
ބީއެޗްއެމްގެ ރީޓެއިލް ފިހާރައެއް ހުޅުވައިފި
އެ ފިހާރަ ހުޅުވީ ބީއެޗްއެމް އިން ވިއްކާ އުފެއްދުންތައް ރީޓެއިލް ކަސްޓަމަރުންނަށް ތަޖުރިބާކުރެވޭނެ ގޮތަށް
9 މާރިޗު 2023
ބީއެޗްއެމް ޓްރޭޑާސްގެ ރީޓެއިލް ކަސްޓަމަރުންނަށް ހާއްސަ ފިހާރައެއް ބާޒާރުމަތީގައި މިއަދު ހުޅުވަައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު އެ ފިހާރަ ހުޅުވައިދެއްވީ ބީއެޗްއެމްެގެ ވެރިޔާ ހުސައިން މޫސާ އެވެ.
ތަފްސީލު - އާ ފިހާރައާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެޗްއެމްގެ ބިޒްނަސް ޑިވެލޮޕްމެންޓު މެނޭޖަރު އިބްރާހިމް މައުމޫން ވިދާޅުވީ، ކޮވިޑުގެ ކުރިން ބީއެޗްއެމް އިން ބާޒާރުމަތީ ހިންގި އެ ފިހާރަ ރީޓެއިލް ވިޔަފާރިއަށް ހާއްސަކޮށް އަލުން ހުޅުވީ އެ ކުންފުނީގެ ރީޓެއިލް ކަސްޓަމަރުންނަށް އެ ކުންފުނިން ވިއްކާ އުފެއްދުންތައް ތަޖުރިބާކުރެވޭނެ ގޮތަށް ވިސްނައިގެން ކަމަށެވެ.
-
އިތުރަށް ކިޔާލަން - ބީއެޗްއެމްގެ ރީޓެއިލް ފިހާރައެއް ބާޒާރުމަތީގައި ހުޅުވައިފި
ކޮމެންޓް