މުއިއްޒުގެ 'ރިޔާސީ ވާހަކަ'

25 ސެޕްޓެމްބަރު 2023

ނާގެ ސަރުކާރެއްގައި ސިޔާސީ ބޭނުމުގައި މީހަކަށް އަނިޔާވެރި ނުވާނެ ކަމަށާއި ވާދަވެރިއަކު ވެސް ސިޔާސީ ގޮތުން ޖަލަށް ނުލާނެ ކަމުގެ ޔަގީންކަން، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ވާދަވެރިން މުއިއްޒަށް އަމާޒުކުރާ އެންމެ ބޮޑު ފާޑުކިޔުމަކީ، މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ، ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި އޮތް ކަމަށް ބުނާ އަނިޔާވެރިކަން އަނެއްކާވެސް އިއާދަވާނެ ކަމަށެވެ. އެގޮތުން، މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި އެ ސަރުކާރުގައި ސިޔާސީ ލީޑަރުން ޖަލަށްލީ ގޮތަށް، މުއިއްޒުގެ ވެރިކަމުގައި ވެސް ވާދަވެރިން ޖަލަށްލާނެ ކަމަށް ތުހުމަތު ކުރެ އެވެ.

'ދައުރު'ގެ 'ރިޔާސީ ވާހަކަ' ޕްރޮގްރާމްގެ ފަސް ވަނަ އެޕިސޯޑްގައި ބައިވެރިވެވަޑައިގެން، މުއިއްޒު ވަނީ އެ އަމާޒު ކުރާ ފާޑުކިޔުންތަކަށް ޖަވާބު ދެއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް