Majlis 2024

ބީއެޗްއެމްގެ ރީޓެއިލް ފިހާރައެއް ބާޒާރުމަތީގައި ހުޅުވައިފި

އެ ފިހާރަ ހުޅުވީ ބީއެޗްއެމް އިން ވިއްކާ އުފެއްދުންތައް ރީޓެއިލް ކަސްޓަމަރުންނަށް ތަޖުރިބާކުރެވޭނެ ގޮތަށް

ބީއެޗްއެމް ޓްރޭޑާސްގެ ރީޓެއިލް ކަސްޓަމަރުންނަށް ހާއްސަ ފިހާރައެއް ބާޒާރުމަތީގައި މިއަދު ހުޅުވަައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު އެ ފިހާރަ ހުޅުވައިދެއްވީ ބީއެޗްއެމްެގެ ވެރިޔާ ހުސައިން މޫސާ އެވެ.

ތަފްސީލު - އާ ފިހާރައާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެޗްއެމްގެ ބިޒްނަސް ޑިވެލޮޕްމެންޓު މެނޭޖަރު އިބްރާހިމް މައުމޫން ވިދާޅުވީ، ކޮވިޑުގެ ކުރިން ބީއެޗްއެމް އިން ބާޒާރުމަތީ ހިންގި އެ ފިހާރަ ރީޓެއިލް ވިޔަފާރިއަށް ހާއްސަކޮށް އަލުން ހުޅުވީ އެ ކުންފުނީގެ ރީޓެއިލް ކަސްޓަމަރުންނަށް އެ ކުންފުނިން ވިއްކާ އުފެއްދުންތައް ތަޖުރިބާކުރެވޭނެ ގޮތަށް ވިސްނައިގެން ކަމަށެވެ.

ބީއެޗްއެމް ޓްރޭޑާސްގެ ބިޒްނަސް ޑިވެލޮޕްމެެންޓް މެނޭޖަރު މީޑިއާއާ ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

"މިއަދު އަޅުގަނޑުމެން މި ފިހާރަ މި ހުޅުވީ ރީޓެއިލްއަށް ބޮޑަށް އަމާޒުކޮށްގެން. މިއީ އަނެއްހެން ބުނަންޏާ ރީޓެއިލް [ފިހާރައެއް] އަދި ޝޯރޫމެއް. ރީޓެއިލް ކަސްޓަމަރުންނަށް ވަރަށް ބޮޑު އެކްސްޕީރިއަންސްއަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ބީއެޗްއެމްގެ ތިން ވަނަ ފިހާރަ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ބީއެޗްއެމް ޓްރޭޑާސްގެ ފިހާރައެއް މާލޭގައި ހުޅުވުން ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
  • ބީއެޗްއެމް އިން ރާއްޖެ އެތެރެކޮށް ވިއްކާ 10 ބްރޭންޑުގެ އުފެއްދުންތައް ވެސް މިއަދު ހުޅުވި ފިހާރައިން ލިބޭނެ

  • ކަސްޓަމަރުންގެ މެދުގައި މަގުބޫލު ދަޅުކާނާ ވެސް ލިބޭނެ

  • ރޯދައަށް ހާއްސަކޮށް ކަނދުރު ވެސް ލިބޭނެ

ބީއެޗްއެމް ޓްރޭޑާސްގެ ފިހާރައެއް މާލޭގައި ހުޅުވުން ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
ބީއެޗްއެމް ޓްރޭޑާސްގެ ފިހާރައެއް މާލޭގައި ހުޅުވުން ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

އެނގުން މުހިއްމު - ބީއެޗްއެމް އިން މިއަދު ހުޅުވި ފިހާރައާ އެކު އެ ކުންފުނީގެ ދެ ފިހާރަ މާލޭ ބާޒާރުމަތީ ހުންނާނެ އެވެ. އެއީ މައި ހޯލްސޭލް ފިހާރަ އާއި މިއަދު ހުޅުވި ރީޓެއިލް ޝޯރޫމް އެވެ. ބީއެޗްއެމްގެ އޮންލައިން ފިހާރަ، ސްޓޯ.ބީއެޗްއެމް މެދުވެރިކޮށް ވެސް އެ ކުންފުނިން ވިއްކާ އުފެއްދުންތައް ލިބޭނެ އެވެ.

ބީއެޗްއެމް އިން ރާއްޖެ އެތެރެކޮށް ވިއްކާ ބްރޭންޑުތަކުގެ ތެރޭގައި:

  • ފޯސްޓާކްލާކްސް

  • ކިންގް

  • ކޯސްޓް

  • އަކްބަރު

  • ޑަޗްލޭޑީ

  • ހޯސެން

  • މޮކޯނާ

  • ސުޕާ

  • ޗިކީ ޗަންކް

  • ޔޭޔޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް