބަރެވެ.

ކޮމެންޓް (1)

ވެލެންސިއާ ފޭން

20 އޮކްޓޯބަރު 2023
ނެތްތަ މިމެޗުގެ ފޫޓޭޖް ވެސް މި ޚަބަރަށް ވައްޓާލެވޭކަަށް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް