ސްޕެއިންގެ ރަސްގެފާނު، 2025 މޮބައިލް ވޯލްޑް ކޮންގްރެސް ފެއާގައި، ރޮބޮޓިކްސް އަދި ސްމާޓް ހޯމް އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ ކުރިއެރުންތައް މި ޝޯގައި ހާމަކުރެވޭނެ.

މޮބައިލް ވޯލްޑް ކޮންގްރެސް 2025: މޮބައިލް ޓެކްނޮލޮޖީތައް ދުނިޔޭގެ އިގްތިސާދަށް 11 ޓްރިލިއަން ޑޮލަރު ގެނެސްދޭނެ

ބާސެލޯނާގައި ފެށުނު މޮބައިލް ވޯލްޑް ކޮންގްރެސްގައި 5ޖީގެ މުސްތަގްބަލާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ސަރުކާރުތަކަށް ޖީއެސްއެމްއޭ އިން ގޮވާލައިފި
3 މާރިޗު 2025

ހޯމަ ދުވަހު ސްޕޭނުގެ ބާސެލޯނާގައި މޮބައިލް ވޯލްޑް ކޮންގްރެސް ފަށައިފި އެވެ. މިފަހަރުގެ ކޮންގްރެސްގައި ޓެކްނޮލޮޖީގެ އިސްވެރިން 3-6 މާރިޗާ ދެމެދު މިއަހަރު މޮބައިލް އިންޑަސްޓްރީ ބައްޓަންކުރާ ޓްރެންޑްތަކާއި ޓެކްނޮލޮޖީތައް ދިރާސާކުރަމުން ދާނެއެވެ.

ގްލޯބަލް ސިސްޓަމް ފޯ މޮބައިލް ކޮމިއުނިކޭޝަންސް އެސޯސިއޭޝަން (ޖީއެސްއެމްއޭ) އިން އަހަރީ މޮބައިލް އިކޮނޮމީ ރިޕޯޓް 2025 ހޯމަ ދުވަހު ނެރެފައިވާއިރު، އެ ރިޕޯޓްގައި މޮބައިލް އިކޮނޮމީގެ މުސްތަޤްބަލް ބައްޓަންކުރާ މުހިންމު ޓްރެންޑްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. އަދި މިކަންކަން މި ހަފްތާގެ އިވެންޓަށް މަގުދައްކައިދޭނެ އެވެ.

  • ސްޕެއިންގެ ރަސްގެފާނު، 2025 މޮބައިލް ވޯލްޑް ކޮންގްރެސް ފެއާގައި، ރޮބޮޓިކްސް އަދި ސްމާޓް ހޯމް އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ ކުރިއެރުންތައް މި ޝޯގައި ހާމަކުރެވޭނެ.
  • ސްޕެއިންގެ ރަސްގެފާނު، 2025 މޮބައިލް ވޯލްޑް ކޮންގްރެސް ފެއާގައި، ރޮބޮޓިކްސް އަދި ސްމާޓް ހޯމް އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ ކުރިއެރުންތައް މި ޝޯގައި ހާމަކުރެވޭނެ.
  • ސްޕެއިންގެ ރަސްގެފާނު، 2025 މޮބައިލް ވޯލްޑް ކޮންގްރެސް ފެއާގައި، ރޮބޮޓިކްސް އަދި ސްމާޓް ހޯމް އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ ކުރިއެރުންތައް މި ޝޯގައި ހާމަކުރެވޭނެ.
  • ބާސެލޯނާގައި ހޯމަދުވަހު ފެށުނު ޓެކްނޮލޮޖީ ޝޯއަކީ ދުނިޔޭގެ އެންމެ ބޮޑު މޮބައިލް ޓެކްނޮލޮޖީ އިވެންޓް.
  • ޖީއެސްއެމްއޭ އަކީ މޮބައިލް ނެޓްވާކް އޮޕަރޭޓަރުން، ޑިވައިސް މެނުފެކްޗަރަރުން، ސޮފްޓްވެއާ ކުންފުނިތައް އަދި މޮބައިލް އިކޯސިސްޓަމާ ގުޅުންހުރި އެހެނިހެން ކުންފުނިތައް ތަމްސީލުކުރާ ދުނިޔޭގެ އެންމެ ބޮޑު އިންޑަސްޓްރީ ޖަމްއިއްޔާ އެވެ. ޖީއެސްއެމްއޭ އިން އިންތިޒާމްކުރާ އެންމެ މަޝްހޫރު އިވެންޓަކީ މޮބައިލް ވޯލްޑް ކޮންގްރެސް އެވެ. މިއީ ކޮންމެ އަހަރަކު ބާސެލޯނާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު މޮބައިލް ޓެކްނޮލޮޖީ ޝޯއެވެ. މި ޖަމްއިއްޔާއިން މޮބައިލް ސްޓޭންޑަޑްތައް ކުރިއެރުވުމާއި، ޕޮލިސީ ތައްޔާރުކުރުމާއި، މޮބައިލް އިންޑަސްޓްރީއާ ގުޅޭ ދިރާސާތައް އަދި އިތުރު ގިނަ ސާވިސްތަކެއް ފޯރުކޮށްދެއެވެ.

ޖީއެސްއެމްއޭ އިން އަހަރީ މޮބައިލް އިކޮނޮމީ ރިޕޯޓް ގަވާއިދުން ޝާއިއުކުރަމުން ދެއެވެ. މި ރިޕޯޓްގައި މޮބައިލް އިންޑަސްޓްރީގެ ކުރިއެރުމާއި، އިގްތިސާދީ ބަދަލުތަކާއި ޓްރެންޑްތަކުގެ މައްޗަށް އަލިއަޅުވާލައެވެ. އަދި އެއީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށާއި، އިންޑަސްޓްރީގެ ލީޑަރުންނަށް މުހިންމު މަރުޖަޢުއެއްގެ ގޮތުގައި ބޭނުންކުރާ ރިޕޯޓެކެވެ.

މިއަހަރުގެ ރިޕޯޓްގެ ބައެއް މުހިންމު ހޯދުންތައް:

  • 2024 ގައި މޮބައިލް ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް މެދުވެރިކޮށް ދުނިޔޭގެ ޖީޑީޕީގެ 5.8% އުފެދިގެން ދިޔައެވެ. މިއީ 6.5 ޓްރިލިއަން ޑޮލަރުގެ އިގްތިސާދީ އަގެކެވެ.

  • 2030 ވަނަ އަހަރާ ހިސާބަށް، މި އަދަދު ގާތްގަނޑަކަށް 11 ޓްރިލިއަން ޑޮލަރަށް، ނުވަތަ ޖީޑީޕީގެ 8.4% އަށް އިތުރުވާނެކަމަށް ބެލެވެ އެވެ. މި ބަދަލު އަންނަނީ ދުނިޔޭގެ އެކި ގައުމުތަކުން މޮބައިލް ޚިދުމަތްތަކާއި ޑިޖިޓަލް ޓެކްނޮލޮޖީތައް، އޭގެ ތެރޭގައި 5ޖީ، އައިއޯޓީ އަދި އޭއައި ހިމެނޭގޮތަށް، ބޭނުންކުރަން ފެށުމާ ގުޅިގެން ޕްރޮޑަކްޓިވިޓީއާއި ހަރުދަނާކަމަށް އައި ކުރިއެރުންތަކުގެ ސަބަބުންނެވެ.

  • އެކި ދާއިރާތަކަށް ފައިދާވާނެކަމަށް ބެލެވެ އެވެ: 2024 އާއި 2030 އާ ދެމެދު، މައިގަނޑު ގޮތެއްގައި ފައިދާވާނީ މެނުފެކްޗަރިން (25%)، ހުރުމާއި ކެއުމުގެ ޚިދުމަތްތައް (17%)، އަދި ސަރުކާރުގެ އިދާރާ (14%) ތަކަށެވެ. 

  • 2024 ގެ ނިޔަލަށް ދުނިޔޭގެ އާބާދީގެ 58% މޮބައިލް އިންޓަނެޓް ބޭނުންކުރިއެވެ. މިއީ 4.7 ބިލިއަން ބޭނުންކުރާ ފަރާތްތައް ކަމަށްވާއިރު، 2030 ވަނަ އަހަރާ ހިސާބަށް މި އަދަދު 5.5 ބިލިއަން (64%) އަށް އިތުރުވާނެކަމަށް ބެލެވެ އެވެ.

  • 2024 ގެ ނިޔަލަށް ދުނިޔޭގައި 5ޖީ ކަނެކްޝަންތައް 2 ބިލިއަނަށްވުރެ އިތުރުވެފައިވާއިރު، 2030 ވަނަ އަހަރާ ހިސާބަށް މުޅި މޮބައިލް ކަނެކްޝަންތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ (57%) 5ޖީ ކަނެކްޝަންތަކަށްވާނެ އެވެ. މިއީ 2028 ވަނަ އަހަރާ ހިސާބަށް 4ޖީ ބޭނުންކުރުމަށްވުރެ އިތުރުވާނެ އަދަދެކެވެ.

  • 2030 ވަނަ އަހަރާ ހިސާބަށް، ހުރިހާ ވިޔަފާރި ފުޅާވުމުގެ 70% ކުރިއަށް ގެންދާނީ 5ޖީ ސްޓޭންޑްއެލޯން ކަމަށްވާއިރު، މިއީ 127 ބިލިއަން ޑޮލަރުގެ ފުރުސަތެކެވެ.

  • އެއް ފުރުސަތަކީ ޖީއެސްއެމްއޭ އޯޕަން ގޭޓްވޭ އެވެ. މިހާތަނަށް 72 އޮޕަރޭޓާ ގްރޫޕް މި އިނީޝިއެޓިވްއަށް ސޮއިކޮށްފައިވާއިރު، މިއީ މުޅި ދުނިޔޭގެ މޮބައިލް ކަނެކްޝަންތަކުގެ ގާތްގަނޑަކަށް 80% ކަމަށްވާއިރު، 52 ކޮމާޝަލް ވަނީ ލޯންޗް ކުރެވިފަ އެވެ. އަދި 200 އަށްވުރެ ގިނަ އޭޕީއައިތައް ސެޓިފައިކޮށް ނުވަތަ ޕައިޕްލައިންގައި ހިމެނިފައިވެ އެވެ.

ބާސެލޯނާގައި ހޯމަދުވަހު ފެށުނު ޓެކްނޮލޮޖީ ޝޯއަކީ ދުނިޔޭގެ އެންމެ ބޮޑު މޮބައިލް ޓެކްނޮލޮޖީ އިވެންޓް.

ސަރުކާރުތަކާއި ރެގިއުލޭޓަރުންނަށް ޖީއެސްއެމްއޭ އިން ދޭ އިރުޝާދުތައް

ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވަނީ 5ޖީގެ ފައިދާތައް އެންމެ ބޮޑަށް ހޯދުމަށްޓަކައި ސަރުކާރުތަކާއި ރެގިއުލޭޓަރުން ކުރަންޖެހޭ ކަންތައްތަކެވެ.

މި ރިޕޯޓްގައި ބުނެފައިވާ ގޮތުން، އެފަރާތްތަކުން ފުދޭ ވަރަކަށް 5ޖީ ސްޕެކްޓްރަމް ބޭނުންކުރަން ހުޅުވާލަންޖެހޭއިރު، ސެޓް-އަސައިޑްސް މެދުވެރިކޮށް ސަޕްލައި ހިފެހެއްޓުމުން އެއްކިބާވާންޖެހެ އެވެ. އަދި މާކެޓުން ސްޕެކްޓްރަމްގެ އަގުތައް ކަނޑައެޅޭނެ ގޮތަށް ކުޑަ ރިޒާވް އަގުތަކަކާއި އަހަރީ ފީތައް ކަނޑައަޅަންޖެހެ އެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކަށް ރިސްކްތައް ނުހިމެނޭ ގޮތަށް ރަނގަޅަށް އޮކްޝަން ޑިޒައިން ކުރަންޖެހޭއިރު، މިގޮތުން ހަމަހަމަނޫން ލޮޓް ސައިޒްތައް ބޭނުންނުކުރަންޖެހެ އެވެ. މިފަދަ ކަންކަމުން އާޓިފިޝަލް ސްކެއާސިޓީއެއް އުފެދިގެން ދެއެވެ.

މީގެއިތުރުން، ޖީއެސްއެމްއޭގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ސަރުކާރުތަކާއި ރެގިއުލޭޓަރުން ކަމާބެހޭ ފަރާތްތަކުގެ ލަފާ ހޯދައިގެން 5ޖީ ސްޕެކްޓްރަމް ރޯޑްމެޕް އެކުލަވާލާ ޝާއިއުކުރަންޖެހެ އެވެ. މިއީ އޮޕަރޭޓަރުންނަށް އޭގެ މުސްތަގްބަލްގައި ލިބެން ހުރި ފުރުސަތްތަކުގެ މައްޗަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރުމަށް އެހީވެދޭނެ ކަމެކެވެ. އަދި ކަމާބެހޭ ފަރާތްތަކާއެކު އެވޯޑް ރޫލްސްތަކާއި ލައިސަންސްގެ ޓާމްސް އެންޑް ކޮންޑިޝަންސްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، އަގުތައް ކަނޑައެޅުމުގައި އެކަންކަން ހިމަނަންޖެހެ އެވެ. މިގޮތުން، އުނދަގޫ ޝަރުތުތަކުން ސްޕެކްޓްރަމްގެ އަގަށް އޭގެ ނޭދެވޭ އަސަރުކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް