ފެޝަން

ވިޑިއޯ: ހިޖާބް ސްޓައިލް، ދަ އޮޒް ކަލެކްޝަނާ އެކު

ޝިފޯން ބުރުގާ ފަސޭހައިން ރީތިކޮށް އަޅާލާނެ ގޮތް މި ވީޑިއޯއިން ފެންނާނެ
15 އޭޕްރީލު 2023

ޝިފޯން ފޮއްޗަކީ ބުރުގާ އަޅަން އެންމެ ފަސޭހަ ފޮއްޗެއް ނޫނޭ ބުނުން ދޮގަކަށް ނުވާނެ އެވެ. މަޑުކޮށް ތުނިކޮށް ހުންނަ މި ފޮއްޗަކީ ބަލާލަން ރީތި އެކަމަކު ސްޓައިލު ކުރަން އުނދަގޫ އެއްޗެކެވެ. އެކަމަކު މިފަހުގެ ޓެކްސްޓައިލް އުފެއްދުންތަކުގެ ސަބަބުން، ތުނިވިއަސް އެތެރެ ނުފެންނަ އަދި މަޑުވިއަސް ސްޓައިލުކޮށް ދަތި ހަރުކުރަން ފަސޭހަ ޝިފޯން ފޮތި އާއްމުވާން ފަށައިފި އެވެ. 

ރާއްޖޭގައި ވިޔަފާރި ކުރަމުން އަންނަ ހިޖާބް ބްރޭންޑު ދަ އޮޒް ކަލެކްޝަންގެ ޝިފޯން ބުރުގާ އަޅާލެވޭނެ ރީތި އަދި ފަސޭހަ ސްޓައިލެއް މި ވިޑިއޯއިން ފެންނާނެ އެވެ.

މޮޑެލް ނައީޝާ މި ވިޑިއޯގައި ދައްކައިދެނީ ދަ އޮޒް ކަލެކްޝަނުގެ 'އޮފް ވައިޓް' ކުލައިގެ ބުރުގާ އެވެ. މި ގޮތަށް ބުރުގާ އަޅާލަން ނަގަނީ އެންމެ ތިން މިނެޓެވެ. ބޭނުންވާނީ މެގްނެޓިކް ދައްޗަކާއި އާދައިގެ ޕިން އެކެވެ.

ބުރުގާ އެޅުމުގެ ކުރީން އަންޑާކެޕް އަދި ހިޖާބް ވޮލިއުމައިޒާ ބޭނުންވާނެ އެވެ. 

މި ވީޑިއޯގައި މި ގެނެސްދެނީ ކޮންމެ މުނާސަބަތަކާ ވެސް ގުޅޭ ބުރުގާ ސްޓައިލެކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް