ޝިއަވޯމީގެ އާ އޮޕްޓިކަލް ޓެކްނޮލޮޖީ: ފޯނުތަކުގައި ހުންނަ އުނދަގޫ ކެމެރާ ބަމްޕް އެއްކޮށް ނައްތާލުމަށް އަމާޒުކޮށްގެން ޝިއަވޯމީ އިން ނެރެފައިވާ އާ މޮޑިއުލް ފޮޓޯގްރަފީ ސިސްޓަމް، 3 މާޗް 2025.

ބާސެލޯނާގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސް 2025 ގައި ޓެކްނޮލޮޖީ ދާއިރާގެ ކުރިއެރުންތައް ފާހަގަކޮށްލެވޭ

މޮބައިލް ވޯލްޑް ކޮންގްރެސްގައި ހުވާވޭ އިން މޭޓް އެކްސްޓީ، ދުނިޔޭގެ ފުރަތަމަ ޓްރިޕަލް-ފޯލްޑަބަލް ފޯނު ތައާރަފްކޮށްފި. 10.2-އިންޗީގެ 3ކޭ އޯލެޑް ޑިސްޕްލޭއާއި ވަރުގަދަ ކެމެރާ ސިސްޓަމާއެކު، މި ފޯނު އަމާޒުކޮށްފައިވަނީ މޮބައިލް ބޭނުންކުރާ ގޮތް އާ ފެންވަރަކަށް ގެންދިއުމަށް.
4 މާރިޗު 2025

މުހިންމު ނުކުތާތައް

ލެނޯވޯގެ ތިންކްބުކް ފްލިޕް އޭއައި ޕީސީ ކޮންސެޕްޓް

އިންފިނިކްސްގެ ސޯލާ ޗާޖިން އާއެކު ކޮންސެޕްޓް ފޯންތައް

ސެމްސަންގް ގެ އޭއައި-އެންހޭންސްޑް ގެލެކްސީ އޭ ސީރީޒް

ބާސެލޯނާގައި މިހާރު ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ) 2025 ގައި އެތައް ވައްތަރެއްގެ އާ މޮބައިލް އަދި ޓެކް ގެޖެޓްތައް ވަނީ ދައްކާލާފަ އެވެ. މިގޮތުން އިންޑަސްޓްރީއަށް އަންނަމުންދާ ހަލުވި ކުރިއެރުންތައް ފެންނަމުން ދިޔައެވެ. ތިރީގައި މިވަނީ އެންމެ ފާހަގަކޮށްލެވޭ ބައެއް ޕްރޮޑަކްޓްތަކުގެ ޚުލާސާއެކެވެ:

ޝިއަވޯމީގެ މޮޑިއުލާ ކެމެރާ އިނޮވޭޝަން

ޝިއަވޯމީ އިން ތައާރަފްކުރި އާ މޮޑިއުލާ ފޯން ކޮންސެޕްޓަކީ އާންމު ކެމެރާ ބަމްޕް ނައްތާލުމަށް އަމާޒުކުރެވިފައިވާ އުފެއްދުމެކެވެ. ޝިއަވޯމީ 15 އަލްޓްރާއަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ މި ޕްރޮޓޯޓައިޕްގައި ހިމެނެނީ 35-އެމްއެމް ލެންސް މޮޑިއުލްއެކެވެ.

  • ޝިއަވޯމީގެ އާ އޮޕްޓިކަލް ޓެކްނޮލޮޖީ: ފޯނުތަކުގައި ހުންނަ އުނދަގޫ ކެމެރާ ބަމްޕް އެއްކޮށް ނައްތާލުމަށް އަމާޒުކޮށްގެން ޝިއަވޯމީ އިން ނެރެފައިވާ އާ މޮޑިއުލް ފޮޓޯގްރަފީ ސިސްޓަމް، 3 މާޗް 2025.
  • ޝިއަވޯމީގެ އާ އޮޕްޓިކަލް ޓެކްނޮލޮޖީ: ފޯނުތަކުގައި ހުންނަ އުނދަގޫ ކެމެރާ ބަމްޕް އެއްކޮށް ނައްތާލުމަށް އަމާޒުކޮށްގެން ޝިއަވޯމީ އިން ނެރެފައިވާ އާ މޮޑިއުލް ފޮޓޯގްރަފީ ސިސްޓަމް، 3 މާޗް 2025.
  • ޝިއަވޯމީގެ އާ އޮޕްޓިކަލް ޓެކްނޮލޮޖީ: ފޯނުތަކުގައި ހުންނަ އުނދަގޫ ކެމެރާ ބަމްޕް އެއްކޮށް ނައްތާލުމަށް އަމާޒުކޮށްގެން ޝިއަވޯމީ އިން ނެރެފައިވާ އާ މޮޑިއުލް ފޮޓޯގްރަފީ ސިސްޓަމް، 3 މާޗް 2025.
  • ޝިއަވޯމީގެ އާ އޮޕްޓިކަލް ޓެކްނޮލޮޖީ: ފޯނުތަކުގައި ހުންނަ އުނދަގޫ ކެމެރާ ބަމްޕް އެއްކޮށް ނައްތާލުމަށް އަމާޒުކޮށްގެން ޝިއަވޯމީ އިން ނެރެފައިވާ އާ މޮޑިއުލް ފޮޓޯގްރަފީ ސިސްޓަމް، 3 މާޗް 2025.
  • ޝިއަވޯމީގެ އާ އޮޕްޓިކަލް ޓެކްނޮލޮޖީ: ފޯނުތަކުގައި ހުންނަ އުނދަގޫ ކެމެރާ ބަމްޕް އެއްކޮށް ނައްތާލުމަށް އަމާޒުކޮށްގެން ޝިއަވޯމީ އިން ނެރެފައިވާ އާ މޮޑިއުލް ފޮޓޯގްރަފީ ސިސްޓަމް، 3 މާޗް 2025.
  • ޝިއަވޯމީގެ އާ އޮޕްޓިކަލް ޓެކްނޮލޮޖީ: ފޯނުތަކުގައި ހުންނަ އުނދަގޫ ކެމެރާ ބަމްޕް އެއްކޮށް ނައްތާލުމަށް އަމާޒުކޮށްގެން ޝިއަވޯމީ އިން ނެރެފައިވާ އާ މޮޑިއުލް ފޮޓޯގްރަފީ ސިސްޓަމް، 3 މާޗް 2025.
  • ޝިއަވޯމީގެ އާ އޮޕްޓިކަލް ޓެކްނޮލޮޖީ: ފޯނުތަކުގައި ހުންނަ އުނދަގޫ ކެމެރާ ބަމްޕް އެއްކޮށް ނައްތާލުމަށް އަމާޒުކޮށްގެން ޝިއަވޯމީ އިން ނެރެފައިވާ އާ މޮޑިއުލް ފޮޓޯގްރަފީ ސިސްޓަމް، 3 މާޗް 2025.
  • މި ލެންސްގައި 100-މެގަޕިކްސެލް ލައިޓް ފިއުޝަން އެކްސް ޓައިޕް 4/3 ސެންސަރަކާއި ވޭރިއަބަލް އެޕާޗާއެއް ހިމެނެ އެވެ. މިއީ ލޯލައިޓް ފޮޓޯގްރަފީއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ޓެކްނޮލޮޖީއެކެވެ. ލެންސް ހަރުކުރެވެނީ މެގްނެޓިކް ގޮތަކަށް ކަމަށްވާއިރު، ޝިއަވޯމީގެ އަމިއްލަ ލޭޒަރލިންކް ޓެކްނޮލޮޖީ މެދުވެރިކޮށް އަވަހަށް ޑޭޓާ ޓްރާންސްފަރވެއެވެ. މިއީ ސްމާޓްފޯން ފޮޓޯގްރަފީގައި އައު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ސެމްސަންގް ގެ އޭއައި-އެންހޭންސްޑް ގެލެކްސީ އޭ ސީރީޒް

ސެމްސަންގް އިން 'އޭއައި ފޯ އޯލް' ޝިއާރުގެ ދަށުން އެ ކުންފުނީގެ މެދުފަންތީގެ ސްމާޓްފޯންތައް ކަމަށްވާ ގެލެކްސީ އޭ56، އޭ36 އަދި އޭ26 ތައާރަފްކޮށްފި އެވެ. މި ފޯނުތަކުގައި ހިމެނެނީ ވަރުގަދަ އޭއައި ފީޗާތަކެކެވެ. މީގެތެރޭގައި 'ސާކަލް ޓު ސާޗް' (އިމޭޖްތަކަށް ބިނާކޮށް ސާޗްކުރުން)، އޮޓޮމެޓިކް ޓެކްސްޓް ތަރުޖަމާކުރުން، އަދި ފޮޓޯތަކުން އޮބްޖެކްޓްތައް ނައްތާލުން ހިމެނެ އެވެ. ގެލެކްސީ އޭ56 ގެ އަގަކީ 479 ޔޫރޯ ކަމަށްވާއިރު، މި ފޯނުގައި 6.7-އިންޗީގެ ޑިސްޕްލޭއަކާއި 120 ހާޓްޒް ރިފްރެޝް ރޭޓަކާއި ލޯލައިޓް މާހައުލުތަކުގައި ފޮޓޯ ނެގުމަށް ޑިޒައިންކުރެވިފައިވާ ޓްރިޕަލް-ކެމެރާ ސެޓަޕެއް ހިމެނެ އެވެ.

އޮނާގެ އޭއައި-ޑްރިވަން އިކޯސިސްޓަމް

އޮނާ އިން އޮނާ ޔޫއައި އޭޖެންޓް ތައާރަފްކުރުމާއެކު، އޭއައި އިންޓަގްރޭޝަންގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. މި އޭއައި އޭޖެންޓަށް ސްކްރީނުގައި ހުންނަ ކޮންޓެންޓް ދެނެގަނެ އޭގެ މައްޗަށް ބިނާކޮށް މުޢާމަލާތްކުރުމާއި، ބޭރުގެ އޭޕީއައިތަކަކާ ނުލައި ރިޒަވޭޝަންތައް ހަދައިދިނުން ފަދަ ކަންކަން ކުރެވޭނެއެވެ. މީގެއިތުރުން، އޮނަރ އިން ފުޅާކޮށްފައިވަނީ މެޖިކްބުކް ޕްރޯ 14 ލެޕްޓޮޕެވެ. މި ލެޕްޓޮޕްގައި ހިމެނެނީ 3120x2080 އޯލެޑް ޑިސްޕްލޭއަކާއި އިންޓެލް ކޯ އަލްޓްރާ 9 ޕްރޮސެސަރ 285އެޗްއެވެ. އަދި ވޮޗް 5 އަލްޓްރާ ސްމާޓްވޮޗް ނެރެފައިވާއިރު، މި ވޮޗްގައި ޓައިޓޭނިއަމް ޑިޒައިނަކާއި 15 ދުވަހުގެ ބެޓެރީ ލައިފް ލިބެއެވެ.

އެޗްއެމްޑީ ގްލޯބަލްގެ ފެމިލީ-ސެންޓްރިކް ޑިވައިސްތައް

ނޮކިއާ ފޯންތައް އުފައްދާ ކުންފުންޏެއް ކަމަށްވާ އެޗްއެމްޑީ ގްލޯބަލް އިން ތަޢާރަފްކޮށްފައިވަނީ އެޗްއެމްޑީ ފިއުޝަން އެކްސް1 އެވެ. މިއީ ޓީންއޭޖަރުންނަށް ޚާއްޞަކުރެވިފައިވާ ސްމާޓްފޯނެކެވެ. އެކްސްޕްލޯރާއާ ގުޅިގެން ތައްޔާރުކުރެވުނު މި ފޯނުގައި ސަލާމަތީ ކަންތައްތަކަށް އިސްކަންދީފައިވާއިރު، ޕޭރެންޓަލް ކޮންޓްރޯލްތަކާއި ސޯޝަލް މީޑީއާއަށް ހަނިކުރެވިފައިވާ އެކްސެސްއަކާއި ރިއަލްޓައިމް ލޮކޭޝަން ޓްރެކިންގ ހިމެނެއެވެ.

  • މީގެއިތުރުން، އެފްސީ ބަރުސެލޯނާގެ ތީމްކުރެވިފައިވާ ފޯނުތަކެއްވެސް އެ ކުންފުނިން ނެރެފައިވެއެވެ. އެއީ އެޗްއެމްޑީ ބަރުސާ 3210 އަދި އެޗްއެމްޑީ ބަރުސާ ފިއުޝަން އެވެ. މި ފޯނުތަކުގައި ފޮޅުވަތްތައް މިލްކިއްޔާތުގެ އެކްސްކްލޫސިވް ކޮންޓެންޓްތައް ހިމެނެއެވެ. އަދި އެމްޕްޑް ބަޑްސް ކިޔާ ވަޔަރލެސް އިއަރބަޑްސްއެއްވެސް ތަޢާރަފްކޮށްފައިވެއެވެ. މީގެ ޗާޖިންގ ކޭސް މެދުވެރިކޮށް ކަމާގުޅޭ ސްމާޓްފޯންތަކަށް ވަޔަރލެސްކޮށް ޕަވަރ ދިނުމުގެ ޤާބިލުކަން ލިބެއެވެ.

އިންފިނިކްސްގެ ސޯލާ ޗާޖިން އާއެކު ކޮންސެޕްޓް ފޯންތައް

އިންފިނިކްސް އިން ސޯލާ ޗާޖިންގެ ގާބިލުކަމާއި، ޓްރިޕަލް-ފޯލްޑް ޑިޒައިނަކާއި ކުލަބަދަލުވާ ޓެކްނޮލޮޖީއާއެކު ކޮންސެޕްޓް ފޯންތަކެއް ހުށަހަޅައިފިއެވެ. މި އިނޮވޭޝަންތަކުން ދައްކުވައިދެނީ ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތަކާއި ތަފާތު ގޮތްގޮތަށް ބަދަލުކުރެވޭ ޑިވައިސް ޑިޒައިންތަކަށް އިންފިނިކްސްގެ އޮތް އިލްތިޒާމެވެ.

މޮބައިލް ވޯލްޑް ކޮންގްރެސް 2025 ގައި ފާހަގަކޮށްލެވުނީ އޭއައި، މޮޑިއުލަރ ކޮމްޕޯނަންޓްތައް އަދި ދެމެހެއްޓެނިވި ހައްލުތައް ފަދަ ޓެކްނޮލޮޖީތައް އެއްކޮށްލުމަށް އިންޑަސްޓްރީއިން ކުރާ މަސައްކަތްތަކެވެ. މިއީ ކުރިއަށް އޮތް ޖީލުގެ މޮބައިލް އަދި ޓެކް ގެޖެޓްތަކަށް މަގުފަހިކޮށްދޭ ކަންކަމެވެ.

ހުވާވޭގެ މޭޓް އެކްސްޓީ އަލްޓިމޭޓް ޑިޒައިން

ހުވާވޭ އިން ތަޢާރަފްކޮށްފައިވަނީ މޭޓް އެކްސްޓީ އަލްޓިމެޓް ޑިޒައިން، ދުނިޔޭގައި އެންމެ ފުރަތަމަ ވިޔަފާރީގެ ގޮތުން ވިއްކަން ނެރޭ ޓްރިޕަލް-ފޯލްޑަބަލް ސްމާޓްފޯނެވެ. މި އީޖާދީ ޑިވައިސް ހުޅުވާލުމުން ލިބެނީ 10.2-އިންޗީގެ 3ކޭ އޯލެޑް ޑިސްޕްލޭއެކެވެ. މިއީ ޓެބްލެޓަކާ އެއްފަދަ ތަޖުރިބާއެއް ފޯރުކޮށްދޭ ފޯނެކެވެ.

50އެމްޕީ މައި ކެމެރާއަކާއި، 12އެމްޕީ އަލްޓްރާ-ވައިޑް ލެންސްއަކާއި، 12އެމްޕީ ޓެލެފޮޓޯ ލެންސްއަކާއެކު، މޭޓް އެކްސްޓީގެ މަގްސަދަކީ މޮބައިލް މަލްޓީޓާސްކިންގ އަދި މީޑިއާ ކޮންސަމްޕްޝަން އަލުން ރަނގަޅު ގޮތުގައި ކަނޑައެޅުމެވެ.

ލެނޯވޯގެ ތިންކްބުކް ފްލިޕް އޭއައި ޕީސީ ކޮންސެޕްޓް

ލެނޯވޯ އިން ތިންކްބުކް ފްލިޕް އޭއައި ޕީސީ ކޮންސެޕްޓް ތައާރަފްކޮށްފައިވާއިރު، މި ޑިވައިސްގައި 18.1-އިންޗީގެ ބޭރަށް ލައްޕާލެވޭ އޯލެޑް ޑިސްޕްލޭއެއް ހިމެނެ އެވެ. މިއީ ކޮމްޕެކްޓް 13-އިންޗީގެ ލެޕްޓޮޕްއަކުން ބޮޑުކުރެވިފައިވާ ވާޓިކަލް ވާކްސްޕޭސްއަކަށް ބަދަލުވެގެންދާ ޑިޒައިނެކެވެ.

ލެނޯވޯގެ އާ ތިންކްބުކް ފްލިޕް އޭއައި ޕީސީ ކޮންސެޕްޓް: 18.1-އިންޗީގެ ބޭރަށް ފޯލްޑްވާ އޯލެޑް ޑިސްޕްލޭއާއެކު ގިނަ މޯޑްތަކުގައި ބޭނުންކުރެވޭ މަލްޓިޓާސްކިން ޑިވައިސް އެއް.

މި ޑިޒައިން މެދުވެރިކޮށް ކްލޭމްޝެލް، ވާޓިކަލް، ޝެއާ، ޓެބްލެޓް އަދި ރީޑް ފަދަ ތާފާތު މޯޑްތައް ލިބޭއިރު، ޚާއްސަކޮށް ޕްރޮފެޝަނަލުންނަށް މީގެ ބޭނުންތެރިކަން އިތުރުވެގެންދާނެ އެވެ. މި ޑިވައިސްގައި ހިމެނެނީ އޭއައި-އެންހޭންސްޑް މަލްޓިޓާސްކިން އެވެ. މިއީ ވޯކްސްޕޭސް ސްޕްލިޓް ސްކްރީން ފަންކްޝަނަލިޓީއާއެކު ބޭރުގެ މޮނިޓަރަކާ ނުލައި އެކި އެޕްލިކޭޝަންތައް އެއްފަހަރާ ބޭނުން ކުރެވޭނެ ގޮތެވެ.

 ލެނޯވޯއިން ސޯލާ ބެޓެރީން ހިންގޭ ޔޯގާ ސޯލާ ޕީސީ ކޮންސެޕްޓެއް ތައާރަފުކޮށްފި

އެމް.ޑަބްލިއު.ސީ ގައި ލެނޯވޯއިން ޔޯގާ ސޯލާ ޕީސީ ކޮންސެޕްޓް ލެޕްޓޮޕެއް ތައާރަފުކޮށްފި އެވެ. ބަރުދަނުގައި 2.6 ރާތާ ހުންނަ އަދި 0.6 އިންޗިއަށްވުރެ ތުނި މި ލެޕްޓޮޕަކީ އާންމު 14 އިންޗީގެ ލެޕްޓޮޕެއްގެ ސައިޒަށް ހުންނަ އުފެއްދުމެކެވެ.

  • ލެނޯވޯގެ ޔޯގާ ސީރީޒްއަށް ނިސްބަތްވާ މި ލެޕްޓޮޕްގައި އޯލެޑް ޑިސްޕްލޭ، 32 ގީގަބައިޓް ރޭމް، 50.2 ވޮޓް-ގަޑިއިރުގެ ބެޓެރީއެއް އަދި ވިންޑޯސް ހެލޯއާއެކު ބޭނުންކުރެވޭ ދެ މެގަޕިކްސެލްގެ އައި.އާރް ވެބްކެމެއް ހިމެނެ އެވެ.

ލެނޯވޯގެ ސޯލާ ހަކަތައިން ހިންގޭ ޔޯގާ ލެޕްޓޮޕަކީ ފޮޓޯވޯލްޓެއިކް ޓެކްނޮލޮޖީގެ އެންމެ ޒަމާނީ ކުރިއެރުން ބޭނުންކޮށްގެން ޑިޒައިންކުރެވިފައިވާ ކޮންސެޕްޓް އުފެއްދުމެއް.

ނަމަވެސް މި ލެޕްޓޮޕްގެ އެންމެ ބޮޑު ޚާއްސަކަމަކީ އޭގެ ބޭރުގައި ހަރުކުރެވިފައިވާ ސޯލާ ޕެނަލްތަކެވެ. ލެނޯވޯއިން ބުނާގޮތުގައި މި ޕެނަލްތަކުގައި ބޭނުންކޮށްފައިވަނީ "ބެކް ކޮންޓެކްޓް ސެލް" ޓެކްނޮލޮޖީ ކަމަށާއި، މިއީ ޕެނަލްތަކުގެ ހަރުކުރުމުގެ ބްރެކެޓްތަކާއި ގްރިޑް ލައިންތައް ސެލްތަކުގެ ފަހަތުގައި ބެހެއްޓުމަށް ފުރުޞަތު ދޭ ޓެކްނޮލޮޖީއެކެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ޕެނަލްތަކަށް 24%އާ ހަމައަށް އިރުގެ ހަކަތަ ބަދަލުކުރުމުގެ ގާބިލުކަން ލިބިގެންވެއެވެ. މިއީ ގިނަ ގޭބިސީ ސޯލާ ނިޒާމާ އެއްހަމައެއްގެ ހަކަތަ ބަދަލުކުރުމުގެ ގާބިލުކަމެވެ.

މީގެއިތުރުން، މި ކޮމްޕިއުޓަރުގައި "ޑައިނަމިކް ސޯލާ ޓްރެކިންގް" ހިމެނޭ ކަމަށާއި، މިއީ ސޯލާ ސެލްތަކުގެ ސެޓިންގްތައް އަމިއްލައަށް ބަދަލުކޮށްގެން ހޯދޭ ހަކަތައިގެ މިންވަރު އިތުރުކުރުމަށް އެހީތެރިވާ ޓެކްނޮލޮޖީއެއް ކަމަށް ލެނޯވޯއިން ބުނެފައިވެ އެވެ.

  • ލެނޯވޯއިން ބުނާގޮތުގައި މި ޔޯގާ ސޯލާ ޕީސީ އަށް އަވީގައި 20 މިނިޓު ބެހެއްޓުމުން އެއް ގަޑިއިރު ވީޑިއޯ ބެލޭވަރަށް ހަކަތަ އުފެއްދޭނެ އެވެ. އެހެންނަމަވެސް އެންމެ އަޖައިބު ކަމަކީ ލެޕްޓޮޕް ގޭގައި ބޭނުންކުރާއިރުވެސް 0.3 ވޮޓަށްވުރެ ކުޑަ މިންވަރެއްގެ އަލިން ބެޓެރީ ޗާޖުކުރެވޭނެ ކަމަށް ބުނެފައިވުމެވެ. ޕެނަލްތަކުން ހޯދާ ހަކަތައިގެ މިންވަރު ބެލުމަށް ލެނޯވޯއިން ޚާއްސަ އެޕްލިކޭޝަނެއްވެސް ތައްޔާރުކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް