ރޯދަ މަސް

ރޯދަ ކުރުކުރުން

23 އޭޕްރީލު 2023

ދިވެހިރާއްޖޭގެ އަޑުގެ އިމާރާތަށް ވަން އިރު އެތަނުގައި، މީގެ އަހަރުތަކެއް ކުރިން ފެނުނު ކަހަލަ 'ދިރުމެއް ނެތެ'ވެ. ހީވަނީ ތަން ތަޅާލަން، ނޫނީ މަރާމާތެއް ކުރަން ތައްޔާރުވަމުން ދާހެންނެވެ. މި ތަނުގައި ބަޔަކު އުޅޭ ބާވައޭ ވެސް ހީވެ އެވެ.

މަތިން ތިރިއަށް ފޭބި އަންހެން މުވައްޒަފަކު އަޅުގަނޑުމެން ގެންދިޔައީ އެންމެ މަތީ ބުރިއަށެވެ. އެހާ ހިސާބުން 'ދިވެހިރާއްޖޭ އަޑު'ގެ އިހުސާސްތައް ކުރެވެން ފެށި އެވެ. ޕްރޮގްރާމެއް ކުރިއަށް ދާކަން އެނގޭ ނިޝާން، ސްޓޫޑިއޯގެ ބޭރުން ފެނުނެވެ. ސްޓޫޑިއޯއާ ޖެހިގެން އޮތް ބޮޑު ހޯލެއްގައި، މުވައްޒަފުންގެ މޭޒުތައް ހުއްޓެވެ. ބައެއް މުވައްޒަފުން ތިބީ މަސައްކަތުގަ އެވެ.

މާ ގިނަ އިރެއްނުވެ، އަޅުގަނޑު އިނީ، ސްޓޫޑިއޯގެ ދެ ހުށައެޅުންތެރިންނާ އެކު، އެއް މޭޒެއްގަ އެވެ. ގަޑިން 4:15 ވީ އެވެ. ޖަހަން ފެށި ރާގުކޮޅާ އެކު އެތައް އަހަރެއް ކުރީގެ ހަނދާންތައް އައިސް ވަށާލި އެވެ. އަޅުގަނޑު ކުޑައިރު، 1980ގެ އަހަރުތަކުގެ މެދުތެރެ ނުވަތަ 80ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ވެސް، ރޯދަމަހުގެ ކޮންމެ ހަވީރެއްގައި ދިވެހިންގެ ކަންފަތަށް "ރޯދަ ކުރުކުރުން' މި ބަސްކޮޅު ހުންނަނީ އިވިއިވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް